Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކޮންމެކަމެއް ޤާނޫނެއްގައި ލިޔެފައި އޮންނާކަށް ނުޖެހޭ!

27 ޑިސެމްބަރު 2019 | ހުކުރު 14:05

ސަރުކާރުގެ ހަފްލާއެއް ހުށަހަޅާއިދެއްވުމާއެކު މަރިޔަމް ވަހީދާއަށް ފާޑުކިޔުންތައް އަމާޒުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 27 ޑިސެމްބަރު 2019 | ހުކުރު 14:05
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި މަރިޔަމް ވަހީދާ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި މަރިޔަމް ވަހީދާ

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސަކަށް ވަޑައިގެންނެވި މަރިޔަމް ވަހީދަ، ސަރުކާރުގެ މަލަމަތި ރީތިކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ ޕީއާރު އިވެންޓެއް ހުށަހަޅައިދެއްވުމާއެކު ގިނަ ރައްޔިތުންތަކެއްގެ ފާޑުކިޔުންތައް އަމާޒުވެގެންދިޔަ އެވެ. އެންމެ ރައްޔިތުންވެސް ގަބޫލުކުރި އެއް ހަޤީޤަތަކީ އެއީ މިނިވަން ކޮމިޝަނެއްގެ ރައީސެއްގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކު ކުރައްވަންވާނެކަމެއް ނޫންކަމެވެ. އެ ޖަލްސާއަކީ ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށްނުވިނަމަވެސް، ސަރުކާރުން ކުރިއަށްގެންދާ ހަފްލާތަކާއި، އިވެންޓުތައް ހުށަހަޅައިދީ، ސަރުކާރަށް ސަނާ ކިޔުމަކީވެސް މިނިވަން ބޯޑުގައި, ކޮމިޝަނެއްގެ ރައީސަކަށް ވަޑައިގަންނަވާ ބޭފުޅަކު ކުރައްވަންވާނެވަރުގެ ކަންކަން ނޫންކަމެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގައި ކުރިން ހުންނެވި މެމްބަރަކު، އޭރު ބޭއްވި ހަފްލާއެއް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވުމުން، އެ ދުވަހު އެކަން ގޯސްވިގޮތަށް މިއަދުވެސް އެކަން ގޯސްވާންޖެހޭކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ. ވެރިކަމުގެ ބާރާއި، ލައްޒަތު ލިބުމުން އޭރުގައި ގޯސްވި އެތަށްކަމެއް، މިއަދު އެއީ ރަނގަޅު ކަންތައްތަކުގައިދެކިގެން ނުވާނެކަމަށްވެސް އެ ރައްޔިތުން ގަބޫލުކުރެ އެވެ. ނަމަވެސް އަދުގެ ހަޤީޤަތަކީވެސް ކަން ނިމިވެދަނީ ރައްޔިތުން ތަސައްވަރުކުރާގޮތަށް ނޫންކަމެވެ. އެދުވަހު، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ޒައިނާ ކަންކުރެއްވިގޮތް ގޯސްވެ، އެ ވާހަކަދެއްކި އެތަށް ބަޔަށް، ވަކިން ހާއްސަކޮށް، ސިޔާސީ ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިއަދު އެއީ ގޯސްކަމަކަށްނުވެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައިި 5 އަހަރުު މަސައްކަތްކުރެއްވިއިރު، ޤާނޫނުގައި އޮތް އެއްޗެއް އެނގިވަޑައިގަންނަވާ މިންވަރަށް ބަލާކަމުގައިވާނަމަ އެއީ ޤާނޫނާއި، ގަވައިދާއި ހިލާފުކަމެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

ސުވާލަކީ މިނިވަން ކޮމިޝަނަކަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު އުޅުއްވަންޖެހޭގޮތާއި، ކުރައްވަންޖެހޭ ކަންކަމާއި، ހުރިހާ އެއްޗަކީ ޤާނޫނެއްގައި ލިޔެވިފައި ހުންނަންޖެހޭ އެއްޗަކަށްވާންޖެހޭތޯ އެވެ. ޤާނޫނެއްގައި ވަކިން ލިޔެފައި ނެތްނަމަ، ކޮންމެ މަޤާމަކަށް ވަޑައިގަންނަވާ ބޭފުޅަކު ކޮންމެކަމެއް ކުރެއްވުން އެއީ ހަމަ "އޯކޭ" ކަމެއްތޯ އެވެ.

ކޮންމެކަމަކީ ޤާނޫނެއްގައި ލިޔެފައި އޮންނަންޖެހޭ އެއްޗެއް ނޫނެވެ. ލިޔެފައި ހުންނަންޖެހޭ ކަންކަމެއްވެސް ނޫނެވެ. އަދި ކިޔެއްތަ، މިނިވަން ބޯޑުގައި މިނިވަން ކޮމިޝަނެއްގެ ރައީސަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ކޮށްގެން ނުވާނެ ކަންކަން ޤާނޫނުތަކެއްގަިއ ލިޔާނަމަ، ރާއްޖެގައި މުޅިހެންވެސް އޮންނާނީ ހުސް ޤާނޫނުނެވެ. ކޮމިޝަންތަކާއި، ކޮމިޝަންތަކުގެ ރައީސްގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި، މިނިވަންކަމާއެކު މަސައްކަތްކުރުމަށް އަމަލުކުރަންޖެހޭ އުސޫލުތައް ޤާނޫނެއްގައި ލިޔެފައިނެތްނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ވަކި މަޤާމުތަކެއް ލިބުމުން އަމިއްލައަށް ހިފަހައްޓަންޖެހޭ ހަމަތަކެއް ހުންނާނެކަމެވެ. އެ ހަމަތަށް އެނގިވަޑައިނުގަންނަވާނަމަ، ބުއްދިވެރިގޮތަކަށްވާނީ މަޤާމުން ދުރަށް ވަޑައިގެންނެވުމެވެ.

މިފަހަކަށް އައިސް ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ހުސެއިން ފިޔާޒް މޫސާ، ފޮރިން މިނިސްޓްރީގައި އޮތް ކާޕެޓަކާއެކު ފޮޓޯއެއް ނަންގަވައި، މިނިސްޓްރީގައި ކާޕެޓް އޮތްކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފަ އެވެ. އެ ޓުވީޓާއެކު ފިޔާޒަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެއް ބަޔަކަށް އެއީ މައްސަލައަކަށްނުވިއިރު، އަނެއްބަޔަކުދެކުނީ އެއީ ސަރުކާރުގެ މަލަމަތި ރީތިކުރުމަށްކުރިކަމެއްގެ ގޮތުގަ އެވެ.

ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވުމުން އެންމެ ފުރަތަމަ މީޑިއާތަކާއި ބައްދަލުކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ފިޔާޒުވަނީ ރައްޔިތުންނަށް ކަން ހިނގާދިޔަގޮތް ހިއްސާކޮށްދެއްވާފަ އެވެ. ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ބޭރުގެ ޤައުމުތަކުން އެހީ ހޯދުމަށް ރަސްމީ ބައްދަލުވުމަކަށްކަމާއި، ނަމަވެސް އެ ޓުވީޓްކުރެއްވުމުން ބައެއް ރައްޔިތުންގެ ހިތްހަމަނުޖެހުންތައް ލިބުމުން އެކަމަށް މައާފަށް އެދޭކަމަށް ފިޔާޒް ވިދާޅުވި އެވެ. އަދި ކުރިއަށްއޮތްތަނުގައި އެފަދަކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ފިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ ފާޑުކިޔުމާއި، ހިތްހަމަނުޖެހުމާއެކު ފިޔާޒަށް މައާފަށް އެދިވަޑައިގަންނަވަން ކެރިވަޑައިގެންނެވިއިރު، މަރީ އަދި މިހާތަނަށްވެސް އެކަމުގައި މައާފަށް އެދިފައިނުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެވެ. ރައްޔިތުން ދެކެން ބޭނުންވަނީ މާޒީ ތަކުރާރުނުވެ، މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ މުސްތަގީލުކަން ހިފަހައްޓާ މިނިވަންކަމާއެކު މަސައްކަތްކުރައްވަމުންގެންދަވާ މަންޒަރު އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2021

މަގޭ ރިޕޯޓް: ބައިކޮޅަށް ގޯލު ޖަހަންޖެހެނީ އިދިކޮޅަށް ގޯލު ނުޖެހޭތީނޫންތޯއެވެ

10 ފެބުރުއަރީ 2021
މަގޭ ރިޕޯޓް: ބައިކޮޅަށް ގޯލު ޖަހަންޖެހެނީ އިދިކޮޅަށް ގޯލު ނުޖެހޭތީނޫންތޯއެވެ
13 ސެޕްޓެމްބަރު 2020

ޒުުވާނުން ބޭނުން ކޮށްގެން ވެސް އެއްހޮރަކުން ދެފަހަރަށް ކަށި ނުޖެހޭނެ!

13 ސެޕްޓެމްބަރު 2020
ޒުުވާނުން ބޭނުން ކޮށްގެން ވެސް އެއްހޮރަކުން ދެފަހަރަށް ކަށި ނުޖެހޭނެ!
28 ފެބުރުއަރީ 2020

23 އަހަރަކު ކުރިން ވިކްޓޯރިއާގެ ފޯނު ނަންބަރު ލިޔެފައި ދިން ޓިކެޓުކޮޅު ލޯތްބާއެކު ބެކަމް އަދިވެސް އޮތީ ރައްކާކޮށްފައި

28 ފެބުރުއަރީ 2020
23 އަހަރަކު ކުރިން ވިކްޓޯރިއާގެ ފޯނު ނަންބަރު ލިޔެފައި ދިން ޓިކެޓުކޮޅު ލޯތްބާއެކު ބެކަމް އަދިވެސް އޮތީ ރައްކާކޮށްފައި
25 ނޮވެމްބަރު 2018

މަހްލޫފްގެ ކާރާ ހެދި ރައްޔިތުންނަށް ޕާކް ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ!

25 ނޮވެމްބަރު 2018
މަހްލޫފްގެ ކާރާ ހެދި ރައްޔިތުންނަށް ޕާކް ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ!
19 އެޕްރީލު 2018

 އދ. ގެ ނިންމުން، ސަރުކާރު ބޯލަނބާކަށްނުޖެހޭ؟

19 އެޕްރީލު 2018
 އދ. ގެ ނިންމުން، ސަރުކާރު ބޯލަނބާކަށްނުޖެހޭ؟
07 ޖެނުއަރީ 2018

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

07 ޖެނުއަރީ 2018
ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
26 އޮކްޓޯބަރު 2017

ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

26 އޮކްޓޯބަރު 2017
ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!
14 އޮކްޓޯބަރު 2017

އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް

14 އޮކްޓޯބަރު 2017
އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް