Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ ހުސައިން ޝަމީމު

ޕީޖީގެ މަގާމަށް ޝަމީމު އައްޔަން ކުރައްވައިފި

8 ޑިސެމްބަރު 2019 | އާދީއްތަ 12:32

ޝަމީމަކީ ޕީޖީ އޮފީސް އުފެއްދިއިރު އެ އޮފީހުގެ ދެވަނަ މުވައްޒަފު، ފުރަތަމަ މުވައްޒަފަކީ ކުރީގެ ޕީޖީ އަހުމަދު މުއިއްޒު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޑިސެމްބަރު 2019 | އާދީއްތަ 12:32
ޕީޖީގެ މަޤާމަށް އައްޔަން ކުރެއްވި ހުސައިން ޝަމީމު

ޕީޖީގެ މަޤާމަށް އައްޔަން ކުރެއްވި ހުސައިން ޝަމީމު

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމު ޢައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދިއްތަ ދުވަހު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ހުސައިން ޝަމީމު ޕީޖީގެ މަޤާމަށް އައްޔަން ކުރައްވައި މަޤާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވެ.

Advertisement - newsAdvertisement

ޕީޖީގެ މަޤާމަށް ޝަމީމު އައްޔަން ކުރެއްވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ.

ޕީޖީގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި ރައީސް އޮފީހުން ކުރެއްވި އިޢުލާނާ ގުޅިގެން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ފޮނުއްވީ ނަންފުޅަކީ ޝަމީމުގެ ނަންފުޅެވެ. ޝަމީމުގެ އިތުރުންވެސް އެމަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސް ޞާލިހު މަޖިލީހަށް ފޮނުއްވިއެވެ. ނަމަވެސް ޕީޖީގެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ރައީސް ޞާލިހު އިސްކަން ދެއްވާފައިވަނީ ޝަމީމަށެވެ. ޝަމީމުގެ އިތުރުން ޕީޖީ ކަމަށް ދެން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕީޖީންގެ ގޮތުގައި މަސައްކަތް ކުރެއްވި މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު އަޙްމަދު ޒަނީނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިންޓަވިއު ކުރައްވާފައިވަނީ ވެސް ޝަމީމާ އެކަންޏެވެ. ޖުޑީޝަރީ ކޮމެޓީން ވަނީ ޑިސެމްބަރު 2 ވަނަ ދުވަހުގެރޭ އެކޮމެޓީގެ ބައްދަލުވުމެއް ބާއްވައި، ޝަމީމާ އިންޓަވިއު ކުރެއްވުމަށްފަހު، އެ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ޕީޖީގެ މަޤާމަށް ޝަމީމު އައްޔަން ކުރެއްވުމަށް ފެންނަކަމަށް ފާސްކޮށްފަ އެވެ.

ޝަމީމަކީ ޖިނާއީ އަދުލްގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިހާރު އަމަލުކުރަމުންދާ އާ ގާނޫނުއަސާސީގެ ދަށުން ޕީޖީގެ މަޤާމާއި އޮފީހެއް ކަނޑައެޅިގެން ދިޔައިރު، ޝަމީމަކީ ޕީޖީގެ މަޤާމަށް އޭރު ޢައްޔަން ކުރެއްވި އަޙްމަދު މުޢިއްޒާއެކު މަސައްކަތްކުރެއްވި އެ އޮފީހުގެ ދެވަނަ މުވައްޒަފެވެ.

ޕީޖީގެ މަޤާމުން މުޢިއްޒު އިސްތިޢުފާ ދެއްވުމާއި ގުޅިގެން، ޝަމީމު ވަނީ ޕީޖީގެ މަޤާމުގެ ޒިންމާ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ. އޭރު ޝަމީމަކީ ޑެޕިއުޓީ ޕީޖީ އެވެ. މީގެއިތުރުން ޝަމީމަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްއުޤޫބާތަށް އެންމެ ފަރިތަ އެއް ޤާނޫނީ ވަކީލެވެ. އޭނާ ވަނީ ޤާނޫނުލްއުޤޫބާތަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމަށް ގިނަ ޕްރޮގުރާމުތަކެއް ހިންގަވާފަ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އައިޝަތު ބިޝާމް މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މަޤާމުން އިސްތިޢުފާ ދެއްވުމުގެކުރިން ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަޤާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާޢަތުތަކަކީ އިޚުލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ޤާނޫނުއަސާސީގެ ނައްޞާއި ރޫޙާއެއްގޮތަށް ކުރިއަށް ގެންދަވާ އިޖުރާޢަތުތަކެއްކަމުގައި ޤަބޫލުނުކުރެއްވޭކަމަށެވެ.

ބިޝާމްގެ މައްޗަށް ދޮގު މަޢުލޫމާތު ދިންކަމުގެ ތުހުމަތު ޖުޑީޝަރީ ކޮމެޓީން ކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު، ސިޔާސީ ބޭފުޅުންގެ މައްޗަށާއި އޭރު އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއްކުރެވި، ޖަލަށްލާފައި ވެއެވެ. އަދި އޭގެ ތެެރެއިން ބައެއް ފަރާތްތަކުުގެ މައްޗަށް ދަޢުވާ ކުރެވިފައި ވެއެވެ. އެކަންކަން ހިނގިއިރު ޕީޖީގެ މަޤާމުގައި ހުންނެވީ ބިޝާމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017
ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް