Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެިއިސްލާމިކް މިނިސްޓްރީ

އިސްލާމީ މުޖުތަމަޢަށް ޑިމޮކްރަސީ ބޭނުންކުރެވޭނީ "އިސްލަމައިޒް" ކޮށްގެން: އިސްލާމިކް މިނިސްޓަރ

30 ނޮވެމްބަރު 2019 | ހޮނިހިރު 18:24

ފިކުރީ މައްސަލަތަކުގެ ތެރެއިން އަންނަ އެއް ވިސްނުމަކީ ޑިމޮކްރަސީގެ ނަމުގައި އަންނަ ވިސްނުންކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ނޮވެމްބަރު 2019 | ހޮނިހިރު 18:24
އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ

އިސްލާމީ މުޖުތަމަޢަށް ޑިމޮކްރަސީ ގެންނަކަމަށް ވަނީނަމަ ޖެހޭނީ އިސްލަމައިޒް (އިސްލާމީ އުސޫލުތަކާއި އެއްގޮތަށް) ކުރަންކަމަށާއި އެނޫންގޮތަކަށް އިސްލާމީ މުޖުތަމަޢެއްގައި ޑިމޮކްރަސީ ބޭނުން ނުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދިޔަ ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއަދުގެ ދިވެހި އިސްލާމީ މުޖުތަމަޢަށް ދިމާވާ ފިކުރީ މައްސަލަތައް ގިނަކަމަށެވެ. އޭގެތެރެއިން އަންނަ އެއް ވިސްނުމަކީ ޑިމޮކްރަސީގެ ނަމުގައި އަންނަ ވިސްނުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ޑިމޮކްރަސީ އެންމެ ފަސޭހައިން މީހަކަށް ވިސްނައިދެވޭނެ ގޮތަކީ އެއީ ވަކި މީހެއްގެ ގޮތަށް ނުބަލާ މުޖުތަމަޢުގެ އެކިކަންކަމަށް ހެޔޮވަރުކުރާ ކޯޓެއްގެ ގޮތަށް ވިސްނައިދީގެން ކަމަށެވެ. ކޯޓަކީވެސް އެކި ސައިޒްތަކަށް ހުންނަ އެއްޗެއްކަމަށާއި އެއީވެސް ބަދަލުތައް ގެނެސް މީހާއަށް ހެޔޮވަރު ކުރެވޭގޮތަށް ހުންނަ އެއްޗެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެގޮތުގެމަތިން އިސްލާމީ މުޖުތަމަޢުއަށް ޑިމޮކްރަސީ ބޭނުންކުރެވޭނީ އެއޮންނަ އުސޫލުތަކާއި އެތަނެއްގައި އޮންނަ އާދަކާދަ އާއި ސަގާފަތަކާ އެއްގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ލިބިފައި އޮންނަ މިނިވަންކަމަކީވެސް ވަކި އިމެއްގެ ތެރޭގައި އޮންނަ އެއްޗެއްކަމަށާއި އެގޮތުން ވާހަކަދައްކާއިރުވެސް އެ ހައްގުގެ ބޭނުންކުރެވޭނީ އެއޮންނަ އިމުގެ ތެރެއިންކަަމަށެވެ.

މީގެއިތުރުން ޤާނޫނު އަސާސީން ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދޭއިރު އެކަން ދަމަހައްޓާ މުޖުތަމަޢުގައި އުޅޭ ހުރިހާ އެންމެންނަކީވެސް އިސްލާމްދީނާ އެއްގޮތަށް އުޅޭ ބަޔެއްކަމަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އިސްލާމީ ޞައްހަ އަޤީދާ ރައްޔިތުންނަށް ފޯރުކޮށްދޭންކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން ތަފާތު ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް ހިންގަމުންދާކަމަށާއި މިސްކިތްތަކުގައިވެސް ދަރުސްތައް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ހަދީޘް ދަރުސްތަކާއި ތަފްސީރު ދަރުސްތަކާއި އެކި ނަންނަމުގައި އެކި ކަންކަމަށް އަމާޒުކޮށްގެން ދަރުސްތައް ބާއްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުގެ މަތިން އިސްލާމްދީނަށް ގެއްލުންލިބޭ ފަދަ ހުރިހާ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މިހާރު ފެންނަމުންދާ ހަރުކަށި ފިކުރުތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ ހައްދުފަހަނައެޅުން ދެކޮޅަށްވެސް ފެންނަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިސްލާމް ދީނުން އިންސާނުން އުޅެންވީ އެންމެ ރަނގަޅު ގޮތް އުނގަންނައިދޭ ކަމަށާއި ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް އެގޮތްތަކުގައި ހިފަންޖެހޭ ކަމަށެވެ. އަދި އިސްލާމްދީނާ ބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ކުރިއަށްވެސް ގިނަ ޕްރޮގްރާމްތަކެއް ރޭވިފައި ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސްކޫލްތަކާއި ، އޮފީސްތަކާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ދީނީ ޕްރޮގްރާމްތައް ކުރިޔަށް އޮތްތާންގައި ހިންގަމުން ގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި

08 އެޕްރީލު 2017
ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި
07 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު

07 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު
28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް