Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުހައްމަދު ނަޝީދު

 އދ. ގެ ނިންމުން، ސަރުކާރު ބޯލަނބާކަށްނުޖެހޭ؟

ރައީސް ނަޝީދު ވިދާޅުވަނީ އިންތިޚާބުގައި ބައިވެރިވެވޭނެ ކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2018 | ބުރާސްފަތި 05:45
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވެންޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެނިންމުން ނިންމުމުގެ މާކުރިން އެކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ލަންކާގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި އެމަނިކުފާނު ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ.

އދ. މަދަނީ އަދި ސިޔާސީ ހައްގުތަކާއި ބެހޭ ބައިނަލްއަގުވާމީ މުޢާޙަދާއާ ހަވާލަދީ ބުނެފައި ވަނީ ރާއްޖެއިން ރައީސް ނަޝީދުގެ އެތައް ހައްގުތަކެއް ގެއްލުވާލާލާފައިވާ ކަމަށާއި ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން މުރާޖައާކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ކުރުމަށެވެ. މީގެ އިތުރުން އިންތިޚާބުތަކުގައި، އޭގެ ތެރޭގައި ރިޔާސީ އިންތިޚާބު ވެސް ހިމެނޭ ގޮތަށް، ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އދ. އިން ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ. މިފަދަ ގޮތަކަށް އަމަލު ކުރުމަށް އދ އެންގުން މިއީ ކުޑަ ކަމެއް ނޫނެވެ. ސަރުކާރުން އެކަން ކުޑަކަމެއްގެ ގޮތުގައި ދެކޭތަނެއް ވެސް ނުފެނެއެވެ. ސަރުކާރުގެ އިސްވެރިންނާ މަޖިލީހުގެ ބައެއް މެމްބަރުން ދައްކަވައިފައިވާ ވާހަކަތަކުން އެކަން ޔަގީންވެއެވެ.

އދ.ގެ މިނިންމުންތަކަށް 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް އދ އިން ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ.

އދގެ ނިންމުން ހާމަކުރުމާއެކުހެން އެއަށް ގޮން ޖަހާ ރައްދު ދިނުމުގެ ގޮތުން ރާއްޖޭގެ ޚާރިޖީވުޒާރާއިން ނެރެފައިވާ ބަޔާނުގައި ވަނީ، ނަޝީދަށް ހުކުމް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތްތަކެއްގެ ތެރެއިން ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. ސަރުކާރުގެ ދިފާޢުގައި އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަވާ ވަޒީރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ރައީސް ނަޝީދުގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނަން ޖެހޭ އެއްވެސް ގޮތެއް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި އޭގެ ދަށުން ހެދިފައިވާ އެއްވެސް ގާނުނެއްގައި ނުވަތަ ޤަވާއިދެއްގައި ނެތް ކަމަށެވެ. ރާއްޖޭގެ ސިޔާސީކަންކަން ދިރާސާ ކުރައްވާ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދަށް މިނިވަން އިންސާފުވެރި އިންތިހާބެއްގައި ވާދަ ކުރެއްވުމުގެ ފުރުޝަތު ލިބިވަޑައިގެން ވާދަ ކުރައްވައިފިނަމަ ރައީސް ޔާމީން އިންތިހާބުން ބަލިވެވަޑައިގަތުމަކީ ވަރަށް ޔަގީނާ ގާތަށް އެނގޭ ކަމެކެވެ.

ނަޝީދުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމް ވިދާޅުވީ ޔޫއެން ހިއުމަން ރައިޓްސް އިން ރައީސް ނަޝީދަށް ކުރިމަތި ލެވޭނެ ކަމަށް ނިންމުމުން ވެސް އެކަން ބަލައި ނުގަނެ، ދެން ބާއްވާ ކޮންމެ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށެވެ.

އެފަދަ އިންތިޚާބަކުން ހޮވޭ ސަރުކާރެއް ދުނިޔެއިން ބަލައި ނުގަންނާނެ ކަމަށާއި އެފަދަ ސަރުކާރެއް ވެގެން ދާނީ، ގާނޫނާއި ޚިލާފު ސަރުކާރަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ. ނަސީމްއަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ހާރިޖީވަޒީރުކަން ކުރެއްވުމުގެ އިތުރުން ބައިނަލްއަގްވާމީމުޖުތަމައަށް ފަރިތަ ބޭފުޅެކެވެ. ނަސީމް ހަމަ ހުންނަވާފައި އެވަރު އެއްޗެއް ވިދާޅުވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ނަސީމްގެ އިތުރުން އިދިކޮޅު ފަރާތްތްކުން ބުނެފައިވަނީ ފެބްރުއަރީ 1ގައި ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ނަޝީދު ހިމެނޭގޮތަށް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗު ހިމެނޭ ގޮތަށް ނިންމުމާއިއެކު ނަޝީދުގެ މައްޗަށް އެއްވެސް ޖަލު ހުކުމެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން ނަޝީދަށް މިފަހރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސަރުކާރުން ދައްކަންޖެހޭނެ އެއްވެސް އުޒުރެއް ނެތް ކަމަށް އިދިކޮޅުފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް ފަހުން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

ނަޝީދަށް ވާދަކުރެވިއްޖެ ނަމަ އެމަނިކުފާނު ވެގެންދާނީ މިސަރުކާރުން ރިއާސީ އިންތިޚާބު ކާމިޔާބު ކުރެވެން އޮތް ގޮންޖެހުމަކަށް ކަމަށް ސަރުކާރުން ދެކޭއިރު އދ ގެ މިނިންމުމަށް ސަރުކާރުން ރެކެވިގެންދާނެ އެއްވެސް ގޮތެއް ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ރިޔާސީ އިންތިޚާބު ކުޑަތަންވަނީއެވެ. 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ނަން އޮންނާނެ ވާހަކަ ނަޝީދު އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަމަށް ސަރުކާރުން ހަރު އަޑުން ބުނަމުންދިޔަ ނަމަވެސް މި ސަރުކާރަށް އދ އިން އޮތީ 180 ދުވަސް ދީފައެވެ. އދގެ ނިންމުމަށް ބޯލަނބަންޖެހޭތޯ ނުވަތަ ނޫންތޯ ސަރުކާރުން ރަސްމީކޮށް ނިންމަން އަދި ދެތިންވަރަކަށް މަސްދުވަސް ދީފައި އެބައޮތެވެ. އދ ގެ ނިންމުމަށް ސަރުކާރުން ތަބާނުވާނެ ކަމަށް ބުނި ކަމުގައިވިއަސް ރާއްޖެއިން ވަނީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި އެ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން 2005 ވަނަ އަހަރު ސޮއިކޮށްފައެވެ. އޭގެ މާނައަކީ ރާއްޖެއިން އެމުއާހަދާތަކާއި އެމުއާހަދާތަކުގައި ނިންމާ ކަންތައްތަކަށް ތަބާވާން މަޖުބޫރުވާނެކަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު