Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްކިއުމެންޓްރީ \"ސިހުރުގެ ވެރިކަން\"

އަސޭލާ ޑޮކިއުމެންޓްރީ ދެއްކުން މަނާކޮށްފައި އޮތްއޮތުން ރިވިއު ކުރެވެން ނެތްކަމަށް ބްރޯޑްކޮމްއިން ބުނެފި

25 ޑިސެމްބަރު 2019 | ބުދަ 13:23

"ސިހުރުގެ ވެރިކަން" ދެއްކުން މަނާކުރީ ސަރުކާރުގެ އިދާރާއަކުން ބުނިބުނުުގެ މައްޗަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޑިސެމްބަރު 2019 | ބުދަ 13:23
ރައީސް ޔާމީން އާއި އަސޭލާ

ރައީސް ޔާމީން އާއި އަސޭލާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ސްރީލަންކާގެ ސިހުރު ހަދާ މީހެއް ކަމަށްވާ އަސޭލާ ވިކްރަމަސިންހަ އާ ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކާއި ގުޅޭ ގޮތުން "ރާއްޖެޓީވީ" އިން ތައްޔާރުކުރި "ސިހުރުގެ ވެރިކަން" ޑޮކިއުމަންޓްރީ ދެއްކުން މަނާކޮށްފައި އޮތްއޮތުން ރިވިއު ކުރެވެން ނެތްކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.

އެ ޑޮކިއުމަންޓްރީ ދެއްކުން ބްރޯޑްކޮމް އިން މަނާކޮށްފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ބްރޯޑްކޮމްއިންނެވެ. "ރާއްޖެޓީވީ" އެ ޑޮކިއުމަންޓްރީ ތައްޔާރުކުރީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ލަންކާގެ ސިހުރު ހަދާ އަސޭލާ ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް، ސިހުރު ހެދިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން، ރާއްޖެޓީވީގެ ޓީމެއް ސްރީލަންކާއަށް ގޮސް، އަސޭލާއާ ބައްދަލުކޮށް، ސީދާ އޭނާގެ އިންޓަވިއުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ޑޮކިއުމެންޓްރީ އެކެވެ.

Advertisement - newsAdvertisement

"ރާއްޖެޓީވީ" އިން އެ ޑޮކިއުމެންޓްރީ ދެއްކުމާއެކު، ސަރުކާރުގެ އިދާރާއަކުން، އެ ޑޮކިއުމެންޓްރީގައި، އިސްލާމް ދީނުގެ އަޞްލަކާއި ޚިލާފު އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ގެއްލުންވާފަދަ ކޮންޓެންޓް އެ ޑޮކިއުމެންޓްރީގައި ހުރިކަމަށް ބުނުމުން، ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް، މޮނީޓަރ ކުރުމުގެ ޤާނޫނީ ޒިންމާ އޮތް، ބްރޯޑްކޮމްއިން އެ ޑޮކިއުމެންޓްރީގައި ހިމެނޭ ކަމަށް އެބުނާ އެފަދަ ކަންކަން ތަހުޤީޤު ކުރުމަކާ ނުލާ، ރާއްޖެޓީވީއާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އަދި ބްރޯޑްކޮމްއިން "ރާއްޖެޓީވީ" އާމެދު ފިޔަވަޅު އަޅާފައިވަނީ ވެސް، އެ ޑޮކިއުމެންޓްރީގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުވާ ކޮންޓެންޓަކީ ކޮބައިތޯ އާއި، އަދި ދީނީ އެއްބައިވަންތަކަމަށް ގެއްލުންވާ ކޮންޓެންޓަކީ ކޮބައިތޯ ތަކުރާރުކޮށް، އެކަންކަން ސާފުކޮށްދިނުމަށް އެދި ބްރޯޑްކޮމަށް ލިޔުމުން ހުށަހަޅާފައި ވަނިކޮށެވެ.

"ސިހުރުގެ ވެރިކަން" ޑޮކިއުމެންޓްރީ ދެއްކުން މަނާކޮށްފައި އޮތްއޮތުން، ނިމުމަކަށް ގެނެސް، އެމައްސަލަ ރިވިއުކޮށްދިނުމަށް އެދި "ރާއްޖެޓީވީ"އިން ބްރޯޑްކޮމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މިމައްސަލާގައި "ރާއްޖެޓީވީ" އާމެދު ފިޔަވަޅު އަޅާފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް، ކަނޑައެޅިގެން "ރާއްޖެޓީވީ"އަށް ގެއްލުންވާގޮތަށް ކަމަށް ދެކޭ ކަމަށެވެ. ވޭތުވެދިޔަ ތަނުގައި "ރާއްޖެޓީވީ"އިން ގެނެސްދިން ޚަބަރާއި މަޢުލޫމާތުތަކަކީ ބްރޯޑްކާސްޓްކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތަރަހައިގެން ތެރެއިން "ރާއްޖެޓީވީ"އިން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކޮށްފައިވެއެވެ.އަދި ރާއްޖެޓީވީގެ މަސައްކަތް ދިވެހި ރައްޔިތުން ބަލައިގަނެފަ އި ވާކަންވެސް ސިޓިގައި ބަޔާންކޮށްފައިއެވެ. ނަމަވެސް ސިޔާސީ ގޮތުން ވަކި ނުފޫޒުތަކަކަށް ބުރަވެ، ވޭތުވެދިޔަތަނުގައި ބްރޯޑްކޮމްއިން "ރާއްޖެޓީވީ" އާމެދު އަޅާފައިވާ ޣައިރު ޤާނޫނީ ފިޔަވަޅުތަކުގެ ސަބަބުން "ރާއްޖެޓީވީ"އަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާކަން ވެސް ސިޓީގަ ފާހަަގަކޮށްފައިވެއެވެ.

މީގެއިތުރުން "ރާއްޖެޓީވީ" އިން ފޮނުވި އެސީޓީގައި ބުނެފައިވަނީ، "ސިހުރުގެ ވެރިކަން" ޑޮކިއުމެންޓްރީގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް އެއްވެސްކަމެއް ހިމަނާފައި ނުވާނެ ކަމަށެވެ. އަދި އެޑޮކިއުމެންޓްރީ ތައްޔާރުކޮށްފައި ވަނީ އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ އުޞޫލުތަކުގެ ތެރެއިން، މިފަދަ ޑޮކިއުމެންޓްރީ ގެނެސްދިނުމުގައި ޑިމޮކްރެޓިކް އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރާ ބެސްޓް ޕްރެކްޓިސް އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ. އެއްވެސް ޙާލެއްގައި "ރާއްޖެޓީވީ"ގެ ނުވަތަ އެ ސްޓޭޝަނުގެ އެއްވެސް ނޫސްވެރިއެއްގެ އަމިއްލަ ޚިޔާލެއް ނުވަތަ ދެކޭގޮތެއް އެ ޑޮކިއުމެންޓްރީގައި ހިމަނާފައި ނުވާނެ ކަމަށާއި، އެ ޑޮކިއުމެންޓްރީގައި ހިމެނޭ ފަރާތްތަކުގެ މަޢުލޫމާތު ގެނެސްދީފައިވަނީ އެފަރާތްތަކުގެ އަޑާއެކު އެއްވެސް އުނިއިތުރުކުރުމެއްނެތި، ކަންހިނގާފައިވާ ގޮތުގެ ހަޤީޤަތާ އެއްގޮތަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ ކަންތައްތަކެއް ހިނގައިގެން ގޮސްފައިވާއިރު، އެ ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާނީ ކަން ހިނގާދިޔަގޮތްކަމުގެ ހަޤީޤަތާ އެއްގޮތަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ އަޑާއި މަންޒަރު ހިމަނައިގެން އެފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް ކަމަށް "ރާއްޖެޓީވީ"ގެ އެ ސިޓީގައި ބުނެފައި ވެއެވެ.

މީގެއިތުރުން، އެސީޓީގައި ބުނެފައި ވަނީ، ސިހުރު ހަދާ ވާހަކަތަކާއި، ސިހުރުގެ ބާރުގެ ބޭނުންކޮށްގެން ކުރާ ކަންތައްތަކާއި ގުޅޭ މަޢުލޫމާތުގެ ޚަބަރުތަކާއި ރިޕޯޓުތައް މިހާރުވެސް މީޑިއާތަކުން ގެނެސްދެމުންދާއިރު، "ރާއްޖެޓީވީ" ގެނެސްދިން އެ ޑޮކިއުމަންޓްރީއާ ގުޅިގެން އެ ސްޓޭޝަނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނީ ސިޔާސީ ނުފޫޒުންކަމަށް ފާހަގަ ކުރެވިފަ ކަމަށެވެ. އަދި ސިޔާސީ ނުފޫޒުން، ޤަނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ކަންކަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ބްރޯޑްކޮމްއިން އިޢުތިރާފު ވެފައިވާކަމަށެވެ. ވަކިން ޚާއްޞަކޮށް، ރާއްޖެޓީވީއާ މެދު އަޅާފައިވާ ފިޔަވަޅުތަކާއި ކުރި ޖޫރިމަނާތައް ކުރުމުގައި ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ވަދެ، ޤާނޫނާ ޚިލާފަށް ކަންކަން ނިންމާފައިވާ ކަމަށް ލައިވް ޓީވީގައި ބްރޯޑްކޮމުން އިއުތިރާފު ވެފައިވާކަމަށްވެސް ސިޓީގައިވެއެވެ.

މި ހުރިހައި ކަމަކަށް ރިޢާޔަތްކޮށް، "ރާއްޖެޓީވީ" 2016 ވަނަ އަހަރު ގެނެސްދިން "ސިހުރުގެ ވެރިކަން" ޑޮކިއުމެންޓްރީއާ ގުޅިގެން ބްރޯޑްކޮމުން އެޅި ފިޔަވަޅުތައް މުރާޖަޢާކޮށް، އެފިޔަވަޅުތައް ވީހާވެސް އަވަހަކަށް ބާޠިލު ކޮށްދެއްވުމަށް "ރާއްޖެޓީވީ" އިން ބްރޯޑްކޮމަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

"ރާއްޖެޓީވީ"ގެ އެސިޓީގެ ޖަވާބުގައި ބްރޯޑްކޮމުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ބްރޯޑްކާސްޓަރެއްގެ މައްޗަށް އަޅާ ފިޔަވަޅެއް މުރާޖަޢާ ކުރަން އެދެވޭނެ މުއްދަތު، "ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުގެ ނިޒާމު"ގެ ދަށުން، އެ މުއްދަތުގައި އެކޮމިޝަނަށް އެ މައްސަލަ ހުށަހަޅާފައިވާ ނުވާކަމަށެވެ. އެހެންކަމުން، އެމައްސަލަ މުރާޖަޢާ ކުރުމަކީ ކަނޑައެޅިފައިވާ އިޖުރާޢަތާ ޚިލާފުކަމެއްކަމަށް ބެލެވޭތީ، "ރާއްޖެޓީވީ" އިން މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބަލާނެ ޖާގައެއް ނެތް ކަމަށް ކޮމިޝަނުގެ މެންބަރުން ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ބްރޯޑްކޮމުން ވަނީ "ރާއްޖެޓީވީ"ގެ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅާފަ އެވެ. އެގޮތުން ހަތަރު ފަހަރެއްގެ މަތިން "ރާއްޖެޓީވީ" 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، އެކިއެކި މައްސަލަތަކާއި ގުޅިގެން މަޢާފަށް އެދެން ޖެހުމާއެކު އިންޒާރުތައްވެސް ދީފައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ޖުލައި 2017

އަސޭލާއާ ރާއްޖޭގެ މަޖިލިސް މެމްބަރުންތަކެއް ބައްދަލު ކޮށްފި

07 ޖުލައި 2017
އަސޭލާއާ ރާއްޖޭގެ މަޖިލިސް މެމްބަރުންތަކެއް ބައްދަލު ކޮށްފި
08 ޖޫން 2017

ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި

08 ޖޫން 2017
ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި
16 އެޕްރީލު 2017

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި
08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި
07 އެޕްރީލު 2017

ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި

07 އެޕްރީލު 2017
ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް
13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް