Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރިސޯޓު މުވައްޒަފުންނަށް ލިބެނީ ޙައްޤު މިންވަރުކަމަށް ޤަބޫލުކުރާނަމަ ލަދުވެތި!

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި

އަމަން ހަލީމް
އަމަން ހަލީމް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 15:08
ފަތުރުވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޓީމްގެ އެއްވުމެއްގެ ތެރެއިން

ފަތުރުވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޓީމްގެ އެއްވުމެއްގެ ތެރެއިން

ފަތުރުވެރިކަމުގެ ދާއިރާއަށް "ހޮސްޕިޓާލިޓީ" އިންޑަސްޓްރީއޭ ކިޔެނީ ކީއްވެގެންކަން އެނގޭ މީހަކު، އެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރާ މުހިންމު ދައުރާމެދު ސުވާލެއް ނުއުފައްދާނެއެވެ. ކިތަންމެ މޮޅު ވަޞީލަތްތަކަކާއެކު، ކިތަންމެ ފެންވަރު ރަނގަޅަށް ހަދާފައި ހުރި ރިސޯޓެއް ވިޔަސް، އަދި ހޮޓަލެއްވިޔަސް، އެތަނުގައި ކަމުދާ ސަރވިސްއެއް ނުވަތަ ޚިދުމަތެއް ނުދެވޭނަމަ އެތަނަށް އަންނާނެ ބަޔަކު ނުވާނެތީއެވެ.

އެ މުވައްޒަފުންގެ މުހިންމު ކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. އިންތިހާއަށް މުހިންމެވެ. ދާއިރާ ދާއިރާއަކަށް ވަނީވެސް އެމީހުންގެ މިންނެތް މަސައްކަތުންނެވެ. އެމީހުންގެ އަދާކުރާ މެހެމާންދާރީއެއްގެ ސަބަބުންނެވެ. މިރާއްޖެއަށް ބަލާއިރު، މިސިނާޢަތުގަ މަސައްކަތްކުރާ ގިނަ ދިވެހިންނަކީ ޢާއިލާއާއި އަނބިދަރިން ދޫކޮށް ގިނަ ދުވަސްތަކެއް ވަންދެން ދުރު ރަށްތަކެއްގައި، ގިނަ ދުވަސްތަކެއް ހޭދަކުރާ ބަޔެކެވެ. އަމިއްލަ ވަޒަނުގައި ތިބެގެންވެސް، އެތަންތަނުގައި މަސައްކަތްކުރާ ބޭރު މީހުންނެކޭ ތަފާތެއް ނެތެވެ.

ހިތާމަޔަކީ މިއަދުވެސް، މިރާއްޖޭގައި އެސިނާޢަތުގެ އަގުވަޒަން ކުރާނެ ބަޔަކު ނެތުމެވެ. ކޮންމެ ސަރުކާރެއްވެސް ބަދަލުވާއިރު މި ރާއްޖެއަށް އެންމެ ޚިދުމަތްކުރާ، މިދާއިރާގެ މުވައްޒަފުންގެ ފޮނި އުއްމީދުތަކެއް ހުރެއެވެ. ނަމަވެސް، މިއިން ހުވަފެނެއްގައި ހަޤީޤީ ކުލަ ޖެހޭނެ ފަހަރެއްގެ އިންތިޒާރުގައި ވެރިކަން ނިމި ދަނީއެވެ. ދުވަހަކުވެސް ހަޤީޤަތަކަށްވާ މަންޒަރެއް ނުފެނެއެވެ. އެވެރިންގެ ދުލުން ބުނާނަމަ، އަސާސީ މުސާރަތަކާއި ސަރވިސް ޗާޖުތަކުގެ ހަމަހަމަކަމަށް އާދޭސް ކޮށްކޮށް ތިބޭހާއެވެ. ވާކަމެއް ހަމަ ޙަރާމެވެ.

އަދި މިހުރިހާ ކަމެއްގެ މައްޗަށް، މިކަންކަން ޙައްލު ކޮށްދޭން ތިބި ވެރިން އެކަންކަމަށް އިޖާބައެއް ނުދީ، ވިޔާފާރިވެރިންގެ މަޞްލަޙަތު އިސްކުރުމުން ދެން މާޔޫސްވުން ނޫން ކަމެއް ވާނެހެއްޔެވެ؟ އެންމެ ފުރަތަމަ ކަމެއް ގޯސްކޮށް ހިނގާކަން ޤަބޫލުކުރަން ޖެހެއެވެ. އެހެން ނޫނީ ކަމެއް ރަނގަޅެއް ނުވާނެއެވެ. އެކަން ދަންނާން އެބަ ޖެހެއެވެ. ސިޔާސަތު ކަނޑައަޅާ ވެރިން ގޮސް، ވިޔަފާރިވެރިންގެ ތައްޕާހުގައި ވެޑުވިގެން ތިއްބެވީމާ އެކަންކަން ދާނީ މުޅިން ގޯހުން ގޯހަށެވެ. ރަނގަޅުވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

މިއަދު މި ސިނާޢަތުގެ މަސައްކަތްތެރިންނާ ޙަވާލުވެވަޑައިގެން ހުންނެވި ވަޒީރަށްވެސް ދަންނަވަން އޮތީ ހަމަ މިވާހަކައެވެ. ވިޔަފާރިވެރިންގެ މަޞްލަޙަތަށް ނުވިސްނާ، މަސައްކަތްތެރިންނާ މެދު ވިސްނަވާށެވެ. އެއީ މާދަމާވެސް ގޮސްދާނެ ބަޔެއްކަން ދަނެގެން، މިސިނާޢަތަށް ދާ އޮހޮރުވާ މަސައްކަތްތެރިންނާ މެދު ވިސްނަވާށެވެ. އެވެރިންނަށް ހެޔޮގޮތް ހަދައިދީގެން މިޤައުމަކަށްވެސް، ސިނާޢަތަކަށްވެސް، އަދި ކިއެއްތަ ވިޔަފާރިވެރިއަކަށްވެސް ދެރައެއް ނުލިބޭނެއެވެ. ވިސްނަވާލައްވާށެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2021

އިންގިލާބުތަކަށްފަހު ޑިކްޓޭޓަރޝިޕަށް ފުރުސަތު ލިބެނީ ކީއްވެގެން؟

02 ސެޕްޓެމްބަރު 2021
އިންގިލާބުތަކަށްފަހު ޑިކްޓޭޓަރޝިޕަށް ފުރުސަތު ލިބެނީ ކީއްވެގެން؟
10 ޑިސެމްބަރު 2020

އިންސާނީ ޙައްޤުތަކުގެ ދުވަހާއެކު، ދިވެހިން ދުށް ކަޅު ދުވަސްތަކުގެ ހަނދާންތަކާއި މުސްތަޤުބަލަށް ކުރާ އުއްމީދު

10 ޑިސެމްބަރު 2020
އިންސާނީ ޙައްޤުތަކުގެ ދުވަހާއެކު، ދިވެހިން ދުށް ކަޅު ދުވަސްތަކުގެ ހަނދާންތަކާއި މުސްތަޤުބަލަށް ކުރާ އުއްމީދު
03 އެޕްރީލު 2020

ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު

03 އެޕްރީލު 2020
ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު
30 ސެޕްޓެމްބަރު 2019

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!

30 ސެޕްޓެމްބަރު 2019
ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!
30 ޖުލައި 2019

މަހުޖަނުންގެ ކުރިމަތީގައި ނަޝީދު ދިފާއު ކުރެއްވީ ރިސޯޓު މުވައްޒަފުން!

30 ޖުލައި 2019
މަހުޖަނުންގެ ކުރިމަތީގައި ނަޝީދު ދިފާއު ކުރެއްވީ ރިސޯޓު މުވައްޒަފުން!
10 އޮކްޓޯބަރު 2018

ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

10 އޮކްޓޯބަރު 2018
ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!
09 އޯގަސްޓު 2018

ދޫފުޅުން ވިދާޅުވާ ބަސްތަކުން ލިބެނީ ހައިރާންކަން

09 އޯގަސްޓު 2018
ދޫފުޅުން ވިދާޅުވާ ބަސްތަކުން ލިބެނީ ހައިރާންކަން
17 ޖުލައި 2018

ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

17 ޖުލައި 2018
ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ
23 އެޕްރީލު 2018

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018
އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!
09 މާރިޗު 2018

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

09 މާރިޗު 2018
އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު