Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީ

އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބަސް ދުއްވާ ސްޕީޑް ދަށް ކުރަންޖެހޭ: ޝާހު

ޑްރައިވަރުން އަމަލުކުރަނީ އުސޫލާ އެއްގޮތަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2019 | ހުކުރު 07:34
އެމްޓީސީސީގެ ޗީފް އެކްޒެކްޓިވް އޮފިސަރު ހަސަން ޝާހު

އެމްޓީސީސީގެ ޗީފް އެކްޒެކްޓިވް އޮފިސަރު ހަސަން ޝާހު

އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ބަސް ދުއްވޭ އެންމެ ބާރު މިނަކީ 30 ކިލޯމީޓަރު ކަމަށާއި، މިއަށްވުރެ ބޮޑަށް ސްޕީޑް ދަށް ކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) ޗީފް އެކްޒެކްޓިވް އޮފިސަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯވންޑް އެންޓަރޕްރައިޒެސް ކޮމިޓީގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އެމްޓީސީސީގެ ބަސް ދުއްވުމުގައި ޑްރައިވަރުން އަމަލު ކުރަމުންދަނީ ހެދިފައި އޮންނަ ގަވާއިދާ އުސޫލުގެ ތެރެއިން ކަމަށެވެ. ޝާހު ވިދާޅުވީ މުއައްޒަފުން އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ކުންފުނިން ބަލަމުންދާ ކަމަށާއި، ބަސް ޑްރައިވަރެއް އެދުވަހެއްގައި ދުއްވުމަށް ފިޓް ނޫން ކަމަށް ބުނެފި ހާލަތުގަ އެޑްރައިވަރު ބަސް ދުއްވަން ނުދޭ ކަމަށެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ ޓްރާންސްޕޯޓުގެ ގަވާއިދުގައި މީހުން އުޅޭ ސަރަހައްދުގައި އެންމެ ބާރަށް ބަސް ދުއްވަމަށް ހުއްދަ ދީފައިވަނީ 30 ކިލޯމީޓަރަށް ކަމަށާއި، ބްރިޖުގައި 50 ކިލޯމީޓަރަށް ދުއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ޝާހު ވިދާޅުވީ މިއަށްވުރެ ސްޕީޑް ދަށް ކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ސްޕީޑް ދަށްކޮށްފިނަމަ ދެން ނުކުންނާނެ ނަތީޖާއަކަށް ވިސްނަންޖެހޭ ކަމަށާއި، މާމަޑުކޮށްފިނަމަ، ޓްރެފިކް ބޮޑުވެ އާންމު ރައްޔިތުން ރުޅިއައުން އެކަށީގެންވާ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ޕޮލިސީ ލެވަލްގައި ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.

ބަސް ޑްރައިވަރުންގެ ކަންކަން ހަރުދަނާ އުސޫލަކުން ބަލަހައްޓަމުންދާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ބްރޭކް ގަޑިތަކުގަ ގެއަށްދިއުމަށް އެދޭނަމަ ޑްރައިވަރުން ދޫކުރާ ކަމަށާއި، ގެއަށްދާން ބޭނުންނުވާ ޑްރައިވަރުން ވެއިޓިން އޭރިއަރގައި މަޑުކޮށް ރެސްޓް ނަގާ ކަމަށެވެ.

މީގެއިތުރުން ޝާހު ވިދާޅުވީ ޑިއުޓީ ޝިފްޓެއްގައި ޖުމްލަ 06 ޑްރައިވަރުން މަސައްކަތް ކުރާއިރު، 04 ގަޑައިރުން 04 ގަޑިއިރުން ބަދަލުވާނެ ކަމަށެވެ. އަދި 24 ގަޑިއިރު ޚިދުމަތްދޭ ޕަބްލިކް ޓްރާންސްޕޯޓެއް ކަމަށްވާއިރު، މުއައްޒަފުންގެ ދަތިކަން ހުރެއްޖެ ހާލަތެއްގައި ޑިއުޓީ ބަދަލުކުރި ނަމަވެސް އެޑްރައިވަރަކަށް ބޭނުންވާ ވަރަށް ރެސްޓް ލިބުނުތޯ ޔަގީން ކުރުމަށްފަހު ނޫނީ މަސައްކަތަށް ނުނެރޭ ކަމަށެވެ.

ބުރާސްފަތި ދުވަހު އެމްޓީސީސީ މަޖިލީހުގެ ސްޓޭޓް އޯވންޑް އެންޓަރޕްރައިޒެސް ކޮމިޓީއަށް ހާޒިރުކުރީ 12 ނޮވެމްބަރުގައި ހިނގާދިޔާ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެ ކުންފުނިން ދޭ ޚިދުމަތް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރަމުން ދޭތޯ އަދި އެކަން ހިންގާފައިވާ ގޮތް ބެލުމަށެވެ.

12 ނޮވެންބަރުވީ، އަންގާރަ ދުވަހުގެ ރޭ ހިނގި މިއެކްސިޑެންޓްގައި އެމްޓީސީސީގެ ބަހަކުން ޖެހި، ސައިކަލެއްގެ ފަހަތުގައި އިން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އަދި ސައިކަލް ދުއްވަން އިން ކުއްޖާގެ މަންމައަށް އަނިޔާވި ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެ-ހުޅުލެ ހައިވޭއަށް އަރަންދާ މަގުގައެވެ. ފުލުހުން ބުނެފައިވަނީ ބަސް ޑްރައިވަރު ހުއްޓުވާފައިވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުން ތަންކޮޅެއް ދުރުން ކަމަށާއި، އޭނާއަށް އެކްސިޑެންޓެއް ވީކަމެއް ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި 54 އަހަރު ޑްރައިވަރު ނޮވެންބަރު 20 ވަނަ ދުވަހު ވަނީ ދޫކޮށްލާފައެވެ. ބަސް ދުއްވި ދިވެހި ޑްރައިވަރަކީ 2015 އަހަރުން ފެށިގެން އެމްޓީސީސީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ.

އެމްޓީސީސީން ބުނީ އެޑްރައިވަރަކީ މަސައްކަތުގެ މާހައުލުގައި ރަނގަޅު މުވައްޒަފެއް ކަމަށާއި، އިތުރުގަޑީގައި މަސައްކަތް ކުރާ މުވައްޒަފެއް ނޫން ކަމަށެވެ. އަދި ސިއްހީ ގޮތުން މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށެވެ. ނަމަވެސް އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި ކުޑަ ކުއްޖަކު ނިޔާވެފައިވާއިރު، މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ ފަތުރުވެރިޔަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު