Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޝެންގެން ވިސާ

މާލެއިން ޝެންގެން ވިސާ: ކުޑަ ކަމެއް ނޫން

16 ޑިސެމްބަރު 2019 | ހޯމަ 19:02

ވިސާއާ އެކު ލުއިފަސޭހަތަކެއް ލިބިގެންދާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 16 ޑިސެމްބަރު 2019 | ހޯމަ 19:02
ހޯމަ ދުވަހު ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހޯމަ ދުވަހު ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހޯމަ ދުވަހުގެ ހަބަރުތަކުން އެންމެ ފާހަގަކުރެވުނު އެއް ހަބަރަކަށް ވެގެން ދިޔައީ މާލޭގައި ތިބެގެން ޖަރުމަނަށް ދަތުރުކުރުމަށް ޝެންގެން ވިސާ ލިބޭ ގޮތް ހަމަޖެހިގެން ދިޔަ ވާހަކަ އެވެ. ދިވެހިންނަށް ޔޫރަޕުގެ ދޮރު ހުޅުވާލަދިން ވާހަކަ އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ.

އާ ސަރުކާރު އައުމަށްފަހު ޚާރިޖީ ވަޒީރުކަމާއި ޙަވާލުވެވަޑައިގެންނެވި ޢަބްދުﷲ ޝާހިދުގެ ބައްދަލުވުންތަކަށްފަހު ޚާރިޖިއްޔާއިން އެންމެ ގިނައިން ބުނާ އަޑު އިވޭ އެއް ވާހަކަޔަކީ ދިވެހިންނަށް އެ ޤައުމުތަކަށް ދަތުރުކުރުމުގައި ވިސާގެ ލުއިފަސޭހަތައް ހޯދުމާއި ބެހޭ ގޮތުން އެ ޤައުމުތަކާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވި ވާހަކަ އެވެ. ބައެއް ފަހަރު މިވާހަކަތައް ތަކުރާރުވެ އެވެ. ޝެންގެން ވިސާ އަކީ އޭގެ އެއް މިސާލެވެ. މިސަރުކާރު ވެރިކަމަށް އައީއްސުރެ ދައްކަމުން ދިޔަ އެއް ވާހަކަޔަކީ ދިވެހިންނަށް ފަސޭހައިން ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ވާހަކަ އެވެ.

ޝެންގެން ވިސާއަކީ ޔޫރަޕުގެ ޝެންގެން ޞަރަޙައްދަށް ވަނުމަށް ނަގަން ޖެހޭ ވިސާ އެވެ. ވިލާތުގެ 26 ޤައުމަކުން އެކުލަވާލާފައިވާ ސިޔާސަތެއްގެ ދަށުން ޝެންގެން ޞަރަޙައްދުގެ އެއް ޤައުމަކަށް ވަދެވިއްޖެނަމަ ޕާސްޕޯޓް ކޮންޓްރޯލެއް ނެތި އަނެއް 25 ޤައުމަށްވެސް ދަތުރުކުރެވޭނެ އެވެ. އެހެންކަމުން ޝެންގެން ވިސާ އަކީ ވަރަށް ބޮޑަށް ބެލުމަށްފަހު، ބެކްރައުންޑް ޗެކްތަކެއް ހެދުމަށްފަހު ޝެންގެން ޤައުމުތަކުން އެޤައުމުތަކަށް އެތެރެވުމަށް ދޫކުރާ ވިސާއެކެވެ.

މިވިސާ އެންމެ ފުރަތަމަ ނަގާއިރު އެމީހެއްގެ ފިންގަރޕްރިންޓް ފަދަ ބަޔޯމެޓްރިކް ޑޭޓާ އެއްކުރެވޭނެ އެވެ. އެހެންކަމުން ޝެންގެން ވިސާ ލިބޭނީ އެކަމަށް ޚާއްސަ ވިސާ ސެންޓަރުތަކުންނެވެ. އެންމެ ފުޅާދާއިރާއެއްގައި އެޚިދުމަތް ފޯރުކޮށްދެނީ އެކި ސަރުކާރުތަކާއި ގުޅިގެން ވިސާގެ ޚިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލް އިންނެވެ.

ޔޫރަޕުގެ ޤައުމުތަކަށް ބޭނުންވާ ޝެންގެން ވިސާ ހޯދުމަށް ދިވެހިން މިހާތަނަށް ދަތުރުކުރަން ޖެހުނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ނުވަތަ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށެވެ. ދަތުރުގެ ދެކޮޅު ޓިކެޓާއި، ވިސާ ޖެހުމަށް އެޕޮއިންޓްމަންޓް އޮންނަ ދުވަހު ކޮޅުނބުގައި ނުވަތަ ދިއްލީގައި ހުރުމާއި ކެއުމާއި، އެތަނަށް "ދެވުނީތީ ބާޒާރުކޮށްލުމަށާއި" މިހުރިހާ ކަމަކަށް ހާހަކާއި ގާތްކުރާ ޢަދަދަކަށް ޑޮލަރު ހޭދަ ވެއެވެ. މިއީ އަދި ޔޫރަޕަށް ދަތުރު ނުފަށަނީސް އަތުންދާ ޚަރަދެކެވެ.

އެހެން ނަމަވެސް މާލޭގައި ޖަރުމަންވިލާތުގެ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް އަންނަ މާރޗް މަހު ހުޅުވޭނެކަން ހޯމަދުވަހު އިޢުލާންކުރެވުމާއިއެކު، މިއީ މިހުރިހާ ތަކުލީފުތަކަކަށް އަންނާނެ ނިމުމެކެވެ. ޖަރުމަންވިލާތު މަގުން ޔޫރަޕުގެ އެހެން ޤައުމުތަކަށް ދަތުރުކުރުމަށްވެސް މިއޮތީ ފުރުޞަތު ހުޅުވާލެވިފަ އެވެ.

ހޯމަ ދުވަހު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ޖަރުމަން ވިލާތުގެ ސަފީރު ދެއްކެވި ވާހަކަތަކަށް ބަލާއިރު، މާގިނަ ދުވަހެއްނުވެ ޔޫރަޕުގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ބެލެވެ އެވެ. މިއީ މިހުރިހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ އެވެ.

ދެ ފަހަރަކަށް ޖަރުމަންވިލާތަށް ޝާހިދު ވަޑައިގަތުން އެކަމަށް ފާޑުކީ މީހުންނަށްވެސް މިއަދު އެދެވުނީ ފުރިހަމަ ޖަވާބެކެވެ. ބޮޑެތި ކަންކަން ނިންމޭނީ ގިނަ ދުވަހު މަޝްވަރާކޮށްގެންނެވެ.

ހޯމަ ދުވަހު އަދި އިތުރު އުފާވެރި ޚަބަރެއްވެސް ޝާހިދު ދެއްވި އެވެ. އެއީ ކުރިއަށް އޮތްތަނުގައި ވިސާ އާއި ނުލައި ދިވެހިންނަށް ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރެވޭތޯ މަޝްވަރާކުރައްވާ ވާހަކައެވެ. މިއީ ހަމަ ގައިމުވެސް ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. ވިޔަފާރިއާއި ޗުއްޓީ ހޭދަކޮށްލުމަށް ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށް މިކަންވާނެ އެވެ.

ޝެންގެން ވިސާ ސެންޓަރެއް ހުޅުވި، ރަޝިޔާ، ޔޫއޭއީ، ތައިލެންޑް އަދި މޮރޮކޯއަށް ވިސާއެއް ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ މަގުފަހުކޮށްދެވިފައިވާއިރު، މިކަމަކީވެސް ޝާހިދަށް ނުވާންވީ ކަމެއް ނޫނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
15 އެޕްރީލު 2017

ކުޑަ ހުސޭނަށް ދުވާ ހިތުން ނުވެސް ނިދޭ!

15 އެޕްރީލު 2017
ކުޑަ ހުސޭނަށް ދުވާ ހިތުން ނުވެސް ނިދޭ!
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް