Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅު މުޒާހަރާ

ޒުުވާނުން ބޭނުން ކޮށްގެން ވެސް އެއްހޮރަކުން ދެފަހަރަށް ކަށި ނުޖެހޭނެ!

މި އެއްވުމަކީ އިދިކޮޅުގެ އެއްވުމެއް ނޫންކަމަށް އިދިކޮޅުން ބުނެއެ

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 12:03
ހޮނިހިރު ދުވަހު ޒުވާޏުން ނެރެގެން އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ހޮނިހިރު ދުވަހު ޒުވާޏުން ނެރެގެން އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ވެރިކަން ފެށުނީންސުރެ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނުވަތަ އެކަކު ހިންގަމުން މިއަންނަ އިދިކޮޅު ޕާޓީ އިން މި އަންނަނީ ތަފާތު ނަންނަމުގައި ދޭތެރެ ދޭތެރެއިން މަގުމަތީގައި ކުދި ހަފްލާތަކެއް ބާއްވަމުންނެވެ. ދައްކާނެ މާބޮޑު ވާހަކަތަކެއް ނެތެވެ. މިއީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިތްޕުޅު ހަމަޖައްސަވައި ދެއްވުމަށް ކުރައްވާ ކަމެއްކަމަށް ވެސް ވެދާނެއެވެ. ދައްކަވަމުން ގެންދަވާ ވާހަކަ ފުޅުތަކުގައި މާބޮޑު އޮއްޓަރެއް ނެތެވެ. ވާނީވެސް އެހެންތާއޭ! ތިރީސް ވަރަކަށް މީހުން ގޮވައިގެން ސިޔާސީ ޕާޓީއެއް ނުހިންގޭނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މިވެރިންނަށް މިވަނީ އީދެއް އައިސްފައެވެ. ސިއްހީ ގޮތުން ގައުމު ނާޒުކު ހާލަތެއްގައި އޮތް ދަނޑިވަޅެއްގައި ސަރުކާރު ބަލިކަށި ކުރުމަށް އެތަކެއް ރައްޔިތުންތަކެއްގެ ފުރާނަ ނުރައްކަލަކަށް ހުށައެޅުމަކީ މާރަގަނޅު ކަމެއްގެ ގޮތުގައި ދެކެނީ ކަމަށް ވެސް ވެދާނެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް މަލާމާތް ކުރުމަށްފަހު މި ބަލިމަޑުކަން ފެތުރޭނެހާ ގޮތަށް މިވެރިން މިދަނީ އަމަލު ކުރަމުންނެވެ. އިހުނަށްވުރެ ގިނައިން މަގުތަކަށް މީހުން އެއްކުރަމަށް މަސައްކަތް ކުރެއެވެ.

މިގޮތުން މިދިއަ ހޮނިހިރު ދުވަހު މިވަނީ މަގުތަކަށް ޒުވާނުންކޮޅެއް ނެރިފައެވެ. ނަމަވެސް އިދިކޮޅުން ބުނަމުން ދިޔައީ އެއީ އިދިކޮޅު ކޯލިޝަންގެ އެއްވުމެއް ނޫން ކަމުގައެވެ. ތެދުފުޅެކެވެ. ބޮޑުން މުޒާހަރާ ކުރައްވަމުން ގެންދެވީ ޓްވިޓަރގައިކަން ޒުވާނުންކޮޅަށް އޮޅުނީ ކަމަށް ވެދާނެއެވެ.

ޒުވާނުން ވީމަ ވެސް އޮޅިދާނެއެވެ. އެވެރިން ނުކުތީ މަގުމައްޗަށެވެ. އެ ޒުވާނުންނަށް މަގުމައްޗަށް މުޒާހަރާއަށް ނުކުމެވުނީ ކޮން މަގުސަދެއްގައިކަން ވެސް އޮޅިފައިވާކަން މަންޒަރުތަކުން ހާމަވެއެވެ. އެއީ އިދިކޮޅުން ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ބޭފުޅުން ދިޔައީ އެ ޒުވާނު ނިކުމެ އެ އުޅޭ ބޭނުން ޓުވިޓަރ މެދުވެރިކޮށް ކިޔައި ދެމުންނެވެ. އެކި ބޭފުޅުން އެކި ގޮތަށެވެ. އެވަގުތު މިޒުވާނުންނަށް މި ޓުވީޓްތައް ފެނުނުނަމަ މުޒާހަރާގައި ތިބޭނެހެނެއް ހިޔެއް ނުވެއެވެ. އިދިކޮޅު ކޯލިޝަން އިން ކުރި ޓުވީޓް ތަކުން ހީވަނީ ޒުވާނުން ނިކުމެ އެއުޅެނީ ވާނުވާ ނޭގިގެންހެންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓް ފާހަގަކޮށްލެވެއެވެ.

ތެދުފުޅެއް! މިނިވަންކަމާއި އިދިކޮޅަށް ބަޔަކު ނިކުމެއްޖެނަމަ ޝަރީފް ހުންނަވަންވާނެއެވެ. ދަތްދޮޅި ދުއްވާލާފައި ނަމަވެސް ބޭނުންފުޅުވާ ކަން ކުރައްވަން ވާނެއެވެ. އެއީ މާޒީން ވެސް ފެނިގެންދިޔަ މަންޒަރެކެވެ.

ދެން ހުންނެވީ ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކެވެ. އެބޭފުޅާ އެވަގުތު ހުންނެވީ ޒުވާނުން ގެތެރެއިން ހައްޔަރަށް ގެންދިޔަ މީހުންގެ އަދަދު ނޭނގިގެން ޓްވީޓެއް ނުކުރެއްވިފައިހެން ހީވެއެވެ.

ރައީސް ވަހީދެވެ! އެ ޒުވާނުން މިފަދަ ހައްސާސް ދަނޑިވަޅެއްގައި މަގުތަކަށް ނެރި ޒުވާނުންނާއި އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށައެޅި މީހުން ގޯހެއް ނުވިތާއެވެ. ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ވެސް ނުބެއްލެވި ޒުވާނުންނަށް ވަކި ހެޔޮގޮތެއް އެދޭނެ ބާއެވެ. ވެރިކަމުގެ ހުވަފެން ބައްލަވާނަމަ ފުރަތަމަ ރައްޔިތުންގެ ތާއީދު ހޯއްދަވާށެވެ. ޒުވާނުންތަކެއް ނެރި އެކުދިން ވާ ވައްދައި އެކުދިންނަށް ރައްޔިތުންގެ ނުރުހުން އަމާޒުވާ ކަންކަން ކުރެއްވުމަކީ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ގައިން ފެންނަން ޖެހޭނެ ސިފައެއްތޯއެވެ.

އެ ކުދިން ހައްޔަރު ކުރުވީ ތިބޭފުޅުންނެވެ. އެއްވުންތައް މަނާކޮށްފައިވާ ދަނޑިވަޅެއްގަ، އެ އެޒުވާނުން ވާ ވެއްދީ ތިބޭފުޅުންނެވެ. ޒުވާނުންނަކީ ތިބޭފުޅުން ދައްކާހާ މަޅިއެއްގައި ޖެހޭނެ ބައެއް ކަމަށް ހީނުކުރައްވާށެވެ. އެއްހޮރަކަށް ދެފަހަރަށް ކަށި ނުޖެހޭނެއެވެ. މިފަހަރުވެސް އަމިއްލަ އެދުމަށް ތި ހަނާ އަރުވާލީ ގައުމުގެ ޒުވާނުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

08 ޖޫން 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު