Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތް އޭޝިއަން ގޭމްސް

ބަންގާޅު އަތުން ބަލިވެ ފިރިހެން ބާސްކެޓް ޓީމަށް ފުރުސަތު ހަނިވެއްޖެ

6 ޑިސެމްބަރު 2019 | ހުކުރު 10:42

މި މެޗު ބަންގާޅުން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ތަފާތަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 6 ޑިސެމްބަރު 2019 | ހުކުރު 10:42
ބަންގާޅު އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ބަންގާޅު އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ގައުމީ ފިރިހެން ބާސްކެޓް ބޯޅަ ޓީމާއި ބަންގްލަދޭޝްގެ ފިރިހެން ބާސްކެޓް ބޯޅަ ޓީމު ބައްދަލު ކުރި މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

މި މެޗުން ރާއްޖެ ބަލިވީ 78 ޕޮއިންޓް 67 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން ބޮޑު ލީޑެއް ވަނީ ނަގައިފައެވެ. އެގޮތުން މި ކުއާޓާގައި ރާއްޖެއިން ވަނީ 19 ޕޮއިންޓް ސްކޯ ކޮށްފައެވެ. ނަމަވެސް މި ކުއާޓާގައި ބަންގާޅު ކުޅުންތެރިންނަށް ސްކޯ ކުރެވުނީ 9 ޕޮއިންޓެވެ. މި ކުއާޓާގައި ރާއްޖެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު ކެޕްޓަން ޒިލާލް ވަނީ 7 ޕޮއިންޓް ސްކޯ ކޮށްފައެވެ.

މެޗުގެ ދެވަނަ ކުއާޓާގައި ރާއްޖެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެާއްޖެ ޓީމުްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު ކެޕްޓަން ޒިލާލް ވަނީ 7 ޕޮއިންޓް ސްކޯ ކޮށްފައެވެ.ނެގެންދިޔައިރު، ބަންގާޅު ޓީމުން ވަނީ އެޓީމުގައި ތިބި އިސްކޮޅުންދިގު ކުޅުންތެރިންގެ ބޭނުން ހިފައި ރާއްޖެއިން ކުރަމުންދިޔަ އެޓޭކްތައް ބަންގާޅު ޓީމުން ވަނީ ހިފަހައްޓައިފައެވެ. އަދި އެޓީމުން ވަނީ ރާއްޖޭގެ މައްޗަށް މި ކުއާޓާގައި ކުރި ހޯދައިފައެވެ. މި ކުއާޓާ ނިމިގެންދިޔައީ 34 ޕޮއިންޓް 33 ޕޮއިންޓުންނެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅު ކޮށް ބަންގާޅުގެ ވަރުގަދަ ޑިފެންސް ފޫއަޅުވައިލައިފައެވެ. މި ކުއާޓާގައި ރާއްޖެއިން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. މި ކުއާޓާ ނިމިގެންދިޔައީ 56 ޕޮއިންޓު 50 ޕޮއިންޓުންނެވެ.

މި މެޗުގެ އެންމެ ފޯރިގަދަ ކުއާޓާ އަކީ މެޗުގެ ހަތަރުވަނަ ކުއާޓާއެވެ. މި ކުއާޓާގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖެއިން ކުރި ގިނަ އެޓަމްޕްތަކެއް ވަނީ ބޭކާރުވެފައެވެ. މި ކުއާޓާ ނިމިގެންދިޔައީ 67 ޕޮއިންޓު 67 ޕޮއިންޓުންނެވެ.

މި މެޗުގެ ނަތީޖާ ނެރެން ފަސް މިނެޓުގެ އިތުރު ކުއާޓާ އެއް ވަނީ ކުޅެފައެވެ. މި ކުއާޓާގައި ބަންގާޅުން ވަނީ އެޓީމުގައި ތިބި އިސްކޮޅުން ދިގު ކުޅުންތެރިންގެ ބޭނުން ހިފައިފައެވެ. ބަންގާޅުން މި މެޗު ކާމިޔާބުކުރީ 78 ޕޮއިންޓު 67 ޕޮއިންޓުންނެވެ.

މި މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ މިހައްމަދު ޒިލާލްއެވެ. ޒިލާލް ވަނީ ރާއްޖެ އަށް 21 ޕޮއިންޓް ހޯދައިދީފައެވެ. މި މެޗުގައި ބަންގާޅު ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެޓީމުގެ ކެޕްޓަން އެމްޑީ ޚާންއެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅެންޖެހޭ ދެވަނަ މެޗުގައި ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ހެނދުނު 09:45 ގައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް