Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްބައިވަންތަކަމުގެ ދުވަސް

ސުނާމީ ކާރިޘާއާއި ގުޅިގެން ނަގާފައިވާ 592 ލޯނެއް ވަނީ މާފު ކުރެވިފައި: ރައީސް

އެކި ވަރުގެ ގެއްލުން ލިބުނު 190 ރަށެއް ވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2019 | ބުރާސްފަތި 11:32
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ސުނާމީ ކާރިޘާއާއި ގުޅިގެން ނަގާފައިވާ 592 ލޯނެއް ވަނީ މާފު ކުރެވިފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ތ. ވިލުފުށީގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ސުނާމީ ކާރިޘާގައި އެކި ވަރުގެ ގެއްލުން ލިބުނު 190 ރަށުގެ ރައްޔިތުންގެ ދިރުއުޅުމުގެ ޙާލަތު އިޔާދަ ކުރުމަށް މިދިޔަ 15 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކުން މަސައްކަތް ކުރިކަމަށެވެ. އަދި އެކަން ކުރުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ދިރިނޫޅެވޭ ވަރަށް ހަލާކުވި 5 ރަށުގެ ރައްޔިތުން އެހެން ރަށްރަށުގައި ވަޒަންވެރި ކުރުވުމާއި އާބާދުކުރުވުން ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި އިރުވެސް މި ފަދަ ރަށްރަށުގެ ޝަކުވާތައް ހުރި ކަން ފާހަގަކުރެއްވިއެވެ. އޭގެތެރެއިން ބައެއް ކަންކަމަކީ ބައެއް މީހުން ނަގާފައި ހުރި ލޯނުތައް ނުދެއްކި ދަރަނިވެރިވުން ކަމަށެވެ.

އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ޤުދުރަަތީ ޙާދިސާގައި އެތައް ބައެއްގެ މުޅި ޙަޔާތް ޤުރުބާންކޮށްގެން އާރާސްތު ކުރި ދިރިއުޅުމާއި ގެދޮރު ސުންނާފަތިވެގެން ދިޔަކަމަށެވެ. އަދި ގާތްތިމާގެ މީހުންނާއި ރައްޓެހިން ގެއްލި، ޢާއިލާތައް މާލީ ގޮތުން އިނދަ ޖެހުނު ކަމަށެވެ. މި ޙާދިސާގަ ދިރިނޫޅެވޭ ވަރަށް ބައެއް ރަށްރަށް ހަލާކުވިއިރު ރައީސް ޞާލިޙު ވިދާޅުވީ އެ ކާރިޘާގައި ދިވެހި ރައްޔިތުން ދައްކައި ދިނީ އޯގާތެރިކަން ކަމަށެވެ. އަދި އެ ދުވަހު ކުރިމަތިވި ޙާލަތުން އަރައިގަތުމަށް ލިބުނު އެންމެ ބޮޑު ބާރަކީ ވެސް އެއީ ކަމަށެވެ.

26 ޑިސެމްބަރު 2004 ވަނަ އަހަރު ރާއްޖެއަށް ސުނާމީ އެރި ކާރިޘާގަ ދިވެހިންގެ ތެރެއިން 82 މީހުންގެ ފުރާނަ ގެއްލި، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު