Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތް އޭޝިއަން ގޭމްސް

ހަތަރެއް ގުނަ 100 މީޓަރު ދުވުމުން އަންހެން ރިލޭ ޓީމު ގައުމީ ރެކޯޑް އާކޮށްފި

އަންހެން ޓީމުން މި ރެކޯޑް އާކުރީ 50:16 ސިކުންތުން ރޭސް ނިންމައިގެންނެވެ

އަތޫފް އާތިފް
އަތޫފް އާތިފް | 7 ޑިސެމްބަރު 2019 | ހޮނިހިރު 06:20
ހަތަރެއް ގުނަ 100 މީޓަރުގެ ގައުމީ ރެކޯޑް އާކުރި ޓީމް

ހަތަރެއް ގުނަ 100 މީޓަރުގެ ގައުމީ ރެކޯޑް އާކުރި ޓީމް

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ހުކުރު ދުވަހު ހެނދުނު، ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ރިލޭ ޓީމުން ޤައުމީ ރެކޯޑް އާކޮށްފިއެވެ.

ހަ ގައުމަކުން ވާދަކުރި ރިލޭ އިވެންޓުގެ ފުލުގައި ރާއްޖެ ނިންމި ނަމަވެސް ރާއްޖޭގެ އަންހެން ޓީމުން ވަނީ ޤައުމީ ރެކޯޑް އާކޮށްފައެވެ. މި ރެކޯޑް އާކުރީ 50:16 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުން ރަން މެޑަލް ހޯދި ސްރީލަންކާގެ ޓީމުން ރޭސް ނިންމީ 44:86 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެންމެ ފަހުން ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ޤައުމީ ރެކޯޑު އާކުރީ 2016 އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ. އެ ފަހަރު ރެކޯޑު އާކުރީ 51:32 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަފާ އިސްމާއިލް، އައިމިނަތު ނަޒްރާ، ސަމްހާ އަހުމަދު އަދި މިރުފަތު އަހުމަދެވެ.

ހަތަރެއް ގުނަ 100 މީޓަރު ދުވުން ރާއްޖޭގެ ފިރިހެން ޓީމު ނިންމީ ފަސްވަނައިގައެވެ. މި ޓީމުގައި ހިމެނެނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އިބާދުﷲ އާދަމް، ނުޖޫމް ހަސަން އަދި މުހައްމަދު ޖަލާއިލް ފަޔާޒް އެވެ. މި ޓީމު ރޭސް ނިންމީ 42:34 ސިކުންތުންނެވެ. ފިރިހެން ރިލޭގަ ވެސް އެއްވަނަ އަށް ދިޔައީ ސްރީލަންކާއެވެ. ސްރީލަންކާގެ ޓީމުން ރޭސް ނިންމީ 39:14 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި ފަހަރުގެ ގޭމްސްގައި އެންމެ ކާމިޔާބު ކުޅިވަރެއް ގޮތުގައި ވެގެން ގޮސްފައިވަނީ އެތްލެޓިކްސްއެވެ. އެގޮތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިދީފައެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
09 އެޕްރީލު 2017

ޔުނިޓެޑުން ގަދަ ހަތަރެއްގެ އުއްމީދު އާކުރިއިރު ސަންޑަލޭންޑް ނުރައްކަލަކަށް!

09 އެޕްރީލު 2017
ޔުނިޓެޑުން ގަދަ ހަތަރެއްގެ އުއްމީދު އާކުރިއިރު ސަންޑަލޭންޑް ނުރައްކަލަކަށް!
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
12 މާރިޗު 2017

ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި

12 މާރިޗު 2017
ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު