Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދީނަށް ފުރައްސާރަ ކުރާ މީހުން

ދީނަށް ފުރައްސާރަ ކުރާ މީހުންނާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއް ހަމަ ނެތީ؟

އެކި ޕްލެޓްފޯމްތަކުގައި ވެސް ދީނަށް ފުރައްސާރަކޮށް، ތަފާތު އެކި ކަންތައްތައް ކުރަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2021 | ބުދަ 11:21
މާލޭގެ މިސްކިތްތައް ބަންދުކުރެވިފައި

މާލޭގެ މިސްކިތްތައް ބަންދުކުރެވިފައި

މިފަހަކަށް އައިސް ދީނަށް ފުރައްސާރަ ކުރާ މީހުންގެ ނިސްބަތް މިއަންނަނީ އިތުރުވަމުންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވެސް ދީނަށް ފުރައްސާރަކޮށް، ތަފާތު އެކި ކަންތައްތައް ކުރަނީއެވެ. އިންޓަރނެޓްގެ ޒަރީއާއިން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ގެންގުޅޭ އެކި މީޑިއަމްތައް ބްލޮކް ކުރުމުގެ މަސައްކަތް އަދިވެސް ނުފެށޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންޓަރނެޓްގެ ޒަރީއާއިން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ގެންގުޅޭ އެކި މީޑިއަމްތައް ބްލޮކް ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވަނީ، މި މީޑިއަމްތައް ބޭނުންކޮށްގެން އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުން ވަނީ މިފަދަ ޕޭޖްތަކާއި، އެޕްލިކޭޝަންތައް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށްގެން ހިންގާ މިފަދަ އަމަލުތައް ތަހުގީގުކޮށްފައެވެ. އަދި އެ ކަން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މިފަދަ އެކި މީޑިއަމްތައް ބްލޮކްކުރުމުގެ އަމުރެއް ނެރެފައެވެ.

އިންޓަރނެޓްގެ ޒަރީއާއިން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ގެންގުޅޭ އެކި މީޑިއަމްތައް ބްލޮކްކުރުމަށް، މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. މި އަމުުރު ނެރުނުތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް މިފަދަ މީޑިއަމްތައް ބްލޮކް ކުރުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.

އެންމެ މަތީދަރަޖައިގައި ހިމާޔަތް ކުރެވިފައިވާ، އަދި ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑަށް އެތަނަކާ ދޭތެރޭ ފަރުވާތެރިކަން ބެހެއްޓޭ މާލޭގެ ހުކުރު މިސްކިތުގެ ތެރެއަށް ކުޑަގިފިލިކޮށް އެއީ ހަނޑަސްބުރިޔަކަށް ވެސް ހަދައިފިއެވެ. އެކަން ކޮށްފައިވަނީ ނަފްސާނީ ކޮންމެވެސް ބައްޔެއްގެ އަސަރު ހުރި މީހެކޭ ވެސް ކިޔާއުޅެއެވެ.

މިފަދައިން ހައްޔަރު ކުރެވޭ މީހުން ދޫކޮށްލައެވެ. އަނެއް މިސްކިތެއް ނަޖިސްކުރާން ފުރުސަތުދެވޭ ބީދަޔަކުން މިނިވަންކޮށް ދޫކޮށްލެވެނީއެވެ. ސިކުނޑީގެ އުނިކަމަކަށް ނުވަތަ ފަރުދީ ނުކުޅެދުންތެރި ކަމަކަށް ރިއާޔަތްކުރެވިގެން މުޖުތަމައަށް ދޫކޮށްލެވެނީއެވެ. މީހާގެ ނުކުޅެދުންތެރިކަމުން ކުރެވޭހާވެސް ކަމަކީ މިސްކިތްތައް ނަޖިސްކުރުމެވެ. އެންމެފަހުން މިސްކިތަކަށް އަރައި ޚަތިމައަށް ކުޅުވެސް ޖަހައިފިއެވެ. މިހިސާބަށް ކަންތައް ދިޔައީމާ މުއައްސަސާތަކުން ވިސްނާން އެބަޖެހެއެވެ. ފިކުރުކުރާން އެބަޖެހެއެވެ. ސިކުނޑި އުނި މީހުން މީގެ ކުރިން ވެސް ދިވެހިންގެ ތެރެއިން ފެނެއެވެ. އުޅެއެވެ. އެކަމަކު މިސްކިތްތަކާއި ޚަތިމްތައް ހުންނަނީ ސަލާމަތުންނެވެ.

މާލެއާއި އަތޮޅުތެރޭގައި ލާޗާރުބިޗާރަށް އުޅޭ ޒުވާނުން އެއްވެ މަޝްވަރާކޮށް ނިދައި ހަދާ ޖަގަހަތަކެއް ކަމުގައި ވެސް ބައެއް މިސްކިތްތައް މިހާރު ވަނީ ހަދައިފައެވެ. މުދިންމީހާ ބަންގިދޭން ދާއިރުވެސް މިސްކިތުގައި މިފަދަ ޒުވާނުން ގަދަ ނިދީގައި ތިބެއެވެ. ސަފުތައް ހަދައިގެން މީސްތަކުން ނަމާދުކުރާއިރު ވެސް ހޭލުމެއް ތަންދެއްކުމެއް ނޯވެއެވެ. އެއްޗެކޭ ބުނާ މީހާގެ ގަޔަށް ބޮލަށް އަރައިގަތުން އަވަހެވެ.

މިސްކިތަށް ކުޑަކަމުދާ މީހުންނާއި ޚަތިމަށް ކުޅުޖަހާ މީހުންނާއި ފަންކާތަކުގައި އަންނައުނު ހިއްކަން އަޅާ ކޮންމެ މީހަކީ ނަފްސާނީ ބައްޔެއް ހުންނަ މީހަކަށް ވެގެން ދޫކޮށްލެވޭ ހިސާބަށް މުއައްސަސާތައް މިނިވަންވެ ފިކުރުތައް ވެސް މިނިވަންވެގެން މިކަމެއް ނުވާނެއެވެ. ސިކުނޑީގެ އުނިކަމެއްގެ ސަބަބުން ކަތިވަޅި ހިފައިގެން މަގުމައްޗަށް ނުކުމެ ފެންނަހާ ބަޔަކަށް ހަމަލާ ދޭ މީހާ މުޖުތަމައަށް ދޫކޮށްލާފައި ބެހެއްޓިދާނެބާވައެވެ. ނުބެހެއްޓޭނެއެވެ. ބަހައްޓައިގެން ފަރަކުނުޖެއްސޭނެއެވެ. ހަމައެގޮތަށް މިސްކިތެއް ފެންނައިރަށް ކުޑަކަމުދާން ޖެހޭ މީހުންނާއި ޚަތިމެއް ފެންނައިރަށް ދެމިޔަކަނުން ސޮނި ފައިބާ މީހުން ދާއިމީ އެކަހެރިކުރުމަކުން އެކަހެރިކުރާން ޖެހެއެވެ. ގާނޫނުތަކެއް ހަދައިގެންވިޔަސް އެނޫން އެއްޗެއް ހަދައިގެންވިޔަސް އެއީ ކުރަން ޖެހިފައިވާ ކަމެކެވެ.

އިސްލާމް ދީން

ކޮމެންޓް

އިތުރަށް ކިޔާލަން

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

05 އޮކްޓޯބަރު 2024
އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

22 ޖޫން 2024
ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު

ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު

05 އެޕްރީލު 2023
ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުން ބޭރުވާ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅިފައި އޮންނަން ޖެހޭ: ގާސިމް

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުން ބޭރުވާ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅިފައި އޮންނަން ޖެހޭ: ގާސިމް

26 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު