Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީކޯ މޫސާ މަނިކު

ސިފައިން ހިންގަންޖެހޭ ސަލާމަތީ އެއްވެސް ކަމެއް އިތުރު ބަޔަކަށް އަންގާކަށް ނުޖެހޭނެ: ރީކޯ މޫސަ

25 ޑިސެމްބަރު 2019 | ބުދަ 08:41

ގާނޫނުއަސާސީގެ 241 ވަނަ މާއްދާގައިގެ ދަށުން ސަލާމަތީ ކަންކަން ކުރުމުގެ ބާރު އެމްއެންޑީއެފަށް ލިބޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޑިސެމްބަރު 2019 | ބުދަ 08:41
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު

ޤައުމުގެ ސަލާމަތީ ކަންކަން ކުރުމުގައި ސިފައިން ހިންގަންޖެހޭ އެއްވެސް ކަމަކީ، އެކަމުގެ މަޢުލޫމާތު އިތުރު އެއްވެސް ބަޔަކަށް ދޭން ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ވާގޮތުން، ސިފައިން ހިންގަންޖެހޭ ސަލާމަތީ އެއްވެސް ކަމަކީ އިތުރު ބަޔަކަށް މަޢުލޫމާތުދީ، ހުއްދަ ހޯދަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދީމަ ނިމުނީ ކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ ރިޔާސީ އިންތިޚާބަށްފަހު، އިދިކޮޅު ޕީޕީއެމުން ވަކިވެވަޑައިގަންނަވާފައިވާ، މޫސަ މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ، އެމްއެންޑީއެފުން މިހާރު އިޢުލާން ކޮށްފައިވާ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް އިޢުލާން ކުރި ސަބަބު ހާމަ ކުރުމަށް ގޮވާލާފައި ވަނިކޮށެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައިވަނީ، ވެގެންއުޅޭ ގޮތެއް ނޭނގި ކުއްލިއަކަށް ހަތިޔާރާއެކީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ޙަރަކާތްތެރިވަމުންދާތީ ކަންބޮޑުވާކަމަށެވެ. އަދި މިފަދަ އޮޕަރޭޝަނެއް ހިންގާއިރު ރައްޔިތުންނަށް އެ އޮޕަރޭޝަންއަކީ ކޮން މަޤުޞަދެއްގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްކަން ވަރަށް ސާފުކޮށް އޮޅުންފިލުވާދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޤައުމީ ސަލާމަތާއި ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކާ ވެއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ކަމާއި ގުޅުން ހުރި މުއައްސަސާ ތަކުގެ ޒިންމާއެއް ކަމަށެވެ.

ޤައުމީ ސަލާމަތާއި ފަރުދުންގެ ރައްކާތެރި ކަމަކީ ސީރިއަސް ކަންކަން ކަމަށާއި، މިރިނުވެ ގޮބޮޅި ކާށިވާ ގޮތަށް ޤައުމީ ސަލާމަތާއި ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް އާދަމް ޝަރީފުގެ ޓްވީޓްގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުންނާއި އަދި ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި، ދެ ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު، މުޅި ގައުމު އޮތީ ސަރުކާރުން އަމިއްލައަށް ކުރި ކަންތައްތަކެއްގެ ތެރެއިން ބޮއްސުންލާފަ އެވެ.

އެގޮތުން ފުރަތަމަ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރީ ރައީސް ޔާމީން، ނައިބު ރައީސްކަމުގެ މަޤާމަށް ޢައްޔަން ކުރެއްވި އަޙްމަދު އަދީބުގެ ހައްޔަރު ކުރުމަށްފަހު، އަދި މިހާތަނަށް ސަރުކާރަކުން ހިންގާފައިވާ އެންމެބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތާވެސް ފަޅާއެރުމާއި ގުޅިގެން ޤައުމު ހަލަބޮލި ވުމާއި ގުޅިގެންނެވެ.

ދެ ވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރީ، 2018 އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ޢަމުރު ތަންފީޒު ކުރަން ސަރުކާރުން ބޭނުން ނުވުމުން، އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށް، ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް ހައްޔަރު ކުރުމަށާއި، އެކަމާއި ގުޅިގެން ޤައުމު ހަލަބޮލި ވުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ޢަމުރު "ބޮލާލާ ޖެހުމަށްފަހު"، ސުޕްރީމް ކޯޓަށް ސަލާމަތީ ޚިދުމަތްތަކުން ވަދެ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރިއިރު، ޑިފެންސް މިނިސްޓަރަކަށް ހުންނެވީ، އާދަމް ޝަރީފް އުމަރެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް