Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑު ޓާޝަރީ ހޮސްޕިޓަލް

އައްޑު ޓާޝަރީ ހޮސްޕިޓަލް މި މަހުގެ ތެރޭގައި ހުޅުވަނީ

ހޮސްޕިޓަލުގެ 99 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޑިސެމްބަރު 2019 | އާދީއްތަ 07:42
އައްޑު ޓާޝަރީ ހޮސްޕިޓަލް

އައްޑު ޓާޝަރީ ހޮސްޕިޓަލް

އައްޑޫ ކޮންވެންޝަން ސެންޓަރުގައި ތަރައްގީކުރަމުން އަންނަ ޓާޝަރީ ހޮސްޕިޓަލް މި މަހުގެ ތެރޭގައި ހުޅުވޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހިތަދޫ ދެކުނު ދާއިރާއިގެ ކުރީގެ މެންބަރު އަލީ ނިޒާރާއެކު ބޭއްވި ބައްދަލުވުމަކަށްފަހު މި މަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ހިދުމަތް ދެވެން ފެށޭނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީން ބުނީ ހޮސްޕިޓަލް ހުޅުވާ ހިދުމަތް ދޭން ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށެވެ.

މީގެ ކުރިން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ އައްޑު ޓާޝަރީ ހޮސްޕިޓަލް ހުޅުވާނީ ބައެއް ބަދަލުތަކާއެކު ކަމަށެވެ. އެގޮތުން ޕްރައިވެޓް ރޫމްތައް އިތުރުކޮށް ބައެއް އިތުރު ބަދަލުތައް ވަނީ ގެނެސްފައެވެ. އައްޑޫގެ އާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ހުޅުވުމުން ޓާޝިއަރީ ހޮސްޕިޓަލަކުން ލިބޭ ހުރިހާ ހިދުމަތަކާއެކުއެވެ. ހޮސްޕިޓަލްގެ 99 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

މިނިސްޓަރ ވިދާޅުވީ އެހޮސްޕިޓަލްގައި މިހާރު ކުރެވެމުންދަނީ ހޮސްޕިޓަލް ހުޅުވުމަށްކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އިކުއިޕްމެންޓްސްތައް މިހާރު ބެހެއްޓިފައިވާކަމަށާއި ތަނަށް ބޭނުންވާ މީހުން ނެގުމުގެ ބޮޑު ބައެއްވެސް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫގައި ހަދާ ޓާޝަރީ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލް އެޅުމަށް އެލިއާ ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު އެވެ. މިއީ މާލެ އާއި ހުޅުމާލެ ފިޔަވައި އަތޮޅު ތެރޭގައި އަޅާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލްވެސް މެއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު