Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުތް އޭޝިއަން ގޭމްސް

ޒުވާން ޝޫޓަރ ޒިޔާން ރަނގަޅު ވާދައެއް ކޮށްފި

ގޭމްސްގައި ރާއްޖޭގެ ޝޫޓަރުން އަންނަނީ ކުރި އެރުންތަކެއް ހޯދަމުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2019 | އާދީއްތަ 15:25
ޒުވާން ސޫޓަރ ޒިޔާން

ޒުވާން ސޫޓަރ ޒިޔާން

ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސްގެ ޝޫޓިންގ 10 މީޓަރު އެއާ ފިސްތޯލްގެ ކޮލިފިކޭޝަންގެ ގްރޫޕް އެކެއްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ޝޫޓަރ ޒިޔާން ޒިޔާއު ރަނގަޅު ވާދައެއް ކޮށްފިއެވެ.

އާދީއްތަ ދުވަހު ކުރިޔަށްދިޔަ ކޮލިފިކޭޝަން ބުރުގައި 17 މީހުން ވާދަކޮށްފައިވާއިރު ރާއްޖޭގެ ޒިޔާން ވަނީ 9 ވަނަ ހޯދައިފައެވެ. ފައިނަލް ބުރަށް ކޮލިފައިވާން ޒިޔާން އަށް މަދުވީ އެންމެ ޕޮއިންޓެކެވެ.

މިއީ މިއަހަރުގެ ގޭމްސްގައި ރާއްޖޭގެ ސޫޓަރެއް ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. ކޮލިފިކޭޝަނުގެ ނުވަ ވަނައިގައި ޒިޔާން އޮތީ 561 ހޯދައިގެންނެވެ. އޭނާ އާއި އެނެމް ކައިރިން ވާދަކޮށް އަށްވަނަ އަށް ވަނަ އަށް ގޮސް ފައިނަލް ބުރަށް ދަތުރުކުރި ސްރީލަންކާގެ ފެނާންޑޯއަށް ހަމަކުރެވުނީ 562 ކެވެ.

މިފަހަރުގެ ގޭމްސްގެ ޝޫޓިންގައި ރާއްޖެއިން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ހާއްސަކޮށް މި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ދެ ޕެއާ ވަނީ ގައުމީ ރެކޯޑު އާކޮށްފައެވެ. ގައުމީ ރެކޯޑް އެންމެ ފުރަތަމަ ހެދީ އެއާރ ރައިފަލް ކެޓަގަރީން އާސިފާ ޖައުފަރު (އާސީ) އެވެ. އެއާ ރައިފަލް 10 މީޓަރ ގެ އަންހެން ކޮލިފިކޭޝަންގައި އޭނާ ވަނީ 589.3 އަށް ޖަހާފައެވެ.

ކުރިންވެސް އެ ރެކޯޑް އޮންނަނީ އޭނާ އަތުގައެވެ. އެއީ މިދިޔަ މަހު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގަ އެވެ. ގަތަރުގެ މުބާރާތުގައި އާސީ ވަނީ 574.3 އަށް ޖަހާފައެވެ.

މި ގޭމްސްގައި ދެން ގައުމީ ރެކޯޑެއް ހެދީ، އަންހެން 10 މީޓަރު އެއާ ޕިސްޓޯލް ކެޓަގަރީގައި ވާދަކުރި ރިއުޝާ މުހައްމަދެވެ. މި ފަހަރުގެ ގޭމްސްގައި އޭނާ ޖެހީ 546 އަށެވެ. އެ ރެކޯޑް ކުރިން އޮތީ އޭނާ އަތުގައެވެ. އެއީ އިންޑޮނޭޝިއާގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި އޭނާ ރެކޯޑް ހެދީ 531 ށް ޖަހައިގެންނެވެ

މި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ 14 ޝޫޓަރުން މަސައްކަތްކުރަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު