Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންގިލާބުތައް ހިތިވާ ސަބަބު

އިންގިލާބުތަކަށްފަހު ޑިކްޓޭޓަރޝިޕަށް ފުރުސަތު ލިބެނީ ކީއްވެގެން؟

އިންގިލާބީ ޚިޔާލުތައް ގެނެސްގަތުމާއި ތަންފީޒުކުރުމަކީ މުޅިން ތަފާތު ދެކަމެއް

ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:37
މުހައްމަދު އަމީނު (ވ) އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗަރޗިލްގެ އަރިހުގައި

މުހައްމަދު އަމީނު (ވ) އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗަރޗިލްގެ އަރިހުގައި

ޒަމާނާއެކު އިންސާނުންގެ ބޭނުންތަކަށް އަންނަ ބަދަލާއި މީސްތަކުންގެ ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ތަންތަނަށް ބޮޑެތި އިންގިލާބުތައް އާދެއެވެ. ވެރިކަމުގެ ބައްޓަމާއި ނިޒާމަށް ބަދަލު އާދެއެވެ. އިގްތިސާދީ ރޭވުންތެރިކަމާއި އިޖުތިމާއީ ތަރުތީބުކުރުންތަކަށްވެސް ބަދަލު އާދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގައިލީމާ މުޅި ދުނިޔެއަށް ގުޑުންއަރައިގެން ދިޔަ މިފަދަ އިންގިލާބުތައް ފެންނާނެއެވެ. އަދި ގައުމުތަކުގެ ސިޔާސީ މަލަމައްޗާއި އިޖުތިމާއީ މަލަމަތި އަބަދުގެ އަބަދަށް ބަދަލުކޮށްލި އެކިއެކި އިންގިލާބުތައް ފެންނާނެއެވެ.

އިންގިލާބަކީ ކޮބައިބާވައެވެ؟ އެބަސް ދެގޮތަކަށް މާނަ ކުރެވިދާނެއެވެ. ކޮންމެ ގޮތަކަށް މާނަކުރިޔަސް އެއްޗަކީ ބަދަލެވެ. އެއްގޮތަކީ ސިފައިން ނުވަތަ އާއްމުން ވެރިކަމާ ދެކޮޅަށް ނުކުމެ ހިންގާ ހަރަކާތަކުން ވެރިކަން ބަދަލުކުރާ ކުރުމެވެ. މިޒަމާނުގައި މިކަހަލަ ހަރަކާތަށް އާއްމު ގޮތެއްގައި ކިޔަނީ ބަޣާވާތެވެ. އަނެއްގޮތަކީ ކަމަކަށް ނުވަތަ ތަނަކަށް އަންނަ ބޮޑެތި ބަދަލެވެ. މިސާލަކަށް ފަތުރުވެރިކަން ތައާރަފުވުމަކީ ގައުމުގެ އިގްތިސާދަށް އައި ބޮޑު އިންގިލާބެކެވެ. ކޮންމެ އިންގިލާބަކީ ސިފައިންނާއި އާންމުން ނުކުމެ ބޮޑު ހަރަކާތަކުން ގެނެވޭ އިންގިލާބެއް ނޫނެވެ. ވިސްނުންތޫނު ހިކުމަތްތެރި އައު ލީޑަރަކު އެ ގައުމަށް ގެންނަވާ ތަރައްގީއާއި ތަހުޒީބަށް ފަހި އައު ބަދަލުތައްވެސް ވާނީ އިންގިލާބަށެވެ.

ރާއްޖޭގެ ސިޔާސީ މަލަމަތި ވެސް ފަހުގެ ތާރީޚުގައި ދެ ފަހަރަކު މިދެންނެވި އިންގިލާބީ ބައްޓަމަށް ބަދަލުވެގެން ދިޔައެވެ. އެންމެ ފުރަތަމަ މުހައްމަދު އަމީނުގެ ދައުރުގައެވެ. އެއަށްފަހު ޑިމޮކްރަސީގެ އުސޫލުތަކަށް ބޯލަނބާ ޑިމޮކްރެޓިކް ވެރިކަމެއް ގާއިމު ކުރުމަށް ދިވެހިން ކުރި ދަތުރާއި އެކަމަށް އެދި ގޮވި ގޮވުންތަކާއި އުފުލާންޖެހުނު ތަކުލީފުތަކާއި އަދި އެންމެ ފަހުން ކާމިޔާބު ލިބުނު ލިބުމެވެ. އެއީ ރައީސް މައުމޫނުގެ އެންމެ ފަހު ދައުރެވެ. މި ބަދަލުތަކަކީ ވެސް އިންގިލާބެވެ. ޑިމޮކްރަސީގެ އިންގިލާބެވެ. އެޔަށް އިންގިލާބެކޭ ބަޔަކު ނުކިޔަސްމެއެވެ.

އިންގިލާބަކީ ތިބި ހާލަތު ނޫން އެހެން ހާލަތަކަށް ބޮޑެތި ބަދަލުތަކާއެކު ފުރޮޅައިލުމެވެ. އެގޮތުން ވިސްނާއިރު އަތިރީގޭ މުހައްމަދު އަމީނު 1953 ގައި ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް އަނބުރާލައްވައި ޖިންސުގެ ތަފާތުކުރުން ނައްތާލައްވައި އިލްމު އުނގެނުމަކީ އެންމެންގެވެސް އަސާސީ ހައްގެއްކަމަށް ހައްދަވައި ޒަމާނީ ދައުލަތެއްގައި ހުންނާންޖެހޭ އެންމެހައި ސިފަތައް ތައާރަފު ކުރެއްވި ކުރެއްވުމަކީ ހަގީީގަތުގައި ވެސް އިންގިލާބެކެވެ. އެބަދަލުތަކަކީ އިންގިލާބީ ބަދަލުތަކެކެވެ.

ދުނިޔޭގެ ތާރީޚުން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ އިންގިލާބީ ޚިޔާލުތަކާއި އެ ޚިޔާލުތައް ތަންފީޒުކުރުމަކީ މުޅިން ތަފާތު ދެކަމެއް ކަމެވެ. ޚިޔާލުތައް އުފަންކުރާ މީހާ ނުވަތަ ޚިޔާލުތައް ގެނެސްގަންނަ މީހާއަކީ އެ ޚިޔާލުތައް ތަންފީޒުކުރަން އެންމެ އެކަށީގެންވާ މީހާއަށް ނުވެދާނެ ކަމެވެ. މުހައްމަދު އަމީނަށްވެސް މެދުވެރިވީ މިކަހަލަ ގޮތެކެވެ. އެމަނިކުފާނު ތައާރަފުކުރެއްވި ބޮޑެތި ބޮޑެތި ބަދަލުތަކަކީ ގޯސް ބަދަލުތަކެކޭ އެއްވެސް ބަޔަކަށް ނުބުނެވޭނެއެވެ. އެމަނިކުފާނުގެ މަގްސަދަކީ ޒަމާނާއި ފައިހަމަކުރެވޭނޭ ބީދަޔަކުން ގައުމުގެ އެންމެހައި ކަންކަން އިސްލާހުކުރުންކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެކަމަކު އެމަނިކުފާނުގެ ޖުމްހޫރިއްޔަތާއި އެމަނިކުފާނުގެ ނިމުންވެސް އައީ ދާދި އަވަހަށް ދާދި ހިތިކޮށްނެވެ.

އިންގިލާބީ ލީޑަރުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ އިންގިލާބީ ޚިޔާލުތައް ހަގީގީ މާނާގައި ތަންފީޒު ކުރަން ގަދައަޅައި އެކަމަށް ޖާގަދޭ މީހުންނެވެ. އަނެއް ބަޔަކީ އިންގިލާބީ ބަދަލުތައް ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނަކަށް ހަދައިގެން ވެރިކަމުގައި ދެމިތިބުމަށާއި ވެރިކަން ދެމެހެއްޓުމަށް ގަދައަޅާ މީހުންނެވެ. ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާޔާއި އިންޑިޔާގެ މަހާތުމާ ގާނދީ ހިމެނިވަޑައިގަތީ ކުރިން ދެންނެވުނު ބައިގެ ތެރޭގައެވެ. ރޫސީވިލާތުގެ ލެނިންއާއި ސްޓާރލިން އަދި މިސްރުގެ ޖަމާލް އަބްދުއްނާސިރާއި ލީބިޔާގެ މުއައްމަރުލް ގައްޒާފީ ހިމެނިވަޑައިގަތީ ފަހުން ދެންނެވުނު ބައިގެ ތެރޭގައެވެ.

އިންގިލާބެއް ގެންނަނީ ރައްޔިތުން އެދޭ ބަދަލުތަކަށް ފުރުސަތު ދިނުމަށާއި ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސަައިދިނުމުގެ ނަމުގައެވެ. އެ ނަމުގައި ވެރިކަމަށް އައިސް ދެން ތާއަބަދު ވެރިކަމުގައި ހުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށްވަނީ އިންގިލާބުގެ ފޮނިކަން ރައްޔިތުންނަށް އިހުސާސްނުކުރެވި ޚުދުމުޚުތާރު ޖައްބާރު އަނިޔާވެރި ވެރިކަމެއްގެ ބިންގާ އެޅުމެވެ. ރޫސީވިލާތުގެ ރަސްކަން 1917 ވަނަ އަހަރު ނިމުމަކަށް ގެނެސް ބޮލްޝެވިކް އިންގިލާބު ވުޖޫދުވެގެން އައީ ރައްޔިތުންގެ ނަމުގައެވެ. އެކަމަކު އެ އިންގިލާބު ބަދަލުވެގެން ފުރޮޅިގެން ދިޔައީ ދުނިޔޭގެ ފަހުގެ ތާރީޚު ދެކިފައިވާ އެންމެ ބޮޑު އެއް ޑިކްޓޭޓަރޝިޕަށެވެ. އިންގިލާބުގެ ފޮނިމޭވާ ރައްޔިތުންނަށް ހޯދައިދިނުމުގެ ވާހަކަ އެންމެ ގިނައިން ދެއްކެވި ސްޓާރލިން ބަދަލުވެގެންދިޔައީ ޑިކްޓޭޓަރުންގެ ތެރެއިންވެސް އަރައި ހުންނެވި ޑިކްޓޭޓަރަކަށެވެ.

މިސްރުގެ ރަސްކަން ނިމުމަކަށް ގެންނަވައި ފާރޫގު ރަސްގެފާނު މަގުން އެކަހެރި ކުރައްވައި މިސްރުގެ ރައްޔިތުން އެދިއެދި ތިބި ބަދަލުތައް ގެންނެވުމަށް 1952 ވަނަ އަހަރު ޖަމާލު އަބްދުއްނާސިރު ގެންނެވި އިންގިލާބަކީ ފަހުން މި ދެންނެވުނު ބައިގެ މިސާލެކެވެ. އެ އިންގިލާބު ގެނައީ ހުރިހާ ގޮތަކުން މިސްރު އިސްލާހުކޮށް ޒަމާނީ ދައުލަތަކަށް ހެދުމުގެ ގޮތުންނެވެ. އެކަމަކު އެޅިގެން ދިޔައީ ޚުދުމުޚުތާރު އައު ވެރިކަމެއްގެ ބިންގަލެކެވެ. ލީބިޔާގެ އިދުރީސް ރަސްގެފާނުގެ ވެރިކަން ބަދަލުކޮށް ރައްޔިތުންގެ ފެހި އިންގިލާބުގެ ނަމުގައި މުއައްމަރުލް ގައްޒާފީ ގެންނެވި އިންގިލާބުގެ ނަތީޖާއަކީވެސް ޚުދުމުޚުތާރު އައު ވެރިކަމެއް ފެށިގެން ދިއުމެވެ.

ޗައިނާގެ ކޮމިއުނިސްޓް ލީޑަރު މާއޯ ޒެޑޮން 1949 ގައި އެގައުމަށް ގެންނެވި އިންގިލާބަކީވެސް ރައްޔިތުންގެ ހާލަތު ރަގަޅުކޮށް ގައުމު އެއްބައިވަންތަކޮށް ގައުމިއްޔަތު ދިރުވުމުގެ ފިކުރާއި ޚިޔާލުގެ މަތީގައި ގެނެވުނު އިންގިލާބެކެވެ. އެކަމަކު މާއޯވެސް ވެގެން ދިޔައީ ޚުދުމުޚުތާރު ވެރިޔަކަށެވެ. ވިދާޅުވާ ބަސްފުޅަކީވެސް ގާނޫނުކަމަށް ހެއްދެވި ވެރިޔަކަށެވެ. މިކަންކަމުން ލިބިދޭ ފިލާވަޅުތައް ގިނަގުނައެވެ.

އިންގިލާބީ ފިކުރު ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ފޫޅުކެނޑިގެންދާން ދޫކޮށްލެވިއްޖެނަމަ ނަތީޖާ ހިތިވާކަން މިއޮތީ ތަޖުރިބާއިން ފެންނާށެވެ. ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާވެސް އިންގިލާބެއް ގެންނެވިއެވެ. އެ ގައުމުގެ ވެރިކަންވެސް ކުރެއްވިއެވެ. އެކަމަކު އިންތިގާލީ މަރުހަލާ ނިމުމަށްފަހު އަމިއްލަފުޅަށް ވެރިކަމުން ދުރަށް ވަޑައިގެންނެވީއެވެ. އެގޮތަށް ނުހެއްދެވިނަމަ ދެކުނު އެފްރިކާވެސް ޚުދުމުޚުތާރު ވެރިކަމެއް ހިނގާ ތަނަކަށް ބަދަލުވެގެންދިޔައީހެވެ. ހެޔޮވެރިކަމެއްގެ ފަލްސަފާގެ ވާހަކައިން ތަގުރީރު ކުރުމާއި ހެޔޮވެރިކަމެއްގެ ސިފަތައް ކިޔައިދީގެން އެ ސިފަތަކަށް ރައްޔިތުންގެ ހިތް ޖެއްސުމާއި އެކަހަލަ ވެރިކަމެއް އަމިއްލައަށް ކުރާން އެނގުމަކީ މުޅިން ތަފާތު ކަންކަމެވެ.

ރައީސް މުހައްމަދު އަމީންއިންގިލާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ދޫފުޅުން ވިދާޅުވާ ބަސްތަކުން ލިބެނީ ހައިރާންކަން

ދޫފުޅުން ވިދާޅުވާ ބަސްތަކުން ލިބެނީ ހައިރާންކަން

09 އޯގަސްޓު 2018
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

05 ޖުލައި 2018
އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018
އަލިތަކުރުފާނު އިންދެވި ތާރީޚީ ކާނި ގަހުގައި ރޯކޮށްލީ ކީއްވެގެންތަ؟

އަލިތަކުރުފާނު އިންދެވި ތާރީޚީ ކާނި ގަހުގައި ރޯކޮށްލީ ކީއްވެގެންތަ؟

22 އެޕްރީލު 2018
އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

04 މާރިޗު 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު