Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކޮމްގެ ރައީސާ "ބުރަބި" ޖަލްސާ ހުށައަޅައިދެއްވުން އަލީ ވަހީދު ދިފާޢުކުރައްވައިފި

25 ޑިސެމްބަރު 2019 | ބުދަ 09:27

މަރިޔަމް ވަހީދާއަކީ ސިޔާސީ ޕާޓީއެއްގައި ދުވަހަކުވެސް މަސައްކަތްކުރެއްވި ބޭފުޅެއް ނޫން: އަލީ ވަހީދު

އަމަން ހަލީމް
އަމަން ހަލީމް | 25 ޑިސެމްބަރު 2019 | ބުދަ 09:27
ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ \"ބުރަބި\" ޖަލްސާ ހުށައަޅައިދެއްވަނީ

ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ \"ބުރަބި\" ޖަލްސާ ހުށައަޅައިދެއްވަނީ

ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ "ބުރަބި" ޖަލްސާ ހުށައަޅައިދެއްވުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ދިފާޢުކުރައްވައިފިއެވެ.

ބުދަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޢަލީ ވަހީދު ވިދާޅުވީ މަރިޔަމް ވަހީދާ ހުށައަޅައިދެއްވީ ޕާޓީއެއްގެ ޖަލްސާއެއް ނޫންކަމަށާއި، އެހެންކަމުން އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށެވެ. އޭގެ އިތުރުން ބްރޯޑްކޮމްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާ ކަމަށްވެސް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެއިތުރުން، މިކަމާއިމެދު ބަޔަކު ނުރުހުން ފާޅުކޮށް ހިތްހަމަނުޖެހި ވާހަކަދެއްކުމާއި ގުޅިގެން އެކަމާއިމެދު ހިތާމަކުރައްވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މަރިޔަމް ވަހީދާއަކީ ދުވަހަކުވެސް އެއްވެސް ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވެެފައިވާ ފަރާތެއް ނޫން ކަމަށާއި، އެހެންކަމުން އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަހީދު ވަނީ، ޕީޕީއެމްގެ ގޮނޑި ޖަހަން އުޅުނު ފަރާތަކާއި، މަރިޔަމް ވަހީދާއާ އެއްފަދަ ކުރުން އެއީ ދެރަވަރުކަމެއްކަމަށްވެސް ވިދާޅުވިއެވެ. ބެލެވޭގޮތުގައި ޢަލީ ވަހީދު އެ ނިޞްބަތްކުރެއްވީ، ކުރިން އެކޮމިޝަނުގެ މެންބަރުންނާ ވަކިކުރަން މަޖިލީހަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި މިމައްސަލަވެސް ހިމެނެއެވެ. ތިމަންނާ ޙަރަކާތްތެރިވީ އިސް ރަށްވެހިންގެ އިޖްތިމާޢީ ހަފުލާއެއްގައި ކަމަށް ވިދާޅުވެ ޒައިނާ ވަނީ އޭނާގެ ޢަމަލުތައް ދިފާޢުކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވީ "ބުރަބި" ޖަލްސާ ހުށައަޅައިދެއްވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކި މަންސަތަކުގައި އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި މިނިވަން މުއައްސަސާއެއްގެ ރައީސަކު ސަރުކާރުގެ އިވެންޓުތައް ހުށައަޅައިދެއްވުމުން، އެމުއައްސަސާއެއްގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ވަނީ ބުނެފައެވެ.

މިކަމާމެދު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަޑު އުފުލަން ފެށުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު ރޮޒެއިނާ އާދަމް ވަނީ މަޖިލިސް ހުޅުވުމުން މި މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

ދާދި ފަހުން ބްރޯޑްކޮމްގެ މެންބަރުކަމަށް ޢައްޔަނުކުރެވުނު މަރިޔަމް ވަހީދާއަކީ، ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި، ޚާއްޞަކޮށް އެކި ޝޯވތަކާއި ޖަލްސާތައް ހުށައެޅުއްވުމުގައި, މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އެ ކޮމިޝަނަށް އެންމެ ގިނަ މެންބަރުންގެ ތާޢީދާކު ހޮވިވަޑައިގެންނެވީވެސް އެކަަމަނާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި

16 ފެބުރުއަރީ 2017
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް