Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީނަށް ތާއީދުކުރާ ބަޔަކު އިންތިހާބުކޮށްގެން ލާމަރުކަޒީ ނިޒާމްގެ ފައިދާއެއް ނުނިކުންނާނެ!

ޔާމީންގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2020 | ހޮނިހިރު 13:47
ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގިނައިން ޤާނޫނަކަށް އިސްލާހް ގެނެވުނީ ލާމަރުކަޒީ ޤާނޫނަށެވެ. ގެނެވުނީ އިސްލާހެކޭ ކިޔަން ހެޔޮނުވާވަރުގެ ބޮޑެތި ބަދަލުތަކެއް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ޤަނޫނަށް ގެނެސްފައިވެއެވެ. ކައުންސިލްތަކުގެ ބާރުތައް ކަނޑާލައި، ކައުންސިލްތަކުގެ މަސައްކަތްތައް އަތުލައި، މިނިސްޓްރީތަކަށް ބަދަލުކުރީ އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގަ އެވެ. ޤާނޫނަށް ގެނައި ބަދަލުތަކާއެކު ކައުންސިލްތަކަކީ ހަމައެކަނި ނަމެއްގައި އިންތިހާބުކުރާ ބަޔަކު ތިބޭތަނަކަށް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮތީ ބަދަލުކޮށްލާފަ އެވެ.

ބައެއް ކައުންސިލްތަކުގެ ހަމައެކަނި މަސައްކަތަކަށްވެފައިއޮންނަނީ ގަބުރުސްތާނުތަށް ބެލެހެއްޓުމެވެ. އިތުރު އެއްވެސް މަސްއޫލިއްޔަތެއް، މަސައްކަތެއްކުރުމުގެ ފުރުސަތުދީފައެއް ނުވެއެވެ. ވެރިކަމުގެ ތެރޭގައި މުޅިންވެސް ކުރެއްވިކަމަކީ ބާރުތަށް މުށުތެރެޔަށްލެއްވުމުގެ މަސައްކަތެވެ. މަރުކަޒީކޮށް، ކަތީބުން ތިބި ދުވަސްވަރަށް ޤައުމު ބަދަލުކުރުމުގެ މަސައްކަތެވެ.

އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމް އެއްކޮށް ގަނޑުބަނޑުކޮށްލާފައިވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން ފެއްޓެވި މަސައްކަތްތަކުގެ ނަތީޖާ މިއަދު ކިތަންމެހާވެސް ފޮނިކަން އެއީ ރައްޔިތުން މިއަދު ގަބޫލުކުރާނެ ހަޤީޤަތްތަކެވެ. ކައުންސިލްތަކަށް ދުވަހަކުވެސް ނުލިބޭ މިންވަރަށް ބާރުވެރިކަންދީ، ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރާއި، ވަސީލަތްތައް ވަނީ ކައުންސިލްތަކުގެ އަތްމައްޗަށް ދޫކޮށްލާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނައިރު، އެ އިންތިހާބުގެ ފޯރި ގަދަވެގެންދިޔައީވެސް ކައުންސިލްތަކަށް ދޫކޮށްލި ބާރުވެރިކަމާއެކުގަ އެވެ. ޤައުމުގައި ތިއްބެވި ކަމުއޮށިގެންވާ ފަރާތްތަކާއި، ތައުލީމީ ފަރާތްތަކުންވެސް ކައުންސިލްތަކަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަން ފެއްޓެވީވެސް އެ ހިސާބުންނޭ ބުނުމަކީ ދޮގަކަށްނުވާނެ އެވެ.

އަބްދުﷲ ޔާމީންގެ ޕީޕީއެމް/ޕީއެންސީންވެސް ކައުންސިލް އިންތިހާބުގެ ވާހަކަތައް ދައްކަން ވަނީ ފަށާފަ އެވެ. ތިމަންމެންނަށް ކައުންސިލްތަކުގެ މެޖޯރިޓީ ދިނުމަށް އާދޭހުގެ ބަސްތައް އޮއްސަމުންގެންދާއިރު، ކައުންސިލްތަކަށް އިންތިހާބުކޮށްފިނަމަ ނިޒާމް ހަރުދަނާކޮށް، ރައްޔިތުންނަށް ހިދުމަތްކޮށްދޭނެކަމަށްވެސް ކެނޑިނޭޅި އަންނަނީ ވައުދުވަމުންނެވެ. ނަމަވެސް ސުވާލަކީ އަބްދުﷲ ޔާމީންގެ ފިކުރުގެ ބަޔަކާއެކުގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރެވިދާނެތޯ އެވެ. ރައްޔިތުންނަށް ހިދުމަތްތަކެއްކޮށްދެވިދާނެތޯ އެވެ.

އެހެނީ އަބްދުﷲ ޔާމީނަކީ ލާމަރުކަޒީ ނިޒާމާ ގަޔާވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެ ޕާޓީއަކީވެސް ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ވިސްނުމުގެ ޕާޓީއެކެވެ. މަރުކަޒީ ވިސްނުމުގެ ޕާޓީއެވެ. ވެރިކަމުގައި ހުންނެވިއިރު އަބްދުﷲ ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތައް އެކަނިވެސް އެކަމަށް ބާރުދެއެވެ. އެފަދަ ބަޔަކު ކައުންސިލްތަކަށް އިންތިހާބުކޮށްފިނަމަ، ކައުންސިލްތަކުން ނެރެން ބޭނުންވާ ނަތީޖާތަކަށްވުރެ ބޮޑަށް، އެހެން ނުރަނގަޅު މަންޒަރެއް ފެނި، އަނެއްކާވެސް ނިޒާމަށް ރައްޔިތުންކުރަން ފެށި އިތުބާރު ގެއްލިގެންދިއުމުގެ ފުރުސަތު ބޮޑު އެވެ.

ނިޒާމް ކޮޅަށްޖަހައި، އެ ނިޒާމަކީ ރައްޔިތުންގެ ނިޒާމަކަށް ހެދުމަށް ކުރަން ފެށި މަސައްކަތް ފަނުފުލުން ދިއުމުގެ ފުރުސަތުތައްވެސް ބޮޑެވެ. މިއީ ކައުންސިލް އިންތިހާބުގައި ވޯޓު ފޮށި ކައިރިޔަށްދާއިރު، ރައްޔިތުންގެ ވިސްނުމުގައި ބަހައްޓަންޖެހޭ ކަންކަމެވެ. ނިޒާމާއި ބީރައްޓެހި ބަޔަކު އިންތިހާބުކުރާނީތޯ، ނުވަތަ ނިޒާމަށް ފަރިތަ، ރައްޓެހި ބަޔަކު އިންތިހާބުކޮށް، ދުނިޔޭގެ ތަހުޖީބުވެފައިވާ ޤައުމުތައް ހިންގާ ވައްޓަފާޅިއަށް ބަދަލުވާނީތޯ އެއީ ރައްޔިތުން ނިންމަންޖެހޭކަންކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު