Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު\"ޗަނާޗާ 2019

ބައިސްކޯފުގެ "ޗަނާޗާ 2019" އަށް ތައްޔާރުތަ؟

"ޗަނާޗާ 2019" އަކީ ބައިސްކޯފުން ބާއްވާ މިއުޒިކް ޝޯވއެއް

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 10 ޑިސެމްބަރު 2019 | އަންގާރަ 14:22
\"ޗަނާޗާ 2019\" އަކީ ބައިސްކޯފުން ބާއްވާ މިއުޒިކް ޝޯވއެއް

\"ޗަނާޗާ 2019\" އަކީ ބައިސްކޯފުން ބާއްވާ މިއުޒިކް ޝޯވއެއް

ބައިސްކޯފުގެ "ޗަނާޗާ 2019" އަންނަ ހުކުރު ދުވަހު އޮންނާނެއެވެ.

އަމިއްލަ އުފެއްދުންތަކަށް އިސްކަންދީގެން ބައިސްކޯފުން ކުރިއަށްގެންދާ ޗަނާޗާއަކީ ގިނަ ފަންނާނުންތަކެއް ފެނިގެންދާ މިއުޒިކް ޝޯއެކެވެ. ފުރަތަމަ ޗަނާޗާ ޝޯ ބާއްވާފައިވަނީ މިދިޔަ އަހަރެވެ. ބައިސްކޯފުން ބުނީ ޗަނާޗާ އަކީ ޒުވާނުންނަށް "ކޮންމެވެސް ކަމެއް ކޮށްދިނުމަށް" އަދި ހާއްސަކޮށް މިއުޒިޝަނުންގެ ހުނަރު ދައްކާލުމަށް ކުރިއަށް ގެންދާ ޝޯވއެއްކަމަށެވެ.

"ޗަނާޗާ 2019" މާލޭގެ އޮލިމްޕަހުގައި ބާއްވާއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުގައި ޝޯވ ބާއްވާނެކަމަށް ބައިސްކޯފުން ބުންޏެވެ.

ޗަނާޗާއަކީ މިއުޒިކް ދުނިޔޭގެ މިހާރު ފުންނާބު އުސް ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ބާއްވާ ޝޯވއެއްކަމަށް ވެސް ބައިސްކޯފުން ފާހަގަ ކުރިއެވެ. އަދި މިއީ އާޓިސްޓުންގެ އަމިއްލަ އުފެއްދުންތައް ދައްކާލުމަށް މަގުފަހިކޮށްދިމުގެ ބޭނުމުގައި ކޮންމެ އަހަރަކު ބާއްވަން ޙުޅުވާޅި ޕްލެޓްފޯމެއްކަމަށެވެ.

މީގެ އިތުރުން، ފުރަތަމަ ޝޯވއާ މި އަހަރު ޝޯވގެ ތަފާތުތަކެއް ހުންނާނެކަން ފާހަގަކުރަމުން ބައިސްކޯފުން ބުނީ "އެކި ރޭންޖް" ތަކުގެ ފަންނާނުން މި އަހަރުގެ ޝޯވގައި ފެނިގެންދާނެކަމަށެވެ. އަދި އަންނަ އަހަރުވެސް ޗަނާޗާ ޝޯވ އޮންނާނެކަމަށާއި، މުސްތަގުބަލުގައި ޗަނާޗާ އަކީ "ވަރަށް ބޮޑު ވެގެންދާނެ" ޝޯވއެއްކަމަށް ބައިސްކޯފުން ބުންޏެވެ. އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ އެކި ކަހަލަ ފަންނާނުންނަށް ޗަނާޗާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ޗަނާޗާ 2019" ގައި ޕަރފޯމް ކުރާ ފަންނާނުންގެ ތެރޭގައި "ގްރެވިޓީ"، "ދުންފިނި"، "ބަބުރު ސީނު"، "ޑީޖޭ-ބީ" އަދި ރާއްޖޭގައި އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިއެއްކަމަށްވާ ޝިއުޒް ހިމެނެއެވެ.

މި ޝޯވ ޑިސެމްބަރު 13 ގައި އޮލިމްޕަހުގައި ބާއްވާއިރު، ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. މި ޝޯވގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ބައެއް ކޮންމެސް ޗެރިޓީއަކަށް ހަދިޔާކުރަން ބޭނުންވާކަން ފާހަގަކުރަމުން، ބައިސްކޯފުން ބުނީ މި އަހަރު ހޮވާފައިވަނީ "ޓައިނީ ހާޓްސް"ކަމަށެވެ.

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2019

2019 ވަނަ އަހަރުގެ 'ސެކްސިއެސްޓް މޭން އަލައިވް' އަށް ޖޯން ލެޖެންޑް!

13 ނޮވެމްބަރު 2019
2019 ވަނަ އަހަރުގެ 'ސެކްސިއެސްޓް މޭން އަލައިވް' އަށް ޖޯން ލެޖެންޑް!
20 ސެޕްޓެމްބަރު 2019

އައިފާ 2019: އެންމެ މޮޅު ފިލްމަކަށް ރާޒީ

20 ސެޕްޓެމްބަރު 2019
އައިފާ 2019: އެންމެ މޮޅު ފިލްމަކަށް ރާޒީ
07 މެއި 2019

މެޓް ގާލާ 2019: އެންމެ ފާހަގަކޮށްލެވޭ ތަރިންތައް!

07 މެއި 2019
މެޓް ގާލާ 2019: އެންމެ ފާހަގަކޮށްލެވޭ ތަރިންތައް!
26 ފެބުރުއަރީ 2019

އޮސްކާސް 2019: ރަން ވަނަތައް

26 ފެބުރުއަރީ 2019
އޮސްކާސް 2019: ރަން ވަނަތައް
11 ފެބުރުއަރީ 2019

ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް

11 ފެބުރުއަރީ 2019
ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު