Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމްރާން

އަލީ ވަހީދުގެ ދިފާއުގައި އިމްރާން ވެސް ތެދުވެވަޑައިގެންފި

ރިސޯޓް މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖް ޖުމްލަކޮށް މިހާރަށްވުރެ ހަރުދަނާވާންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޑިސެމްބަރު 2019 | ހޮނިހިރު 17:46
ޓުއަރިޒަމް މިނިސްޓަރ އަލީވަހީދު (ކ) ރައީސް ސޯލިހު (މ) އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ)

ޓުއަރިޒަމް މިނިސްޓަރ އަލީވަހީދު (ކ) ރައީސް ސޯލިހު (މ) އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ)

ރިސޯޓު މުވައްޒަފުންގެ ސަރވިސް ޗާޖުގެ މައްސަލައިގައި ޢާންމުގެ ފާޑުކިއުން ޢަމާޒުވެފައިވާ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ދިފާޢުގަ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ނުކުމެވަޑައިގެންފިއެވެ.

ރިސޯޓު މުވައްޒަފުންގެ ސަރވިސް ޗާޖާއި ގުޅިގެން މިނިސްޓަރ ޢަލީ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ޢަަދަދެއްގެ ރިސޯޓް މުވައްޒަފުން ވެސް އަންނަނީ އޭނާއަށް ފާޑުވިދާޅުވަމުންނެވެ. ޢާންމުގެ ފާޑުވިދާޅުވުން އިތުރުވެފައި ވަނިކޮށް ހޯމް މިނިސްޓަރ އިމްރާން ވަނީ ޢަލީ ވަހީދުގެ މަސައްކަތް ދިފާޢުކުރައްވާ ވާހަކަ ދައްކަވާ ޓްވީޓެއް ކުރައްވާފައެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވި ފަތުރުވެރިކަމުގެ ސިނާޢަތުގެ ފުރިހަމަ މަންފާ ރާއްޖެއަށް ލިބުމަށްޓަކައި އެންމެ މުހިންމު ކަމަކީ ސިނާޢަތުގެ ޢާމްދަނީ ގިނަ ރައްޔިތުންނަށް ބެހިގެންދިއުން ކަމަށެވެ. އަދި އެކަމަށްޓަކާ އެންމެ ފުރަތަމަ ބަދަލުވާން ޖެހޭ ކަމަކީ ރިސޯޓް މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާރޖް ޖުމުލަކޮށް މިހާރަށްވުރެ ހަރުދަނާވުން ކަމަށެވެ.

އިމްރާން ވިދާޅުވީ މިނިސްޓަރ އަލީ ވަހީދު އެކަމަށްޓަކައި ކުރައްވާ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގަންނަވާ ކަމަށާއި، އަދި ސިޔާސީ މައިދާނުގައި އެމަނިކުފާނާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި ޢާންމު ރައްޔިތުންގެ ޖުމުލަ މަޞްލަޙަތު އެމަނިކުފާނު ނަގަހައްޓަވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ޢަލީ ވަހީދު ދިފާޢު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެމަނިކުފާނުގެ ޓްވީޓުގައި ވަނީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަންކަމަށާއި އެމަނިކުފާނަށް އެމްޑީޕީގެ ސިޔާސަތު ސާފުވާނެކަމަށެވެ. ފާއިތުވެގެންދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަން ފާހަގަކުރައްވާ އެމަިނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓަރަށް މިނިމަމް ވޭޖާއި ،ސަރވިސް ޗާޖުގެ މައްސަލަ ޙައްލުކުރެވޭނެކަމަށާއި މިނިސްޓަރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަށީގެންވާ ސަރވިސް ޗާޖް ރިސޯޓުތަކުންދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުގަ ރިޕޯޓުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެމަނިކުފާނަށް ޢަމާޒުވެފައިވާއިރު އެމައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު އަލީ ވަހީދު ރާއްޖޭގެ މީޑިއާތަކަށް ދެއްވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތައް އެވިދާޅުވި މަފްޙޫމާއި ޚިލާފަށް އަދި ވިދާޅު ނުވާ ބައެއް ވާހަކަތައް ބައެއް މީޑިއާތަކުގައްޔާއި މީސް މީޑިއާތަކުގައި ދައުރުވަމުންދާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރވިސް ޗާޖާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގެ ގިނަ ރިޒޯޓުތަކުގެ ޕެރިޓީ (ދިވެހި: ބިދޭސީ މުވައްޒަފުންގެ ނިޞްބަތް) ރަނގަޅަށް އޮތް ކަމަށާއި، ސަރވިސް ޗާޖް ދޭ ޢަދަދުތައް ވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި ސަރވިސް ޗާޖް ދިނުމުގައި ޢަމަލުކުރަނީ ރަނގަޅަށޭ ނުވަތަ ގޯހުންނޭ ސީދާ ވިދާޅުނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ ޖުމުލަ ގޮތެއްގައި މިހާރު ސަރވިސް ޗާޖުދޭ ގޮތާއިގުޅޭ ގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ސީދާ ވިދާޅުވެފައި ނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު