Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް

އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް 2020 ވަނަ އަހަރުގެ މެމްބަރޝިޕް ދޫކުރަން ފަށައިފި

7 ޑިސެމްބަރު 2019 | ހޮނިހިރު 03:28

ރެޑް މެމްބަރޝިޕްގެ ސަބްސްކްރިޕްޝަން ފީ އަކީ 500 ރުފިޔާ އަދި ބޭސިކް މެމްބަރޝިޕް ގެ ފީއަކީ 250 ރުފިޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޑިސެމްބަރު 2019 | ހޮނިހިރު 03:28
އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސްގެ މެންބަރޝިޕް ރެޑް ޕެކޭޖް

އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސްގެ މެންބަރޝިޕް ރެޑް ޕެކޭޖް

އޮފިޝަލް ލިވަރޕޫލް ސަޕޯޓަރސް ކްލަބް އޮފް މޯލްޑިވްސް (އޯ.އެލް.އެސް.ސީ މޯލްޑިވްސް) 2020 ވަނަ އަހަރުގެ މެމްބަރޝިޕް، ދޫކުރަން ފަށައިފިއެވެ.

އޮފިޝަލް ލިވަރޕޫލް ސަޕޯޓާރސް ކްލަބް އޮފް މޯލްޑިވްސް އަކީ އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ކްލަބު ލިވަރޕޫލްގަ ރަޖިސްޓްރީ ވެގެން ހިންގާ އަދި ރާއްޖޭގެ ޔޫތު މިނިސްޓްރީގަވެސް ރަޖިސްޓްރީ ވެގެން ހިންގާ ކްލަބެކެވެ. 300 އަށްވުރެ ގިނަ މެމްބަރުން މި ކްލަބުގަ ރަސްމީކޮށް ރަޖިސްޓްރީކޮށްފައި ވާއިރު ވަރަށް ގިނަ މެމްބަރުން އޮފިޝަލް ލޯކަލް މެމްބަޝިޕް މިފަހަރު ނަގާފައިވެއެވެ.

މިއީ އޯ.އެލް.އެސް.ސީ މޯލްޑިވްސް ގެ ފަރާތުން މެމްބަރޝިޕް ދޫކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ބޭރުގެ ސަޕޯޓަރސް ކްލަބެއްގެ ފޭންބޭސް މިގޮތަށް މެމްބަރޝިޕް ޕެކޭޖް ބަހާ ފުރަތަމަ ފަހަރެވެ. 03 ޑިސެމްބަރ 2019ގެ ހަވީރު 4:00 އިން ފެށިގެން ރެޑް މެމްބަރޝިޕް ނެގި ފަރާތްތަކަށް ރަސްމީކޮށް ޕެކޭޖް ދަނީ ޙަވާލުކުރަމުންނެވެ.

އޯއެލްއެސްސީ މޯލްޑިވްސްގެ ވައިސް ޗެއަރޕަރސަން އިބްރާހިމް މުނައްވަރު ވިދާޅުވީ ފުރަތަމަ ފަހަރާ އަޅާ ބަލާއިރު، ހީކުރި ވަރަށް ވުރެ ބޮޑު ތަރުޙީބެއް މިކަމުގައި ލިބިގެންދާ ކަމަށެވެ. އަދި އަހަރީ މެމްބަރޝިޕް ގެ 2 ވައްތަރެއް އުޅޭ ކަމަށާއި، އެއީ ރެޑް މެމްބަރ އަދި ބޭސިކް މެމްބަރ ކަމަށެވެ. އެގޮތުން ރެޑް މެމްބަރޝިޕްއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. މެމްބަރޝިޕްގެ ސަބްސްކްރިޕްޝަން ފީ އަކީ 500 ރުފިޔާ އަދި ބޭސިކް މެމްބަރޝިޕް ގެ ފީއަކީ 250 ރުފިޔާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އޯ.އެލް.އެސް.ސީ މޯލްޑިވްސްގެ ސެކްރެޓަރީ ހަސަން ޝާބިން އިބްރާހިމް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ކްލަބުގެ މެމްބަރޝިޕް ކާޑު ގެންގުޅޭ ފަރާތްތަކަށް ރާއްޖޭގެ ވިޔަފާރިތައް މެދުވެރިކޮށް ޑިސްކައުންޓާއި އަދިވެސް އެހެނިހެން ފަސޭހަތަށް ލިބޭނެ ގޮތެއް ހަމަޖައްސަން ކަމަށާއި، ވަރަށް ޕޮސިޓިވްކޮށް މިކަމަށް ޖަވާބު ލިބެމުންދާ ކަމަށެވެ. އަދި ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި މިފަދަ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޯއެލްއެސްސީ މޯލްޑިވްސްގެ ފަރާތުން ތަފާތު އެކި ޙަރަކާތްތައް ކުރިޔަށް ގެންދެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސަޕޯޓަރސް ކްލަބުތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް މިއަހަރު ކުރީކޮޅު ބާއްވާފައި ވެއެވެ. އަދި އެކިއެކި މަދަނީ ޖަމްޢިއްޔާތަކާއި ގުޅިގެން ދަރުމަވެރި މަސައްކަތްތަކުގައި ދަނީ ބައިވެރިވަމުންނެވެ. އަދި ފުޓުބޯޅަ މެޗު އޮންނަ ދުވަސް ދުވަހު އެންމެން އެއް ތަނަކަށް އެއްވެގެން މެޗު ބެލުން ފަދަ ކަންތައްވެސް ކުރިޔަށްދެއެވެ.

އޯއެލްއެސްސީ މޯލްޑިވްސްގެ ޗެއަރޕަރސަން ބައްސާމް ރަޝީދު ވިދާޅުވީ ކުރިއަށް އޮތް އަހަރު މިކްލަބް ގެ އިވެންޓްތަކާއި މުބާރާތްތަކާއި ކްލަބްގެ ފަރާތުން މުޖުތަމަޢަށް ކޮށްދޭނެ ކަންތަށްތަށް ރާވަމުން އަންނަ ކަމަށެވެ. އަދި ޢަމާޒަކީ ކާމިޔާބު ފޭން ކްލަބްއެއްގެ އިތުރުން ޕްރޮފެޝަނަލް އަދި މުޖުތަމަޢު ބަލައިގަންނަ ފައިދާހުރި ބަޔަކަށްވުން ކަމަށެވެ.

އޯއެލްއެސްސީ މޯލްޑިވްސްގެ މެމްބަރުންގެ މެދުގައި ސްކޯރ ޕްރެޑިކްޝަން ކޮމްޕެޓިޝަނާއި، ފެންޓަސީ ޕްރިމިއަރ ލީގުގެ ކޮމްޕެޓިޝަނެއް ވެސް ކުރިޔަށް އެބަދެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް