Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދީނީ ހަރުކަށިކަމާ ދެކޮޅު

ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ

23 ނޮވެމްބަރު 2017 | ބުރާސްފަތި 14:48

މަގްސަދަކީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން މެދުމިނުގައި ދެމެހެއްޓުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ނޮވެމްބަރު 2017 | ބުރާސްފަތި 14:48
ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދު ރާއްޖޭގައި

ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދު ރާއްޖޭގައި

ޖޯޑަންއާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރި އެއްބައިވަންތަ ގުޅުން ބަދަހިކޮށް އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެ ވަޑައިގެންނެވި ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސެކްރެޓަރީ ޖެނެރަލް، ހިޒް. އެކްސެލްންސީ އީއެންޖީ މަރްވާން އަލް-ފާޢޫރީ އާއި، ދި މެމްބަރ އޮފް ދަ އެގްޒެކެޓިވް އޮފިސް އޮފް ދަ ފޯރަމް، ޖޯޑަނުގެ ފޯމަރ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޯމަރ ޖޯޑަނުގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ޓްރޭޑް މރ. މުހައްމަދު އަހުމަދު ސަލާމާ ހަލައިޤާ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެއެވެ.

ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދު ރާއްޖޭގައި

ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފުދުގެ ބޭފުޅުންގެ މި ދަތުރުފުޅުގެ މަގްސަދަކީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން މެދުމިނުގައި ދެމެހެއްޓުމަށާއި، ދީނީ ހަރުކަށިކަމާއި، ހައްދުފަހަނައަޅާ ދިއުން ނައްތާލުމާއި، ޓެރަރިޒަމާއި، ދެކޮޅަށް ރާއްޖެއާ ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މިފަދަ ކަންކަމުގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދު ރާއްޖޭގައި

މި ވަފްދުގެ ބޭފުޅުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒިޔާދުއާ ބައްދަލު ކުރައްވައި ރާއްޖޭގައި ދީނީ ކަންކަން މެދުމިނުގައި ދެމެހެއްޓުމާއި، ދީނީ ހަރުކަށިކަމާއި، ހައްދުފަހަނައަޅާ ދިއުން ނައްތާލުމަށް އެހީތެރިކަން ފޯރިކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މިވަފްދުގެ ބޭފުޅުންވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފުއާ ބައްދަލު ކުރައްވައި، ޓެރަރިޒަމާއި، ދެކޮޅަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމާއި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރިކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި މަހުގެ 21 ން 25 އަށް ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގައި ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ އިސްބޭފުޅުންނާއި މި ވަފްދުގެ ބޭފުޅުން ބައްދަލުކުރައްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް