Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮސްޓްރޭލިއާ އަލިފާންގަނޑު

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: އަނދާހުލިވި ގޭގެ ބައިތައް ހިފައިގެން މަޖިލިސް އިދާރާ ކުރިމައްޗަށް!

3 ޑިސެމްބަރު 2019 | އަންގާރަ 04:26

އަދިވެސް ބައެއް ސަރަހައްދުތައް ދަނީ ރޯވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޑިސެމްބަރު 2019 | އަންގާރަ 04:26
މެލިންޑާ ޕްލެސްމަންގެ ގެ އަނދާ ހުލިވެފައި

މެލިންޑާ ޕްލެސްމަންގެ ގެ އަނދާ ހުލިވެފައި

އޮސްޓްރޭލިއާގެ ސަރަހައްދު ތަކުގައި ފެތުރުނު އަލިފާންގަނޑުގެ ސަބަބުން އަނދައި ހުލިވި ގޭގެ ބައިތައް ހިފައިގެން އަންހެނަކު އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އޮސްޓްރޭލިޔާގެ ޖަންގަލިތަކުގަޔާއި، އެގައުމުގެ އެކި ސަރަހައްދުތަކުގައި ފާއިތުވި ދުވަސްތަކު ރޯވަމުން ދިޔަ މި އަލިފާންގަނޑުގައި މެލިންޑާ ޕްލެސްމަންގެ ގެ އަނދާ ހުލިވެފައިވާއިރު، އޭނާ ވަނީ ގޭގެ ބައިތައް ހިފައިގެން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކުރަން ފަށާފައެވެ.

އެގޮތުން އޮސްޓްރޭލިއާގެ އެކި ސަރަހައްދު ތަކުގައި އަދިވެސް އަލިފާންގަނޑުތައް ފެތުރެމުންދާއިރު، މި އިހުތިޖާޖުގައި އޭނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާއިމެދު އެ ޤައުމުގެ ވެރިން އިހުމާލު ވެފައިވާކަމަށް ބުނެ، އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ޚާއްސަ މެސެޖެއް އަރުވާފައެވެ.

އެ މެސެޖުގައި އޭނާ ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭނާގެ ގެ މިއަދު ހަލާކު ކޮށްލާފައިވާ ކަަމަށެވެ.

އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ސަބަބުން ފާއިތުވި ނޮވެމްބަރު މަހު އެ ޤައުމުގެ އެކި އަވަށްތަކުން މީހުން ތައްޔާރީ ހާލަތައް ގެންނަން ޖެހިފައިވެއެވެ. އަދި ގިނަ ބައެއްގެ ގެދޮރާއި މުދާތައް ހަލާކުވެ އެތައް ބައެއްގެ ފުރާނަ ގޮސްފައިވެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާގޮތުން މި އަލިފާންގަނޑާއި މޫސުމަށް އަންނަ ބަދަލުތަކާއި ހުރި ގުޅުމާއި ބެހޭގޮތުން ބޮޑުވަޒީރާއި ސުވާލު ކުރުމުން އޭނާ ވަނީ އެ މައުޟޫ އޮއްބާލާފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

އޮސްޓްރޭލިޔާގެ އެކި އަވަށްތަކާއި، ޖަންގަލިތަކުގައި ހިންގަމުންދާ އަލިފާނުގެ ހާދިސާތައް ހިނގަމުންދާ ދުވެލީގައި، ނުހުއްޓި ކުރިއަށްދާނަމަ އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި ޖަންގަލީތަކުގައި ހުރި ގިނަ ގަސްތަކާއި، ޖަނަވާރާއި ސޫފާސޫފި ނެތިދިއުމަކީ މުޅި ދުނިޔެއަށް ލިބޭ ގެއްލުމަކަށްވާއިރު، ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރުން މިހާރުވެސް ލަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2020

އޮސްޓްރޭލިއާގެ އަވަށްތަކުގައި ގޭގެއަށް ޒިޔާރަތްކުރުން ހުއްދަކޮށް، ބީޗްތައްވެސް ހުޅުވާލައިފި

28 އެޕްރީލު 2020
އޮސްޓްރޭލިއާގެ އަވަށްތަކުގައި ގޭގެއަށް ޒިޔާރަތްކުރުން ހުއްދަކޮށް، ބީޗްތައްވެސް ހުޅުވާލައިފި
12 ޖެނުއަރީ 2020

އޮސްޓްރޭލިއާ އަލިފާންގަނޑު: ގޯސްތަކެއް ހެދުނުކަމަށް ބޮޑުވަޒީރު އިއުތިރާފުވެވަޑައިގެންފި

12 ޖެނުއަރީ 2020
އޮސްޓްރޭލިއާ އަލިފާންގަނޑު: ގޯސްތަކެއް ހެދުނުކަމަށް ބޮޑުވަޒީރު އިއުތިރާފުވެވަޑައިގެންފި
04 ޖެނުއަރީ 2020

އޮސްޓްރޭލިއާ އަލިފާންގަނޑު: ނުރައްކާތެރި ދަރަޖައަކަށް ހޫނުމިން މަތިވެ ބިރުވެރިކަން ދެގުނައަށް!

04 ޖެނުއަރީ 2020
އޮސްޓްރޭލިއާ އަލިފާންގަނޑު: ނުރައްކާތެރި ދަރަޖައަކަށް ހޫނުމިން މަތިވެ ބިރުވެރިކަން ދެގުނައަށް!
12 ޑިސެމްބަރު 2019

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: ބައެއް ސީޓީތަކުގެ ވައި ނުސާފުވެއްޖެ

12 ޑިސެމްބަރު 2019
އޮސްޓްރޭލިޔާގެ އަލިފާންގަނޑު: ބައެއް ސީޓީތަކުގެ ވައި ނުސާފުވެއްޖެ
12 ޑިސެމްބަރު 2019

ގެއްލުނު ޗިލީގެ ފްލައިޓްގެ ބައެއް ބައިތައް ފެނިއްޖެ

12 ޑިސެމްބަރު 2019
ގެއްލުނު ޗިލީގެ ފްލައިޓްގެ ބައެއް ބައިތައް ފެނިއްޖެ
24 އޯގަސްޓު 2019

އެމެޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން އަސްކަރިއްޔާ ފޮނުވައިފި

24 އޯގަސްޓު 2019
އެމެޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން އަސްކަރިއްޔާ ފޮނުވައިފި
07 ނޮވެމްބަރު 2018

އެމެރިކާގެ މިޑްޓަރމް އިންތިޚާބު: ތިރިގޭގެ އަޣުލަބިއްޔަތު ޑެމޮކްރޭޓުންނަށް

07 ނޮވެމްބަރު 2018
އެމެރިކާގެ މިޑްޓަރމް އިންތިޚާބު: ތިރިގޭގެ އަޣުލަބިއްޔަތު ޑެމޮކްރޭޓުންނަށް
11 ޑިސެމްބަރު 2017

ކެލިފޯނިއާގެ އަލިފާންގަނޑު ނިއުޔޯކަށް ވުރެ ސައިޒުގެ ގޮތުން ބޮޑުވެއްޖެ

11 ޑިސެމްބަރު 2017
ކެލިފޯނިއާގެ އަލިފާންގަނޑު ނިއުޔޯކަށް ވުރެ ސައިޒުގެ ގޮތުން ބޮޑުވެއްޖެ
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް