Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް މިނިސްޓަރު

ޓޫރިޒަމް މިނިސްޓްރީގެ 31 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ މިނިސްޓަރ ޒަކީ ބައިވެރިވެވަޑައިގަންނަވައިފި

12 ޑިސެމްބަރު 2019 | ބުރާސްފަތި 11:32

މިރަސްމިއްޔާތަށް ޒަކީ ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ޑިސެމްބަރު 2019 | ބުރާސްފަތި 11:32
ޓޫރިޒަމް މިނިސްޓްރީއަށް 31 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ކޭކް ފަޅުއްވަނީ-

ޓޫރިޒަމް މިނިސްޓްރީއަށް 31 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ކޭކް ފަޅުއްވަނީ-

ޓޫރިޒަމް މިނިސްޓްރީގެ 31 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ދައުލަތަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، އިބްރާހީމް ހުސައިން ޒަކީ ބައިވެރިވެވަޑައިގަންނަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބުރާސްފަތި ދުވަހު މެންދުރުފަހު ބޭއްވި އެ ރަސްމިއްޔާތުގައި ކުރިން އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ޒަކީގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މުސްޠަފާ ލުޠުފީ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މަޙްމޫދު ޝައުގީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީއަށް 31 އަހަރު ފުރުން ފާގަހަކުރާއިރު، ކުރީގެ މިނިސްޓަރުން ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ، އަދި ބަލައިގަންނަންޖެހޭ ޚިދުމަތްތަކެއް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި މިވަގުތު ރާއްޖޭގައި ތިއްބެވި އަދި މި މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ތިއްބެވީ އެ ތިން ވަޒީރުން ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާ ވަޑައިގެންނެވި، ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގެ ދުވަސްވަރު، ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތައް، ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ޒަކީ މި ރަސްމިއްޔާތައް ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް މި ރަސްމިއްޔާތަށްފަހު، ސްރީލަންކާގެ ރައީސްއާ ބައްދަލުވުމެއް ހަމަޖެހިފައިވާތީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސްރީލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ޒަކީ ވިދާޅުވި އެވެ.

ޒަކީ އާއި ޝައުގީ އަކީ ސިޔާސީ ކަންކަމުން އެކަހެރިވެވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެފައިވާ ދެބޭފުޅުންނެވެ.

މި ރައްސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެމަނިކުފާނުގެ މިނިސްޓަރު ކަމުގެ ފުރަތަމަ އަހަރު، ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށާއި، ރައްޔިތުން އެދޭ ފަދަ ބަދަލުތައް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވުމަށް ކުރިން ނިންމި، ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް އިތުރު 12 ރަށެއް އިޢުލާން ކުރުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވަނަ ދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ.

ޒަކީއާއި، މުސްޠަފާ ލުޠުފީއާއި، ޝައުގީ، ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް