Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖިންސީ ފުރައްސާރަ

ޖިންސީ ފުރައްސާރަ ކުރިމަތިވަމުންދާ މަޔެއްގެ ދުލުން!

ވަޒީފާ އަދާކުރާތަނުން ދީފައިވާ ޔުނީފޯރމް ކުދިންގެ ކުރިމަތީގައި ވީދާލި

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2021 | ބުރާސްފަތި 18:01
ޖިންސީ ފުރައްސާރައާ ކުރިމަތިލަމުންދާތާ 16 އަހަރު ވަނީ ވެފައި

ޖިންސީ ފުރައްސާރައާ ކުރިމަތިލަމުންދާތާ 16 އަހަރު ވަނީ ވެފައި

ޖިންސީ ފުރައްސާރަ ކުރުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެ ސަލާމަތްވާނެ ގޮތެއް ނުފެނިފައިވާ ދެ ކުދިންގެ މަންމައެއްގެ ތަޖުރިބާތައް ރާއްޖެއެމްވީއާ ވަނީ ހިއްސާކޮށްފައެވެ. ލިއުޝާ (އަސްލުނަމެއް ނޫން) ބުނި ގޮތުގައި ފުރަތަމަ ކައިވެނި ކުރިމީހާގެ ފަރާތުން ލިބެމުންދާ ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައިގައި ދުވަސްތައް ގުނަމުން ދާތާ 16 އަހަރުވެފައި ވާކަމަށެވެ.

ދެ ކުދިން ލިބުނު އިރުވެސް ފިރިމީހާ އަކީ ހަރުދަނާ މީހެއް ނޫންކަމަށް ލިއުޝާ ބުންޔެވެ. އަދި މާލީ ގޮތުން ދަތިވާތީ ލިއުޝާ ވަޒީފާއަކަށް ދާން ފެށި ހިސާބުން ފިރިމީހާގެ ކަންތައް ހައްދުފަހަނައަޅައިގެން ދިޔަކަމަށެވެ. ފުރަތަމަ ދުވަސް ކަމުން އެދުވަހު މަސައްކަތަށް ނިކުތް ފަހުން ފިރިމީހާގެ ފޯންކޯލްތައް އައީ މެދުނުކެނޑި އަންނަމުންނެވެ. ވަޒީފާ އަދާކުރާތަނުގެ ސަބަބުން ފޯނުކުރާ ކޮންމެ ފަހަރަކު ފޯނު ނުނެގޭނެކަން އޭނަޔަށް އެގޭނެއެވެ.

ފޯނަށް އައީ އަވަގުރާނަ ކިޔާފައި ހުރި މެސެޖްތަކެވެ. ފޯނުނަގާ ކޮންމެ ފަހަރަކު ތަނުގައި އުޅޭ މީހުންނާއި އަޅުވާކިޔާ ހެދިއެވެ. އޮފީސް ނިންމާލުމަށްފަހު ގެޔަށް ދިއުމުން ކުދިން ކުރިމަތީ ހަޅޭއްލަވާ އަނިޔާކުރުމަށްފަހު ވަޒީފާ އަދާކުރާތަނުން ދީފައިވާ ޔުނީފޯރމް ވީދާލިއެވެ. ފުރަތަމަ ވަޒީފާޔަށް ނިކުތް ދުވަހަކީ ހިތުން ނުފިލާނެ ދުވަހެއްކަން ފާހަގަކުރަމުން ލިއުޝާ ކިޔާދިނެވެ.

އޭގެ ފަހުން އޭނާގެ އަނިޔާ ވެރިކަން އައީ ބޮޑުވަމުންނެވެ. ފިރިމީހާގެ މަންމައާއި ބައްޕަގެ ކުރިމަތީ އޮރިޔާންކުރިއެވެ. ދަރިން ކުރިމަތީ އެތަކެއް އަނިޔާ ކުރިއެވެ. ކެތްނުކުރެވުމުން ވަރިވީއެވެ. އަދި އޭގެފަހުން އިން މީހާގެ ކާރަށް 5 ފަހަރެއްގެ މަތިން ވަނީ އެކިވަރުގެ ގެއްލުންދީފައެވެ. އަދި އިނދެގެން އުޅުނުއިރު އެކިދުވަސް މަތިން ފާޚާނާގެ ކުޑަދޮރުން ފޯނު ދިއްކޮށް ނަގާފައިވާ ވީޑިއޯތައް ލިއުޝާގެ ފޯނަށް ފޮނުވާ ލީކް ކޮށްލާނެ ކަމުގެ އިންޒާރުތައް އައީ ދެމުން ކަމަށް ލިއުޝާ ކިޔާދިނެވެ.

ހުކުރުދުވަހެކެވެ. 9 އަހަރުގެ ފިރިހެންދަރިފުޅު ގޮވައިގެން މިހާރު އިދެގެން އުޅޭމީހާގެ ކާރަށް އެރުމާއެކީ ފަހަތު ދޮރު ހުޅުވުމަށްފަހު ކުރީގެ ފިރިމީހާ ކާރަށް ވަނެވެ. އަދި މިހާރުގެ ފިރިމީހާގެ މޫނުމަތީގައި ޖެހުމަށް ފަހު ފޯނާއި އަތްދަބަސް ފޭރިގަތެވެ. މިފަދަ ކޮންމެ ކަމެއް ހިނގުމުން ޕޮލިހަށް މައްސަލަ ހުށައަޅާ ކަމަށް ލިއުޝާ ބުންޏެވެ. ނަމަވެސް މިވީހާތަނަށް ހައްލެއް ލިބިފައެއް ނުވެއެވެ.

ކުދިން ބަލާ ސްކޫލް ދޮށަށް ދިއުމުން އެތަނަށް ގޮސް އެންމެން ކުރިމަތީގައި އަނިޔާކޮށް ދަރިން ގަދަކަމުން ގެންދަން އުޅެފައި އެބަހުއްޓެވެ. އަދި ޕޮލިހުން އައިސް އޭނާ ގެންދެއެވެ. ފުލުހުންނަށް ގުޅާ މައުލޫމާތު ހޯދުމުން ނަސޭހަތް ދީފައި ފޮނުވާލާފައިވާކަމަށް ބުނެއެވެ. މިހާތަނަށް އައިއިރު އޭނަ އެ އުޅެނީ މިނިވަންކަންމަތީ ގައެވެ. ލިއުޝާ އާއި ދަރިން ތިބެނީ ބިރުވެރިކަމެއް ގައެވެ.

މަގުމަތިން ދިމާވާ ކޮންމެފަހަރަކު ގަޔަށް އަތްނުލާ ފަހަރެއް ނުދެއެވެ. އެންމެފަހުން ހުކުރުދުވަހު އޮފީސް ބޭރުގައި ހުއްޓާ އައިސް ލިއުޝާގެ މޭމަތީގައި ހިފައި އަދި ކުރިމަތީފަރާތުގައި އަތުން ޖަހާފައި ދިއައީއެވެ. ޕޮލިހަށް މައްސަލަ ހުށައެޅުމުން ޕޮލިހުން ބުނީ ހޮސްޕިޓަލަށް ނުދިޔައީ ކީއްވެގެން ހެއްޔެވެ. މިފަދަ އަމަލުތައް ހިންގަމުން ދާއިރުވެސް ޕޮލިހުން މިތިބެނީ ކީއްވެފައިބާއޭ ހިތަށްއަރައެވެ. ލިއުޝާ ކިޔައިދިނެވެ. 

ދަރިންނާ ވާހަކަ ދައްކަން ފޯނު ދިނުމުން އެކުދިން ގާތުގައިވެސް ހަޑިހުތުރުބަހުން ވާހަކަދައްކާ ދައްކައެވެ. މިހާރު އެކުދިން ބުނަނީ އެއީ ބައްޕަ ނޫން ކަމަށެވެ. ބައްޕައެއް އެހާ ހަޑިމުޑުދާރު ވާހަކަ ނުދައްކާނެ ކަމަށެވެ. މިބާވަތުގެ ކަންކަމާހެދި ދަރިންނާއި ލިއުޝާ މިހާރު ތިބެނީ ނަފްސާނީ ވެފައެވެ. މިކަމަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އިންސާފު ލިބޭނީ ކޮން ދޮރެއްގައި ޓަކިދީގެން ކަމެއް ނޭގެއެވެ. މިފަދަ އަމަލުތައް ހިންގަމުންދާއިރު ކަމާގުޅޭ ވުޒާރާތައް މިވަނީ ނިދާފައެވެ. މިފަދަ ކަން ކަމުގައި އާއްމު ފަރުދުން ސަލާންޖެހުމަކީ މުއައްސަސާތައް ފެއިލްވެފައި ވާކަމުގެ ހެއްކެވެ.

މިފަދަ ސީރިއަސް އަދި މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ މައްސަލަތައް ހަލުވި މިނެއްގައި ތަހުގީގުކޮށް، ލިއުޝާ ފަދަ އެތަން އަންހެނުންނަކަށް އިންސާފު ހޯދައި ދިނުމަކީ އެ ވުޒާރާތަކުގެ މައްޗަށް އޮތް ވާޖިބެކެވެ. މިއަދު ލިއުޝާއާ އޭނާގެ ދަރީންނަށް މިފަދަ ކަމެއް ކުރިމަތިވެފައިވާއިރު މާދަމާ ތިބާގެ އާއިލާ މީހަކަށް މިފަދަ ކަމެއް ކުރިމަތިވުމުން، މަންޒަރު ބަލަން ދެ އަތް އުރާލައިގެން ހަމަތިބޭނީތޯއެވެ؟

ޖިންސީ ގޯނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2024
ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

22 ޖުލައި 2024
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

16 މެއި 2024
11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި

12 ޑިސެމްބަރު 2022
ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް

ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް

07 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު