Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންފޮމޭޝަން ކޮމިޝަނަރު

ސަރުކާރުގެ އިދާރާތަކުން ނޫސްވެރިންނަށް ފަސޭހައިން މައުލޫމާތު ލިބެންޖެހޭ: އިންފޮމޭޝަން ކޮމިޝަނަރު

މި ދާއިރާ ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޑިސެމްބަރު 2019 | އަންގާރަ 04:22
އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ

އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ

ސަރުކާރުގެ އެކި އިދާރާތަކުން ފަސޭހަކަމާއެކު ނޫސްވެރިންނަށް މައުލޫމާތު ލިބެންޖެހޭކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޔާޒް ވިދާޅުވީ، މުއައްސަސާތަކުގެ ވެރިންނަށް ނޫސްވެރިން ގުޅާ ކޮންމެ ވަގުތެއްގައި މައުލޫމާތު ނުދެވިދާނެ ކަމަށާއި، ނަމަވެސް މައުލޫމާތު ފޯރުކޮށްދިނުމަށް އެ އިދާރާއެއްގައި އޮންނަ "ޗެނަލް" ނޫސްވެރިންނަށާއި މައުލޫމާތު ހޯދާ ފަރާތްތަކަށް އެނގިފައި އޮތުން މުހިއްމު ކަމަށެވެ.

އަދި އެ ފަރާތަކީ މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވޭނެ ފަދަ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި، އެފަދައިން މައުލޫމާތު ފޯރުކޮށްނުދެވޭނަމަ އެ އިދާރާއަކާމެދު އޮންނަ ތަސައްވަރު ގޯސްވެގެން ދިއުމަށް މަގުފަހިވެގެންދާކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ.

އުނގެނުމާއި، އުނގަންނައި ދިނުމާއި، މައުލޫމާތު ހޯދުމާއި، މައުލޫމާތު ލިބިގަތުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، ފިޔާޒް ވިދާޅުވީ މި ޤާނޫނު ތަންފީޒު ކުރޭތޯ ކަށަވަރު ކުރުމަށްޓަކައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ ޕާރމަނަންޓް ސެކެޓްރީންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންނާއެކު ބައްދަލުކޮށް މި ޤާނޫނު ތަންފީޒު ކުރުމަށް އެހީތެރިވުމަށް އެދިފައިވާނެ ކަމަށެވެ.

އަދި މި ހަފްތާ ތެރޭގައި ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރުމަށްވެސް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށާއި، އޭގެ އިތުރުންވެސް ގިނަ އިދާރާތަކެއްގައި އެދިފައިވާނެ ކަމަށް ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް އިތުރަށް ވިދާޅުވީ، މި ދާއިރާ ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓާއި ދައުލަތުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައިވެސް މި ދާއިރާއަށް އޮތް އުއްމީދު ބޮޑު ކަމަށެވެ. އަދި އެކަންކަން ކާމިޔާބުވެއްޖެ ނަމަ މައުލޫމާތު ހާމަކުރުމުގެ ސަޤާފަތެއް އަށަގެންނެވިގެންދާނެ ކަމަށް ފިޔާޒް ވިދާޅުވިއެވެ.

މައުލޫމާތު ހޯދުމާއި، މައުލޫމާތު ލިބިގަތުމުގެ މިނިވަންކަން ހޯދުމަށް ބާރު އެޅުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ "މާއްދާ 29" ނަމުގައި ކެމްޕެއިންއެއްވެސް ފަށާފައެވެ. އެގޮތުން މާއްދާ 29 އަކީ އާދައިގެ ރައްޔިތުމީހާ ވެރިމީހާއަށްވުރެ ބާރުގަދަކުރުވާ އެއްޗެއް ކަމަށް ފިޔާޒް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު