Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ- ރޭޕް

މިފަހަރު ގައިގައި އަލިފާން ރޯކޮށްލީ، ރޭޕްކުރި މައްސަލަ ހުށައަޅައި މައްސަލައިގެ އަޑުއެހުމަށް ދަނިކޮށް!

6 ޑިސެމްބަރު 2019 | ހުކުރު 06:09

މި ހާދިސާއާއި ގުޅިގެން 5 މީހަކު ހައްޔަރު ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޑިސެމްބަރު 2019 | ހުކުރު 06:09
ރޭޕް ކުރުމާއި ދެކޮޅަށް އިންޑިއާގެ އަންހެނުންތަކެއް އަޑުއުފުލަނީ

ރޭޕް ކުރުމާއި ދެކޮޅަށް އިންޑިއާގެ އަންހެނުންތަކެއް އަޑުއުފުލަނީ

އިންޑިއާގައި ދާދިފަހުން އަންހެނެއް ރޭޕްކޮށްލުމަށްފަހު, އަންދާލި ހާދިސާއަށް މަހެއް ނުވަނީސް އަނެއްކާވެސް ރޭޕްގެ ޝިކާރައަކަށްވީ އަންހެނަކު އަންދާލައިފިއެވެ.

ބުރާސްފަތި ދުވަހު އަވައްޓެރި އިންޑިއާގެ އުއްތަރްޕްރަދޭޝްގައި ހިނގި މި ހާދިސާގައި 23 އަހަރުގެ އަންހެން ކުއްޖާ ގައިގައި އަލިފާން ރޯކޮށްލާފައިވަނީ މިދިޔަ މާރޗު މަހު އޭނާ ދެ މީހަކާއި ދެކޮޅަށް ހުށައެޅި ރޭޕްގެ މައްސަލައެއްގެ އަޑުއެހުމަށް ދިޔަ މަގުމަތީގައިއެވެ.

އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ބީބީސީގައި ރިޕޯރޓް ކޮށްފައިވާ ގޮތުން މި މައްސަލައާއި ގުޅިގެން 5 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި އޭނާ ރޭޕް ކުރިކަމުގެ ތުހުމަތު ކުރެވޭ 2 މީހުންވެސް ހިމެނެއެވެ.

އޭނާގެ ހަށިގަނޑުގެ 90 އިންސައްތަ ފިހިފައިވާ ކަމަށާއި، އޭނާގެ ހާލު ސީރިއަސްކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯރޓްކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ދާދި ފަހުންވެސް އިންޑިއާގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު އަންދާލި ހާދިސާއަށް ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ. އެ ހާދިސާއާއި ގުޅިގެންވެސް 4 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ މުޅި އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އަޑުއުފުލާފައެވެ.

ގޭންގް ރޭޕްތަކާއި އަންހެނުންނަށް ކުރާ އަނިޔާ އިންޑިއާގައި އިތުރުވެފައިވާއިރު، އެ ޤައުމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގައި ދުވާލެއްގެ މައްޗަށް މަދުވެގެން 92 ރޭޕްކޭސް ފުލުހުންނަށް ހުށައަޅައެވެ. އެގޮތުން 2017 ވަނަ އަހަރުވެސް ރޭޕްއާއި ގުޅުންހުރި 33،658 (ތިރީސް ތިންހާސް ހަސަތޭކަ ފަންސާސް އަށް) ކޭސް ފުލުހުން ރަޖިސްޓަރ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
19 ޖޫން 2017

ލަންޑަންގެ މިސްކިތަކުން ފޭބި ބައެއްގެ ގައިގައި ވޭނަކުން ޖައްސައި އެކަކު މަރާލައިފި

19 ޖޫން 2017
ލަންޑަންގެ މިސްކިތަކުން ފޭބި ބައެއްގެ ގައިގައި ވޭނަކުން ޖައްސައި އެކަކު މަރާލައިފި
19 ޖޫން 2017

ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި

19 ޖޫން 2017
ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި
04 ޖޫން 2017

ލަންޑަން ބްރިޖުގައި ވޭނަކުން މީހުންގައިގައި ޖައްސައިގެން ހަމަލާ ދީފި

04 ޖޫން 2017
ލަންޑަން ބްރިޖުގައި ވޭނަކުން މީހުންގައިގައި ޖައްސައިގެން ހަމަލާ ދީފި
30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް