Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓި-ކޮރަޕްޝަން ދުވަސް

އެމްއާރުއެމްގެ އިސްވެރިން ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތު ކުރުމުން: އެމް.އާރު.އެމް

އެމްއާރުއެމްއަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާނެ ޕާޓީއެއް ކަަމަށް އެޕާޓީން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޑިސެމްބަރު 2019 | ހޯމަ 17:53
އެމްއާރުއެމްގެ ޖަލްސާގެ ތެރެއިން

އެމްއާރުއެމްގެ ޖަލްސާގެ ތެރެއިން

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާނެ ޕާޓީއެއް ކަަމަށާއި އެމްއާރުއެމްގެ އިސްވެރިން ކުރީ ސަރުކާރުން ޤާނޫނާއި ޚިލާފަށް ބަންދުކޮށް، ޖަލަށްލައި، ނުހައްޤުން އަނިޔާ ދީފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުން ކަމަށް އެމްއާރުއެމް އިން ބުނެފި އެވެ.

ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކަމަށާއި ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި މީހަކުނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނުދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަކީ މިސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ވަރުގަދަ އިންޒާރެއް ކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ މުއައްސަސާތަުންނާއި އާންމުން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް އެމްއާރުއެމް އިން ވަނީ ބުނެފައެވެ.

ޤާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތައް މުސްތަޤިއްލު އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވުމަށް ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ވޭތުވެދިޔަ އަހަރު ތަކުގައި ކަންކަން ހިނގާފައިވަނީ އެގޮތަށް ނޫންކަމަށް މިބަޔާނުގައިވެ އެވެ.

އެހެންނަމަވެސް މިސަރުކާރުން އައިސް އެކަންކަން ބައްލަވާ ބައެއް މައްސަލަތަކުގައި ފިޔަވަޅު އަޅުއްވާފައިވާ ކަމީ މިސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތައް ރައްޔިތުންނަށް ފެނިގެންދާ ކަމެއްކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
08 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރީ އިމްތިޔާޒްގެ ޤާނޫނާ ހިލާފަށް:ޝާހިދު

08 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރީ އިމްތިޔާޒްގެ ޤާނޫނާ ހިލާފަށް:ޝާހިދު
30 މާރިޗު 2017

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

30 މާރިޗު 2017
ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު