Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދީނަށް ފުރައްސާރަ ކުރިކަން އެމްޑީއެންއަށް ނޭގެންޏާ ބަޔަކު ކުރާނެ ކަމެއް ނެތް!!

ރިޕޯޓުގައި ދީނަށް ފުށުއަރާ ކަންތައްތަކެއް ހުރި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2019 | ހުކުރު 14:06
އެމްޑީއެންއިން ދީނަށް ފުރުއްސާރަކޮށް ނެރުނު ރިޕޯޓް

އެމްޑީއެންއިން ދީނަށް ފުރުއްސާރަކޮށް ނެރުނު ރިޕޯޓް

އިންސާނީ ހައްގުތަކާއި ރާއްޖޭގައި ޑިމޮކްރެސީ ކުރިއެރުވުމުގެ ނަމުގައި އުފެއްދި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ވަނީ ފާއިތުވި އަހަރު ތަކުގައި އެކި ކަންތައްތަކުގައި އަޑު އުފުލާފައެވެ. ކުރީގެ ޖަލު އޮޑިޓް ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ޝަހިންދާ އިސްމާއިލް އިސްވެ އުފައްދާފައިވާ މި ޖަމްއިއްޔާއިން ވަނީ މުޖުތަމައުގެ އެކި ކަހަލަ ކަންތައްތަކުގައި، ކެއަރ ސޮސައިޓީއާ، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އެހެނިހެން ޖަމްއިއްޔާ ޖަމާއަތްތަކާއި އެކު މަސައްކަތް ކޮށްފައެވެ.

ކޮންމެވެސް ވަރަކަށް ނޫސްތަކުގެ ސުރުހީންވެސް މި ޖަމިއްޔާގެ ވާހަކަތައް ފެނެއެވެ. މަދުން ނަމަވެސް އެ މީހުން ޑިމޮކްރެސީއަށް ކުރާ މަސައްކަތުގެ ވާހަކަތައް ނޫސްތަކުގައި ޝާއިއުކޮށް އުޅެއެވެ. ނަމަވެސް މި ބުނާ އެމްޑީއެންގެ ވާހަކަތައް މިފަހަކަށް އައިސް މާ ބޮޑަށް ތިލަވެގެން ދިޔައީ މި ޖަމްއިއްޔާއިން ދީނަށް ފުރުއްސާރާކޮށް، ދީނުގެ އުސޫލުތަކަށް ހަޖޫޖަހައި ކީރިތި ރަސޫލާ އަށް ކުޑައިމީސްކޮށް ލިޔުނު ރިޕޯޓަކާއި ގުޅިގެންނެވެ.

ރާއްޖޭގައި ދީނީ ހައްދުފަހަނައަޅާފައި އޮތް މިންވަރު ބެލުމަށް ހެެދި ދިރާސާ ރިޕޯޓް ''ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް'' އަކީ އަހަރުތަކެއް ކުރިން ތައްޔާރު ކުރި ރިޕޯޓެކެެވެ. އެ ރިޕޯޓު ގިނަ ބަޔަކު ނުކިޔާތީ ނުވަތަ ރައްޔިތުން އޭރު އެހާ އިސްކަންދިން ރިޕޯޓަކަށް ނުވާތީވެ، އެ ރިޕޯޓުގެ ވާހަކަ މާ ގިނަ ބަޔަކު ދައްކާއެއް ނޫޅޭއެެވެ. ރިޕޯޓުގައި ހުރިކަންތައް ފެންމަތިވީ މި އަހަރުގެ ތެރޭގައި އޭގައި ލިޔެފައި ހުރި ބައެއް ވާހަކަތަކުގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ލީކުވުމާއި ގުޅިގެންނެވެ.

މި ރިޕޯޓުގައި ލިޔެފައިވާ އެއްޗެއްސަށް ބަލާއިރު މީގައި އިސްލާމްދީނަށް ފުރުއްސާރަ ނުކުރަމޭ ކިތަންމެ ވަރަކަށް ބުންޏަސް އެއާ އެއްބަސްވާނެ ދިވެއްސަކު ނެތެވެ. އެ ކިޔައިފި ކޮންމެ މީހަކަށްވެސް އެ ރިޕޯޓުގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރުއްސާރަކޮށް ލިޔެފައި ހުރި ވާހަކަތައް ވަރަށްވެސް ސާފެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން އުޅޭ ގައުމަށްވީ ހިނދު އިސްލާމްދީނުގެ މަތިވެރި އަގީދާއަށާއި އެ ދީނުގެ އިޙްތިސާސްތަކަށް ހަޖޫޖަހާ ބަޔަކު އެއްޗެއް ނެރުމަކީ، ރައްޔިތުންގެ ލޭ ކެކޭނެ ކަމެކެވެ. އެހެން ނުވަންވީ ސަބަބެއްވެސް ނެތެވެ.

ރިޕޯޓު އާންމުވުމާއިއެކު މި ބުނާ ދީނަށް ފުރުއްސާރަކޮށް ރިޕޯޓު ނެރުނު މީހުން އޭގެ ދިފާއުގައި ނިކުތެވެ. އަދި ރައްޔިތުންގެ ތެރޭގައި އެމީހުންނަށް ރުޅިވެރިކަން އިތުރުވު، ނަފްރަތުކުރާން ފެށުމުން، އެމްޑީއެނުން ބުނީ އެއީ އެމީހުންނަށް ''އޮޅިގެން'' ކުރެވުނު ކަމެއް ކަމަށެވެ. އަދި ތަކުރާރު ނުވާނެ ކަމަށްވެސް ބުނެ ބަޔާނެއް ނެރުނެެވެ. އޭގެ އިތުރުން ދީނުގެ އަސްލުތަކާއި ހިލާފަށް ހުރި ވާހަކަތައް، އިލްމުވެރިއެއްގެ އެހީގައި އޭގައި ހުރި ކަންކަން ރަނގަޅުކުރާނެ ކަމަށެވެ. އެކަމަކު އެ ރާގު ބަދަލުވާން ސިކުންތެއްވެސް ނުނަގައެވެ.

ޓްވީޓަކަށް ފަހު ޓްވީޓް ކުރަމުން މި ޖަމްއިއްޔާއިން ބުނަން ފެށީ ރިޕޯޓުގައި ގޯސް މައުލޫމާތެއް ނޯއްނާނެ ކަމަށެވެ. އެ ހިސާބުން އެ ޖަމްއިއްޔާ އަށް ގޯސްވީ ދިވެހިންނެވެ. މި މީހުންނަށް ގޯސްވީ ސަރުކާރެވެ. ގޯސްވީ ދީނީ އިލްމުވެރިންނެވެ. ހުރިހާ ގޯހަކަށްވީ އިސްލާމިކް މިނިސްޓްރީ އެވެ. އަމިއްލަ ފަސްބައިގައި ހޭކިފައިހުރި، އެއްވެސް ހަޑިއެއް މިވެރިންނަށް ފެންނަ ކަމަކަށް ނުވިއެވެ.

އެމްޑީއެނުން ހީކޮށްގެން ތިވީ އެ މީހުންނަށް އެ މީހުންގެ ގޮތް ދޫނުކޮށް އެ ގޮތުގައި އަބަދުގެ އަަބަދަށް ތިބެވޭނެ ކަމަށެވެ. އެކަމަކު ޖަމްއިއްޔާގެ އަތްދަށު ސަރުކާރު ނުވާނެކަން އެނގިގެންދިޔައީ ޔޫތް މިނިސްޓްރީން މި ޖަމްއިއްޔާ އުވާލީމާއެވެ. އުވާލުމުން އަނެއްކާ މިހާރު މި ކިޔަނީ ދީނަށް ފުރުއްސާރާ ނުކުރާ ކަމަށެވެ.

އެމްޑީއެންގެ މެމްބަރުންނެވެ. މައްސަލަ އަކަށް ވެގެން މިއުޅެނީ ރިޕޯޓް ލިޔުމެއް ނޫނެވެ. މައްސަލަ އަކީ ދީނަށް ފުރުއްސާރަކޮށް ދީނުގެ ކަންތައްތަކަށް ހަޖޫ ޖެހުމެވެ. ގާނޫނީ އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވެއެވެ. އެ މާއްދާގައި ބުނާ ގޮތުން، މިނިވަންކަން ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި، ހިޔާލުތައް ދުލާއި ގަލުމުން މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަ ލިބިގެންވެއެވެ.

އެމްޑީއެނުން އެ ޖަމްއިއްޔާ އުވާލައިގެން ކަންބޮޑުވުމުގެ ކުރިން އެ މާއްދާއަށް ރިޔާއަތް ކުރެއްވުމުން ތިބުނާ ޖަވާބު ސާފުކޮށް ލިބިވަޑައިގަންނަވާނެ އެވެ. އެެމްޑީއެންއަަކަށް ވިޔަސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުތިބެވޭނެއެވެ. ރިޕޯޓުގައި ކިތަންމެ ވަރަކަށް އިސްލާމްދީނާ ދެކޮޅު ވާހަކައެއް ނެތޭ ބުންޏަސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއިން އެއޮތީ އެކަން ކޮށްފައެެވެ. އެއީ އޮޅުމެއްގެ ތެރެއިން ކުރެވުނު ކަމެއް ނޫނެވެ. ކުރެވުނު ކަމެއް ސާފު ނުވަންޏާ އޭގައި ބަޔަކު ކުރާނެ ކަމެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައާއި ފުރައްސާރައިން ސަލާމަތްވުމަށް ކިތަންމެ ނާމާން ދަތުރެއްވެސް ކޮށްފާނެ: ރުމާނާ

ހަނގުރާމައާއި ފުރައްސާރައިން ސަލާމަތްވުމަށް ކިތަންމެ ނާމާން ދަތުރެއްވެސް ކޮށްފާނެ: ރުމާނާ

17 ޖޫން 2023
މިއަހަރުގެ ވޯލްޑްކަޕުން އިސްލާމް ދީނަށް ދައުވަތު!

މިއަހަރުގެ ވޯލްޑްކަޕުން އިސްލާމް ދީނަށް ދައުވަތު!

30 ނޮވެމްބަރު 2022
ޖަމާލުއްދީނަށްވަދެ މާރާމާރީ ހިންގުން: ނުރައްކާތެރި ރަނގަބީލެއް!!

ޖަމާލުއްދީނަށްވަދެ މާރާމާރީ ހިންގުން: ނުރައްކާތެރި ރަނގަބީލެއް!!

25 މެއި 2022
އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ހުއްޓުވަންޖެހޭ!

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ހުއްޓުވަންޖެހޭ!

27 ޑިސެމްބަރު 2021
ދީނަށް ފުރައްސާރަ ކުރާ މީހުންނާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއް ހަމަ ނެތީ؟

ދީނަށް ފުރައްސާރަ ކުރާ މީހުންނާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއް ހަމަ ނެތީ؟

22 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު