Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑަށް އުއްމީދެއް

ޔުނިޓެޑުން ގަދަ ހަތަރެއްގެ އުއްމީދު އާކުރިއިރު ސަންޑަލޭންޑް ނުރައްކަލަކަށް!

ސަންޑަލޭންޑް ކުރަންޖެހޭ މަސައްކަތް އިތުރު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 9 އެޕްރީލު 2017 | އާދީއްތަ 22:52
ޔުނައިޓެޑްގެ ފުރަތަމަ ލަނޑުޖެހުމަށް އިބްރަހިމޮވިޗް އެކަން ފާހަގަކުރަނީ

ޔުނައިޓެޑްގެ ފުރަތަމަ ލަނޑުޖެހުމަށް އިބްރަހިމޮވިޗް އެކަން ފާހަގަކުރަނީ

އިނގިރޭސި ލީގުގައި ސަންޑަލޭންޑް އަތުން މޮޅުވެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު މެންޗެސްޓަރ ޔުނައިޓުން އާކުރިއިރު ސަންޑަލޭންޑަށް ރެލިގޭޝަނުން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ސަންޑަލޭންޑްގެ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑް މޮޅުވީ 0-3 އިންނެވެ. މިމެޗުގެ 45 މިނެޓަށްވުރެ ބޮޑުބައި ސަންޑަލޭންޑުން ކުޅުނީ 10 މީހުންނާއެކުއެވެ.

ސަންޑަލޭންޑަށް 10 ކުޅުންތެރިންނާއިއެކު ކުޅެންޖެހުނީ ޔުނައިޓެޑްގެ އަންދްރޭ ހެރޭރާއަށް، ސެބަސްޓިއަން ލާސަން ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތްކާޑު ދެއްކުމުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މިސީޒަނުގައި ޔުނައިޓެޑަށް ގިނަ ގޯލްތަކެއް ކާމިޔާބުކޮށްދެމުން އަންނަ ޒަލަޓަން އިބްރަހިމޮވިޗްގެ ފަރާތުންނެވެ. ހެރޭރާ ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު އިބްރަހިމޮވިޗް ޖަހާފައިވަނީ 30 ވަނަ މިނެޓުގައެވެ.

އޭގެ 6 މިނެޓުފަހުން ލޫކްޝޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑެއްޖަހާ ހެންރިކް މިކިޓާރިއަންވަނީ ޔުނައިޓެޑްގެ ލީޑް ފުޅާކޮށްދީފައެވެ. ޔުނައިޓެޑް ތިންވަނަ ލަނޑޫ ފެނިގެންދިޔައީ މާކަސް ރަޝްފޯޑްގެ ފަރާތުން 89 ވަނަ މިނެޓުގައެވެ.

ފާއިތުވި ހަތްމެޗުގައި ވެސް ސްކޯ ކުރެވިފައިނުވާ ސަންޑަލޭޑް މިހާރު އޮތީ ރެލިގޭޓްނުވެ ސަލާމަތްވެވޭ ވަރަށްވުރެ ދިހަ ޕޮއިންޓް ފަހަތުގައެވެ.

ހަވަނައިގައި އޮތުމަށްފަހު ޔުނައިޓެޑުން ވަނީ އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ލީގުގެ ފަސް ވަނައަށް އަރާފައެވެ. އަދި ހަތަރުވަނައަށް އެރުމަށް އުއްމީދު ކުރަމުން އަންނައިރު އެ މަޤާމުގައި އޮތީ ވާދަވެރި މެންޗެސްޓަރ ސިޓީއެވެ.

މެންޗެސްޓަ ސިޓީއާ ޔުނައިޓެޑާއި ދެމެދުގައި ހަތަރު ޕޮއިންޓް ތަފާތު އެބަހުއްޓެވެ. ސިޓީ ހަތަރު ޕޮއިންޓުގައި ކުރީގައި އޮތްއިރު، އެކުލަބުންވަނީ ޔުނައިޓެޑަށްވުރެ އެއްމެޗު އިތުރަށް ކުޅެފައެވެ.

އާދިއްތަ ދުވަހުގެ ރޭގެ ބައްޔަކީ ލީގުގައި ސަންޑަލޭންޑުން ކުޅުނު 31 ވަނަ މެޗުގެ ތެރެއިން ބަލިވި 21 ވަނަ މެޗެވެ. ސަންޑަލޭންޑް މިވަގުތު އޮތީ ކުޅުނު 31 ވަނަ މެޗުން 20 ޕޮއިންޓާއިއެކު ތާވަލުގެ ފުލުގައެވެ.

ރެލިގޭޝަނުން ސަލާމަތްވާ ހިސާބުގައި އޮތް ހަލް ސިޓީއާ ސަންޑަލޭންޑާއި ދެމެދު 10 ޕޮއިންޓްގެ ފަރަޤު އެބަހުއްޓެވެ. އެހެންކަމުން ކުރިއަށް އޮތް މެޗުތަކުގައި ސަންޑަލޭންޑް ކުރަންޖެހިފައިވާ މަސައްކަތްވަނީ އެތައް ގުނައަކުން އިތުރުވެފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު