Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތް އޭޝިއަން ގޭމްސް

ސައުތް އޭޝިއަން ގޭމްސް: ތަފާތު ބޮޑު ނަތީޖާއަކުން އިންޑިއާ އަތުން ރާއްޖޭގެ އަންހެން ހޭންޑް ބޯޅަ ޓީމު ބަލިވެއްޖެ

4 ޑިސެމްބަރު 2019 | ބުދަ 09:54

މި މެޗުން ރާއްޖެބަލިވީ 49-9 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 4 ޑިސެމްބަރު 2019 | ބުދަ 09:54
އިންޑިއާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

އިންޑިއާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ވަރުގަދަ އިންޑިއާގެ އަތުން ތަފާތު ބޮޑު ނަތީޖާ އަކުން ރާއްޖޭގެ އަންހެން ހޭންޑް ބޯޅަ ޓީމު ބަލިވެއްޖެއެވެ.

ނޭޕާލުގެ ޕޮކަހަރާގެ މަލްޓި ޕާޕޯސް ހޯލުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 49-9 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މެޗު ފެށިގެން އިންޑިއާއިން އަވަސް ކުޅުމެއް ކުޅުނުއިރު، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އެޓޭކިންގ ގޭމެކެވެ. ރާއްޖެއިން ކުޅެމުންދިޔަ އެޓޭކިންގ ގޭމްގެ ފައިދާ ހިފާ އިންޑިއާގެ ހަލުވި ކުޅުންތެރިން ކައުންޓަރ އެޓޭކް ތަކުގައި ލަނޑު ޖަހައިފައިވެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން ވަނީ 22 ލަނޑު ރާއްޖެ ކޮޅަށް ޖަހައިފައެވެ. މި ހާފުގައި ލަނޑެއް ރާއްޖެ އަށް ޖެހިފައި ނުވާއިރު ރާއްޖެ ކުޅުންތެރިން ކުރަމުންދިޔަ އެޓޭކްތައް އިންޑިއާގެ ޑިފެންޑަރުން އަދި ކީޕަރު ވަނީ ހުއްޓުވައިފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ރާއްޖެ ޓީމުން ކުޅުން ރަނގަޅުކުރި އިރު މި ހާފުގައި ރާއްޖެއިން ކުޅުނީ ޑިފެންސްއަށް ވިސްނައިގެންނެވެ. ނަމަވެސް އިންޑިއާއިން ވަނީ މި ހާފުގައި ވެސް ރާއްޖެ ކޮޅަށް 19 ލަނޑު ޖަހައިފައެވެ. ނަމަވެސް މި ހާފުގައި ރާއްޖެއިން ވަނީ ނުވަ ލަނޑު އިންޑިއާ ކޮޅަށް ޖަހައިފައެވެ.

މި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އައިޝަތު ރީމާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ތިން ލަނޑަކީ ލިބުނު ޕެނަލްޓީތަކުން އޭނާ ޖެހި ތިން ލަނޑެވެ. ނަމަވެސް މި މެޗުގައި ރާއްޖެއަށް ލިބުނު އިތުރު ދެ ޕެނަލްޓީ އިންޑިއާގެ ކީޕަރު ނީނާ ޝިލް ވަނީ މަތަކޮށްފަ އެވެ. މެޗުގައި ރާއްޖެއިން އިތުރަށް ޖެހި ލަނޑުތައް ކާމިޔާބު ކޮށްދިނީ ދީމާ މުހައްމަދާއި އައިޝަތް ލީން އަދި ނުހާ އަހްމަދުގެ އިތުރުން ހަލީމަތު ހަސްނާ އެވެ. ހަސްނާ ވަނީ މި މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީމުގެ އެސިސްޓެންޓް ކޯޗު ހަސަން ފަހީމް ބުނީ މިއީ އުންމީދު ކުރި ނަތީޖާ ނޫން ކަމަށާއި، ފުރަތަމަ މެޗުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅެން ޖެހުމަކީ ވެސް އުނދަގޫވި ކަމެއް ކަމަށާއި މި މެޗުގެ ތަޖުރިބާގެ އަލީގައި އަންނަ މެޗުގައި ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ނިކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް