Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމް ހަސަންގެ މަރު

ޤާސިމްގެ ޤާތިލު ނިސްބަތްވަނީ ޅ. ހިންނަވަރަށް!

22 ޑިސެމްބަރު 2019 | އާދީއްތަ 19:22

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޑިސެމްބަރު 2019 | އާދީއްތަ 19:22
ޤާސިމް ހަސަން

ޤާސިމް ހަސަން

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ޤާތިލަކީ ޅ. ހިންނަވަރު މީހެއްކަން ހާމަވެއްޖެ އެވެ.

ޤާސިމް މެރުމުގެ ކުށަށް ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުޙަމް މުހައްމަދު އިއުތިރާފު ވެެފައިވާއިރު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އެގޮތުން 20 ޑިސެންބަރު 2019 އިން ފެށިގެން 04 ޖެނުއަރީ 2019 ގެ ނިޔަލަށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ބުނީ، މި މައްސަލައިގައި ބަންދާއިމެދު ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލީހުގައި އޭނާ ޤާސިމް މެރުމުގެ ކުށަށް އިއުތިރާފުވެ ބަޔާނުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގެ ބާވަތުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި އަމާންކަމަށް ބުރޫއަރާފާނެ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ އިނގިލީގެ ނިޝާނާއި، ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރުން ފެނުނު އިނގިލީގެ ނިޝާނާ ދިމާވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭގެ އިތުރުން، އޭނާ ކުށަށް އިއުތިރާފް ވެފައިވާކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އޭނާ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. ގާސިމް ހަސަން މެރުމަށް ބޭނުންކުރި ހަތިޔާރު ފެނިފައިވަނީ އޭނާގެ ހަށިގަނޑު ފެނުނު ސަރަޙައްދާއި 300 މީޓަރު ދުރުން ކަމަށާއި، އެ ސަރަޙައްދުން ފުލުހުންނަށް މި މައްސަލައިގެ ތަޙުޤީޤާއި ގުޅުންހުރި މުހިއްމު ހެކިތަކެއް ލިބިފައިވާ ކަމަށް ހަމީދު ކުރެއްވި ޓްވީތެއްގައި ވިދާޅުވެފައިވެއެވެ. އެގޮތުން މައްސަލައާއި ގުޅުންހުރި ފިންގަރ ޕްރިންޓާއި ޑީއެންއޭ ފެނިފައިވާކަމަށް ހަމީދު ވިދާޅުވެފައިވެއެވެ.

އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި އޮއްވާ ފެނިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. ގާސިމް މަރުވެފައިވަނީ، ގާތިލް އޭނާގެ ކަރަށް ވަޅި ހެރުމާ ގުޅިގެންނެވެ.

ސީންގައި ހަރަކާތްތެރިވި ބައެއް ފުލުހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގާސިމްއަށް ހަމަލާދީފައިވަނީ ކާރުގެ ތެރޭގައި ހުއްޓާ ކަމަށް ބެލެވޭ ކަމަށެވެ. ކާރުގެ ތެރެއިންވެސް ފުލުހުންނަށް ލޭ ފެނިފައިވެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ޔާމިންގެ ދެ ޤާތިލުންނަކީ ކޮންބައެއްކަން ދެނެގަނެވިއްޖެ: ފުލުހުން

25 އެޕްރީލު 2017
ޔާމިންގެ ދެ ޤާތިލުންނަކީ ކޮންބައެއްކަން ދެނެގަނެވިއްޖެ: ފުލުހުން
20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
19 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު

19 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
13 އެޕްރީލު 2017

ޤާސިމްގެ ޝަރީއަތް ސިއްރުކޮށްފި

13 އެޕްރީލު 2017
ޤާސިމްގެ ޝަރީއަތް ސިއްރުކޮށްފި
13 އެޕްރީލު 2017

ޤާސިމްގެ ދެ ވަކީލަކަށް މިއަދު ކޯޓަށް ނުވަދެވޭނެ ކަމަށް އަންގައިފި

13 އެޕްރީލު 2017
ޤާސިމްގެ ދެ ވަކީލަކަށް މިއަދު ކޯޓަށް ނުވަދެވޭނެ ކަމަށް އަންގައިފި
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
09 އެޕްރީލު 2017

ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

09 އެޕްރީލު 2017
ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި
01 އެޕްރީލު 2017

ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް

01 އެޕްރީލު 2017
ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް
30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް