Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިސް ބަކެޓް ޗެލެންޖް

އައިސް ބަކެޓް ޗެލެންޖުން މުޅި މީސްމީޑިއާ ގުޑުވާލި ޕީޓް ނިޔާވެއްޖެ

މި ޗެލެންޖު ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޑިސެމްބަރު 2019 | ބުދަ 03:24
ޕީޓް ފްރޭޓްސް - ނިޔާވިއިރު އުމުރުން 34 އަހަރު

ޕީޓް ފްރޭޓްސް - ނިޔާވިއިރު އުމުރުން 34 އަހަރު

މީސްމީޑިއާގައި މަޝްހޫރުކަމެއް ލިބުނު "އައިސް ބަކެޓް ޗެލެންޖް" ގެ މޭސްތިރިޔާ ޕީޓް ފްރޭޓްސް އުމުރުން 34 އަހަރުގައި ނިޔާވެއްޖެއެވެ.

ނާރުގެ ބައްޔެއް ކަމަށްވާ އެމިޔޯޓްރޮފިކް ލެޓިރަލް ސްކްލީރޯސިސް (އޭލްސް) ތަޙައްމަލު ކުރަމުން ދިޔަ ޕީޓް މި ޗެލެންޖު ތަޢާރަފު ކޮށްފައިވާއިރު، 2014 ވަނަ އަހަރު ޕީޓް ތަޢާރަފު ކުރި މި ޗެލެންޖު ދުނިޔޭގެ ނުފޫޒު ގަދަ ގިނަ ފަރާތްތަކުންވެސް ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން ޕީޓް މި ޗެލެންޖު ތަޢާރަފުކުރީވެސް އެ ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، ބައްޔަށް ފަރުވާ ހޯދުމަށް ފައިސާ އެއް ކުރުމަށެވެ.

މި ޗެލެންޖު ފުރިހަމަ ކުރި ފަރާތްތަކުން ވަނީ މި ބައްޔާއި ގުޅޭ ޞިއްޙީ ދިރާސާތައް ހެދުމަށް ފައިސާގެ މިންވަރެއް ހަދިޔާކޮށް، ޗެލެންޖުގައި ބުނެފައިވާގޮތަށް އައިސް ބާލިދީއެއް ބޮލަށް އެޅުމަށްފަހު އެ ވީޑިއޯ މީސްމީޑިއާގައި ޙިއްސާކޮށްފައެވެ. އެގޮތުން މި ޗެލެންޖު އެތައް މިލިއަން މީހުންނެއް ފުރިހަމަ ކޮށްފައިވެއެވެ.

މި ޗެލެންޖު ފުރިހަމަ ކުރި ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއާއި، މަޝްހޫރު ވިޔަފާރިވެރިޔާ ބިލްގޭޓްސްގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރިންވެސް ހިމެނެއެވެ. އޭގެ އިތުރުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންވެސް މި ޗެލެންޖު ފުރިހަމަކޮށްފައިވެއެވެ.

މި ބައްޔަށް އަދިވެސް އެކަށީގެންވާ ފަރުވާއެއް ހޯދިފައިނުވާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން ޕީޓްގެ މި ޗެލެންޖު މެދުވެރިކޮށް އޭލްސް ބައްޔަށް ފަރުވާ ކުރުމަށާއި އެކަމާ ގުޅޭ ދިރާސާތައް ހެދުމަށް 200 މިލިއަން ޔޫއެސް ޑޮލަރަށްވުރެ ގިނަ ފައިސާ މިހާތަނަށް ވަނީ ހޯދިފައެވެ.

ނާރުތަކަށް ޖެހޭ މި ބައްޔަކީ ސިކުނޑިއަށް ނުރައްކާވެ މީހާގެ ހަށިގަނޑުގެ ޙަރަކާތް މުޅިން ހުއްޓުމަކަށް އާދެއެވެ. އަދި އެކަމުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ދަތިވެ ފުރާނައަށްވެސް ނުރައްކާވެގެން ދެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2018

އޮސްޓްރޭލިއާގެ އަށްސޭރިފަށުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސްފި

13 ޖެނުއަރީ 2018
އޮސްޓްރޭލިއާގެ އަށްސޭރިފަށުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސްފި
01 ޑިސެމްބަރު 2017

އީރާނަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި

01 ޑިސެމްބަރު 2017
އީރާނަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި
18 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ވޯޓާ ގުޅިގެން ޓޫރިޒަމަށް 15 އިންސައްތައިގެ ދަށްވުމެއް އައިސްފައިވޭ!

18 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ވޯޓާ ގުޅިގެން ޓޫރިޒަމަށް 15 އިންސައްތައިގެ ދަށްވުމެއް އައިސްފައިވޭ!
20 ސެޕްޓެމްބަރު 2017

ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފި

20 ސެޕްޓެމްބަރު 2017
ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފި
19 ސެޕްޓެމްބަރު 2017

މެކްސިކޯ އަށް ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުންތަކެއް ވެއްޖެ

19 ސެޕްޓެމްބަރު 2017
މެކްސިކޯ އަށް ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުންތަކެއް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު