ރާއްޖެ
އެމްއެންޑީއެފް
މާފުށީ ކަނޑުއޮޅި ކައިރިން ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ
ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 03:00 ހާއިރު

އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2019 | ބުދަ 04:09

ދޯނި ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ
ކ. ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ޙަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ވ. އަލިމަތާ ރިސޯޓުން ފުރައިގެން ކ. ތިލަފުށްޓަށް ދަތުރުކުރި " ރަންމުތް" ނަމަކަށް ކިޔާ ދޯންޏެއް، މާފުށީ ކަނޑުއޮޅި ކައިރިން ދިޔަވާތީ އެމްއެންޑިއެފުން ޙަރަކާތްތެރިިވި ކަމަށެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކުއަޑްރޮން އިން ޙަރަކާތްރިވިއިރު އެ ޙާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 03:00 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
އަދި ދޯނި ދިޔަވާން ފެށީ އިންޖީނު ހުއްޓުމާއި ގުޅިގެން ކަމަށް ވެސް މަޢުލޫމާތު ލިވެއެވެ.
މި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.







