Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ހަރުކަށި ފިކުރާއި، ހަރަކާތްތަކާއީ، ދީނަށް އިހާނެތިކުރުމުގެ މަސައްކަތަކީ ފަރުދީ ޒިންމާއަށް އިހުމާލުވުމުގެ ނަތީޖާ: ރައީސް

26 ޑިސެމްބަރު 2019 | ބުރާސްފަތި 13:49

ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ޙައްލުކުރަން ދަތި ކިތަންމެ މައްސަލައެއް މިހާރުވެސް ދިވެހިންގެ ތެރޭގައި އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 13:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު

ހަރުކަށި ފިކުރާއި، ޙަރަކާތްތަކާއި، މާރާމާރީތަކާއި، ގޭންގު ކުށްތަށް އަދި މަސްތުވާތަކެތީގެ މައްސަލަތަކަކީ ފަރުދީ ޒިންމާއަށް އިހުމާލުވުމުގެ ނަތީޖާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ޤައުމުގެ ޙާލަތަށް ބަލާއިރު، ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ޙައްލުކުރަން ދަތި ކިތަންމެ މައްސަލައެއް މިހާރުވެސް ދިވެހިންގެ ތެރޭގައި އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި، ހިންގާ ހަރުކަށި ޢަމަލުތައް، މިއީ އޭގެ ތެރެއިން އެއް ކަންތައް ކަމަށެވެ. އަދި ދީނަށް އިހާނެތިކުރުމުގެ މަސައްކަތާއި، މާރާމާރީތަކާއި ގޭންގު ކުށްތައް އަދި މަސްތުވާތަކެތީގެ މައްސަލަތައް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ މިފަދަ ކަންކަމަކީ ޤާނޫނުތައް ނެތިގެން، ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތިގެން ހިނގާ ކަންކަމެއް ނޫންކަމަށެވެ.

ނޭއްގާނި ޢަމަލުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިޝާރާތް ކުރައްވާ ރައީސް ވަނީ، ވަގުތު ފާއިތުނުވަނީސް މިހާރު ހިނގާ ނުރަނގަޅު މަގު ދޫކޮށް، އިޞްލާޙުގެ މަގު ޚިޔާރުކުރުމަށް ގޮވާލައްވާފައެވެ. އަދި އެކަހެރިވުމާއި ވަކިވެގަތުމުގެ ޢަމަލުތައް ދޫކޮށް، އިޖުތިމާޢީ މިންގަނޑުގެ ތެރެއަށް ވަނުމަށް ސަމާލުކަންދިނުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ އެންމެންނަކީ ވެސް މި ޤައުމުގެ ރައްޔިތުން ކަމަށާއި، އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ވުމަކީ، އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ. އަދި އިޞްލާޙުގެ މަގު ޚިޔާރު ކުރުމުން، ދެ ދުނިޔޭގައިވެސް ލިބޭނީ ކާމިޔާބާއި ބާއްޖަވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، މިއަދު އެއްބައިވާންޖެހިފައި މިވަނީ، މިފަދަ ކަންކަމާ ދެކޮޅަށް ކަމަށެވެ. އަދި އެންމެން އެއް ޢަޒުމެއްގައި، އެއް ރޫޙެއްގައި މަސައްކަތް ކުރަންވީ، މި މައްސަލަތައް ޙައްލުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ އެންމެންގެ ޤައުމު ކަމަށާއި، ދިރިއުޅެން އޮތް ފަސްގަނޑަކީ މިއީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިތަނުގެ ހަމަޖެހުމާއި ޞުލްޙައާއި އަމާންކަން ދެމިއޮންނާނީ، އެކަންކަމަށް އިސްކަންދިން މިންވަރަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2017

އިސްލާމީ ރިސާލަތު ފަތުރާ، ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

30 ނޮވެމްބަރު 2017
އިސްލާމީ ރިސާލަތު ފަތުރާ، ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި
25 ނޮވެމްބަރު 2017

ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ

25 ނޮވެމްބަރު 2017
ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ
23 ނޮވެމްބަރު 2017

ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ

23 ނޮވެމްބަރު 2017
 ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ
09 އޯގަސްޓު 2017

ޔާމީން މަރާލީ ދީނަށް ފުރައްސާރަކުރާތީ، މިއީ ބަޔަކު ފަންޑުކުރި ކަމެއް ނޫން: ޕޮލިސް

09 އޯގަސްޓު 2017
ޔާމީން މަރާލީ ދީނަށް ފުރައްސާރަކުރާތީ، މިއީ ބަޔަކު ފަންޑުކުރި ކަމެއް ނޫން: ޕޮލިސް
09 އޯގަސްޓު 2017

ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށް ގާތިލުން ބުނޭ:ޕޮލިސް

09 އޯގަސްޓު 2017
ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށް ގާތިލުން ބުނޭ:ޕޮލިސް
27 ޖުލައި 2017

މާފުށީ ޖަލުގައި ގައިދީނަށް ބޮޑެތި އަނިޔާތަކެއް!

27 ޖުލައި 2017
މާފުށީ ޖަލުގައި ގައިދީނަށް ބޮޑެތި އަނިޔާތަކެއް!
21 ޖުލައި 2017

ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު

21 ޖުލައި 2017
ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު
28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
12 އެޕްރީލު 2017

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް