Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލާމަރުކަޒީ ނިޒާމު

ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

16 ޖެނުއަރީ 2020 | ބުރާސްފަތި 03:35

ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރީ ލާމަރުކަޒީ ނިޒާމު ފޭރިގަންނަން ކަމަށް ޝިފާޒު ސިފަކުރެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖެނުއަރީ 2020 | ބުރާސްފަތި 03:35
އެމްޑީޕީ

އެމްޑީޕީ

މިހާރު ޢަމަލުކުރަމުންދާ އާ ޤާނޫނު އަސާސީ ތަޞްދީޤުވުމާއި ހަމައަށް ދިވެހިން ދަންނަނީ ކަތީބުންނާއި އަތޮޅުވެރިންނެވެ. އޭރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ ވަކި ބޭފުޅަކު ކޮންމެ ރަށެއްގައިވެސް ކަތީބު ކަމާއި ކުޑަ ކަތީބުކަން ކުރައްވަމުން ގެންދެވިއިރު، އަތޮޅުތައް ހިންގެވުމަށް ހުންނަވަނީވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ އަތޮޅު ވެރިއެކެވެ.

ނަމަވެސް އާ ޤާނޫނު އަސާސީ އާއެކު ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގަންޖެހުނެވެ. ކައުންސިލްތައް އިންތިޚާބުކުރަން މަޖުބޫރުވެގެންދިޔަ އެވެ. ދިވެހިންނަށް މުޅިން ބީރައްޓެހި މިނިޒާމު ގެނައުމަށްޓަކައި އެކަމަށްޓަކައި ބޭނުންވާ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ހަދަންޖެހިއްޖެ އެވެ. އެއާއެކު ފުރަތަމަ ފަހަރަށް ކައުންސިލްތައް އިންތިޚާބު ކުރެވިއްޖެއެވެ. ކަންދިމާކުރި ގޮތުން އޭރު ވެރިކަމުގައި އޮތީ ކަތީބުންނާއި އަތޮޅުވެރިން ލައިގެން ކަންކަން ހިންގުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އެވެ. މާލެއަށް ބާރުތައް ޖަމާކޮށް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް މައި ސަރުކާރުގައި ދެންނެވުމަށް މާލެއަށް އައުމަށް އުފެދިފައި އޮތް ޘަޤާފަތާއި އެންމެ ބޮޑަށް ދެކޮޅު ހަދާ އެމްޑީޕީ އެވެ. އެމްޑީޕީން އަބަދުވެސް ބުނަމުން އައި ވާހަކައަކީ މައި ސަރުކާރަށް ޖަމާވެފައި އޮތް ބާރުތައް ދޫކޮށްލާ ރަށްރަށާއި އަތޮޅުތައް މިނިވަންކަމާއެކު އެމީހުން އަމިއްލަ އަށް ހިންގުމުގެ މިނިވަންކަން ދޭންޖެހޭނެ ކަމަށެވެ.

2011 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަށްރަށުގައާއި އަތޮޅު ތަކުގައި ރައްޔިތުންގެ ކަންކަން ނިންމުމަށް ރައްޔިތުން ވޯޓުލައިގެން ކައުންސިލަރުން ހޮވިއެވެ. އެއާއެކު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެދިގެންދިޔަ އެވެ. ދިވެހިންނަށް ބީރައްޓެހި މިނިޒާމުގެ ތެރެއަށް މަޑުމަޑުން ދިވެހިން ވަންނަން ފެށިއެވެ. އެކަމަށް އެންމެ ބާރުލާ އަޑު އުފުލި އެމްޑީޕީ ވެރިކަމުގައި މިނިޒާމުގެ ބިންގާ އެޅިގެންދިޔަ ނަމަވެސް އެވެރިކަން ޖެހިގެން އައި އަހަރު ބަދަލުވެގެން ދިޔަ އެވެ. 2012 ވަނަ އަހަރު އޭރުގެ ރައީސްކަމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ހަލަބޮލި ދުވަސްތައް ގުނަން ފެށުނެވެ.

މި ހަލަބޮލި ކަމުގެ ތެރޭގައި އޭރު ކައުންސިލްތަކުގައި ތިބި ކައުންސިލަރުން ވެސް ދިޔައީ ބައިވެރިވަމުންނެވެ. ކުރެވެމުންދިޔަ މުޒާހަރާތަކުގައި ބައިވެރިވުމުގެ އިތުރުން އެކި ކައުންސިލްތަކުން ދިޔައީ ކަންކަމާމެދު ނުރުހުންފާޅުކޮށް ނޫސްބަޔާންތައްވެސް ނެރުމުންނެވެ. އެއާއެކު ކައުންސިލަރުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެލްޖީއޭ އިން ތަފާތު އެކިއެކި ނިންމުންތައް ކައުންސިލަރުންނާ ދެކޮޅަށް ނިންމަން ފެށިއެވެ. ބައެއް ކައުންސިލްތަކުގައި ތިބި ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރިއިރު މުސާރަ ނުލިބޭ ގޮތަށް އެތައް މަސްތަކެއް ހޭދަކުރި ކައުންސިލަރުންވެސް އެބަތިއްބެވެ. ބައެއް ކައުންސިލްތަކަށް ދީފައި އޮތް އެކައުންޓްތައް ފްރީޒްކޮށް މައި ސަރުކާރުން ގެންދިޔައީ ކައުންސިލްތައް ހިންގުމަށް ދަތިކުރަމުންނެވެ.

މިކަން އެންމެ ބޮޑަށް ފެނިގެންދިޔައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހިނގައިދިޔަ ކަންކަމަށް ބަލާލާއިރު އެމްޑީޕީން ސިފަކުރަނީ އެއީ ލާމަރުކަޒީ ނިޒާމު "ފޭރިގަންނަން" ކޮށްފައިވާ ކަންތައްތަކެއް ކަމަށެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ 4 ވަނަ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ތިލަދުންމަތީގައި ކުރިޔަށް ގެންދިޔަ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވަނީ ލާމަރުކަޒީ އުޞޫލު ރާއްޖޭގައި ބޭއްވުމަށް އެނިޒާމުގެ ތެރެއިން ކަންކަން ކުރުމަށާއި އެކަން ކުރުމަށް އެމްޑީޕީއަށާއި އެމްޑީޕީގެ ކައުންސިލަރުންނަށް ދިމާވި ގޮންޖެހުންތައް ކިޔައިދެއްވާފަ އެވެ. ޝިފާޒު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ ކުރީކޮޅު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން އެކަމާދެކޮޅަށް ހިނގައިދިޔަ ކަންތައްތަކުގައި ކައުންސިލަރުން ބައިވެރިވާން ފެށުމުން ފުރަތަމަ ކުރަންފެށި ކަމަކީ ކައުންސިލަރުން ސަސްޕެންޑް ކުރުން ކަމަށެވެ. ޒިންމާދާރު ވެރިޔާ ނުވަތަ އެންމެން ދަންނަ ނަމުންނަމަ ޒެޑްވީ އެއް ކޮންމެ ކައުންސިލަކަށް ލައިގެން ލާމަރުކަޒީ އުޞޫލުން ކަންކަން ކުރުމާއި ދެކޮޅަށް ކަންކަން ކުރަންފެށީ ކަމަށެވެ.

އެގޮތުން ވަކިން ޚާއްޞަކޮށް އެމްޑީޕީ ގެ މެޖޯރިޓީ އޮތް ކައުންސިލްތައް ހިންގުންވީ ދަތިއުނދަގޫކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިދާރީ ގޮތުން ކުރަންޖެހޭ އެތައް ކަމެއް ބޮއްސުންލައިގެން ދިޔަކަމަަށް ޝިފާޒު ވިދާޅުވިއެވެ. ހަލުވި ސްޕީޑްގައި ކަންކަން ކުރެވެން ނެތްކަން ފާހަގަކުރައްވާ ޝިފާޒް ނެންގެވީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައިވެސް ޒެޑްވީ އެއްގެ ފަރާތުން ފެނުނު ކަމެއްގެ ވާހަކަ އެވެ.

ޝިފާޒު ވިދާޅުވީ ޒިންމާދާރު ވެރިޔާ އާމެދު އެޅޭނެ ފިޔަވަޅެއް ކުރެވޭނެ ކަމެއް އޭރަކު ނެތްކަމަށެވެ. އެހެންނަމަވެސް ދާދިފަހުން ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު އެކަމަށް ޙައްލު ހޯދިފައިވާކަމަށް ޝިފާޒު ވިދާޅުވި އެވެ. އެއީ އިންތިޚާބުވާ ކައުންސިލަރުންގެ ރުހުމާއެކީގައި ނޫނީ ދެން ޒިންމާދާރު ވެރިޔާ އެއް ނުލެވޭގޮތަށް އޮތްއޮތުމެވެ.

ކައުންސިލަރުން ސަސްޕެންޑް ކުރަންފެށުމާއެކު ދެން ރައީސް ޔާމީނުގެ ސަރުކާރުން ކުރަންފެށިކަމަކީ ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ޤާނޫނަށް އިޞްލާޙުތައް ގެނައުންކަމަށް ޝިފާޒު ވިދާޅުވިއެވެ. ނަމަވެސް ޝިފާޒު އެއިޞްލާޙުތައް ސިފަކުރެއްވީ ގެނައި ބަދަލެއްގެ ގޮތުގަ އެވެ. ރައީސް ޔާމީނުގެ ފަސް އަހަރުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ފަސް އިޞްލާޙެއް އަދި ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ހަތަރު އިޞްލާޙެއް ގެނެސްފައިވެއެވެ. މީގެތެރެއިން ގިނަ އިޞްލާޙުތަކަކީ ކައުންސިލަރުންގެ ޢަދަދު މަދުކުރުމާއި ކައުންސިލަރުންގެ މުސާރަ ކުޑަކުރުމަށް ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކެވެ.

މީގެއިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި ބައެއް ކައުންސިލަރުން އިންޑިޔާ ހައިކޮމިޝަނަރާ ބައްދަލުކުރުމުން ސަސްޕެންޑް ކޮށްފައި އެބަހުރިކަމަށާއި ކައުންސިލްތަކަކީ އެއްވެސް ތަނެއްކަމަށް ނުދެއްކުމަށް ފެނަކަ ނަން ބޯޑު ޖަހާފައިވާ އިންޖީނުގެ މެދުވެރިކޮށް ރަށު އޮފީސް ހިންގާފައިވާކަމަށް ޝިފާޒު ވިދާޅުވި އެވެ. މިއަދުވެސް ބައެއް ތަންތާނގައި އެފަދަ މީހުން ތިބިކަން ފާހަގަކުރައްވާ ޝިފާޒު ވަނީ އެފަދަ މީހުންނަށް އިންޒާރެއްވެސް ދެއްވާފަ އެވެ.

މީގެއިތުރުން ޝިފާޒު ވިދާޅުވީ މާލޭގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި ކައުންސިލަރެއްކަމަށް އެނގޭނަމަ ވަކިން ޚާއްޞަކޮށް ކައުންސިލަރުން ބަންދުކުރާކަމަށެވެ. ކައުންސިލަރުންގެ މުޅި ޙަޔާތްވަނީ އަނިޔާވެރިކަމުގެ ތެރޭގައި ތާށިކޮށްލާފައި ކަމަށާއި، ނުކައި ނުބޮއި މުސާރަ ނުލިބި ތިބި ކައުންސިލަރުން އެބަތިބި ކަމަށް ޝިފާޒު ވިދާޅުވި އެވެ. ޝިފާޒު ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި 108 ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވާކަމަށެވެ. އެކައުންސިލަރުން ސަސްޕެންޑް ކުރުމަށްފަހު މިއަދު ނިކުމެ ތިމަންނަމެންވެސް އިންތިޚާބުގައި ވާދަކުރުމަށް ބޭނުމޭ ބުނާކަމަށް ޝިފާޒު ވިދާޅުވިއެވެ.

ދެން ޝިފާޒު ފާހަގަކުރެއްވީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚެއް ހޯދުމަށް އެމްޑީޕީން ކުރަންޖެހުނު މަސައްކަތްތަކެވެ. އޭރު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވީ މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިބްރާޙީމް މުޙައްމަދު ޞާލިހު އެވެ. އޭރު ޕީޖީ ލީޑަރެއްގެ ހައިޞިއްޔަތުން އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ކުރަންޖެހިވަޑައިގެންނެވި ކަން ޝިފާޒު ފާހަގަކުރެއްވި އެވެ.

ޝިފާޒު ވިދާޅުވީ ނަމަވެސް މިއަދު މަންޒަރު ބަދަލުވެފައިވާކަމަށެވެ. ލާމަރުކަޒީ ޤާނޫނަށް އެމްޑީޕީ ބޭނުންވާ ގޮތަށް ރީތިކޮށް ބަދަލު ގެނެވި އިޞްލާޙުތައް ގެނެވިފައިވާކަމަށް ޝިފާޒު ވިދާޅުވިއެެވެ. އަދި މިއަދު އިންތިޚާބު ބާއްވާނެ ތާރީޚު ނޭނގިގެން އިންތިޚާބު ބާއްވާނެ ކަން ނޭނގިގެން އުޅެން ނުޖެހޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ލާމަރުކަޒީ ފިކުރަކީ އެމްޑީޕީގެ ފިކުރެއްކަމަށް އެމްޑީޕީގެ ޢާންމު މެންބަރުންނާއި އެޕާޓީގެ ލީޑަރ ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާ ޝިފާޒު ވިދާޅުވީ ދެން އެހެން ވާހަކަ އެކެވެ. އެއީ އެމްޑީޕީން މިފަހަރު ޕްރައިމަރީ އަށް އިޢުލާންކުރުމުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ޕީޕީއެމް އަދި ޖޭޕީގެ މެންބަރުން އެމްޑީޕީގެ މެމްބަރުންނަށް ވެފައިވާ ވާހަކައެވެ.

ކޮންމެ ފިކުރެއްގެ ބަޔަކަށްވެސް އެމްޑީޕީން މަރުޙާ ކިޔާ ކަމަށާއި ނަމަވެސް މިކަމުގައި ގޮތް ނިންމާނީ އެމްޑީޕީގެ ޢާންމު މެންބަރުންކަމަށް ޝިފާޒު ވިދާޅުވި އެވެ. މީގެއިތުރުން ޝިފާޒު ވިދާޅުވީ މިފަސް އަހަރު ނިމޭއިރު މާލޭގައި އޮންނަ މައި ސަރުކާރަށް ސަލާން ޖަހަން ނުގޮސް ވާނެ ގޮތަށް ހުރިހާ ކަމެއް ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2018

ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!

08 ޖެނުއަރީ 2018
ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!
19 އޮކްޓޯބަރު 2017

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ
09 އޮކްޓޯބަރު 2017

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!
20 ސެޕްޓެމްބަރު 2017

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
01 މެއި 2017

ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

01 މެއި 2017
ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
07 ފެބުރުއަރީ 2017

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް