Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސްކް ސްޕީކަރ

ސްކޫލެއް ހިންގާ ގޮތަށް މަޖިލީހެއް ނުހިންގަން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2019 | ހޮނިހިރު 18:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ސްކޫލެއް ހިންގާ ގޮތަށް ރައްޔިތުންގެ މަޖިލިސް ނުހިންގަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލިސް ސްކޫލެއް ގޮތަށް ހިންގުމަށް ޚިޔާރު ކުރެއްވީ ކީއްވެތޯ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް ހިންގާ ގޮތާއި، ސްކޫލެއްގައި ކަންކަން ހިންގާ ގޮތާއި އެއްގޮތް ކަންތައްތަކެއް ހުރެދާނެ ކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ވިންދާއި އިހުސާސާއި އެއްގޮތަށް ކަމަށެވެ. އެހެން ކަމުން ސްކޫލެއް ހިންގާ ގޮތަށް މަޖިލިސް ހިންގިދާނެ ކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށް ވިދާޅުވިއެވެ.

މިހެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވާއިރު މަޖިލީހުގެ ޤަވާއިދަށް ޙުރުމަތްތެރިކޮށް ނުހިއްތެވުމުން ބައެއް މެންބަރުންނަށް އަދަބު ދެއްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ޖަލްސާގައި އަޑުގަދަ ކުރެއްވުމުން ތަކުރާރުކޮށް ނަޞޭޙަތްތެރިވުމަށްފަހު ޠާރިޤުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރަށް ނުކުމެވަޑައިގެން، ފާރަށް ކުރިމަތިލައްވައިގެން ހުންނަވަން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި ނޮވެންބަރުމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ޖަލްސާގައި ތަކުރާރުކޮށް ކަށިގަނޑު ފުމެމުން ގެންދެވުމުން، އަދަބެއްގެ ގޮތުން މަޖިލީހުގެ ތަޅުމުގައި ކަށި ގަނޑު ނުފުމޭނެކަމަށް ސަތޭކަފަހަރު ލިޔުމަށް ޠާރިޤަށް އަންގަވާފައިވެއެވެ.

މަޖިލީހުގެ ރައީސް، ސްކޫލެއް ހިންގަވާގޮތަށް މަޖިލިސް ހިންގަވާކަމަށް ބުނެ އެއް ބަޔަކު ފާޑުކިޔަމުން އަންނައިރު، އެކަމަށް އަނެއް ބަޔަކު ތަޢުރީފު ކޮށް ވާހަކަދައްކައެވެ. މަޖިލީހުގެ ރައީސް މެމްބަރުންނަށް ދެއްވާ އަދަބުތަކުން ސްކޫލް ދައުރު ހަނދާންވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ބައެއް މީހުން އަންނަނީ ޝުޢޫރު ފާޅުކުރަމުން ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު