Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އިސްލާވި ދުވަސް

ރަނގަޅު އަގީދާއެއްގެ މަތީގައި ދެމިތިބުމަށް މަސައްކަތް ކުރަންޖެހޭ:ޑރ.ޖަމީލް

30 ނޮވެމްބަރު 2019 | ހޮނިހިރު 21:50

އެންމެ މާތް ނިއުމަތަކީ އީމާންކަން

އަމްނާ އިމާދު
އަމްނާ އިމާދު | 30 ނޮވެމްބަރު 2019 | ހޮނިހިރު 21:50
ގައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރާ ޑރ.އަބްދުﷲ ޖަމީލް

ގައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރާ ޑރ.އަބްދުﷲ ޖަމީލް

އިންސާނާއަށް ދެއްވާފައިވާ އެންމެ މާތް ނިއުމަތަކީ އީމާންކަން ކަމަށާއި، އިމާންކަން ވަރުގަދަކޮށް ރަނގަޅު އަގީދާއެއްގެ މަތީގައި ދެމިތިބުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރާ ޑރ.އަބްދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ޕެނަލް ޑިސްކަޝަންގައި ޑރ. ޖަމީލު ވިދާޅުވީ އިންސާނުންނަށް މާތްﷲ ވަރަށް ގިނަ ނިއުމަތްތައް ދެއްވާފައިވާ ކަމަށާއި، އެންމެ މުހިންމު, އެންމެ މާތް ނިއުމަތަކީ އިމާންކަން ކަމަށެވެ.

އެއީ ނަރަކައިގެ ވަޅުގަނޑުގެ ތުންފަތްމަތިން އިންސާނާ ސަލާމަތްވަނީ އިމާންކަމުގެ ސަބަބުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެނިއުމަތަށް ޝުކުރުވެރިވެ، ރަނގަޅު އަގީދާއެއްގެ މަތީގައި ދެމިތިބުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރާއްޖެއަށް އިސްލާމްދީން އައިގޮތަށް އަލިއަޅުއްވާލައްވާ ޑރ. ޖަމީލް ވިދާޅުވީ އިސްލާމްދީން އައި ގޮތާމެދު ތަފާތު ގޮތްގޮތަށް ވާހަކަދައްކާ ކަމަށެވެ.

ޑރ.ޖަމީލް ވިދާޅުވީ ރަސްމީކޮށް ރާއްޖެއަށް އިސްލާމްދީން އައީ ހިޖުރައިން 548 ވަނަ އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް އެއަށްވުރެ އަވަހަށް ރާއްޖެއަށް އިސްލާމްދީން އައިސްފައިވާ ކަމަށެވެ. އެއީ އައްޑޫ އަތޮޅު ސ. މީދޫއަށް ކަމަށާއި، މީދޫއަށް ހިޖުރައިން 519 ވަނަ އަހަރު އިސްލާމްދީނުގެ ނޫރު ފާޅުވެފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި މިވާހަކަ ''ޝިހާބުއްދީން'' ކިޔާ ފޮތެއް މިހާދިސާ ވަރަށް ތަފްސީލްކޮށް ލިޔެފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނު ދެ އަތޮޅަކީ ރާއްޖޭގެ ހުރިހާ ރަށްތަކާ ހިލާފަށް އިލްމީ ބޭފުޅުން ގިނަ ދެއަތޮޅަށް ވާނެ ކަމަށެވެ. އަދި ވިދާޅުވީ އިލްމަށް އުނގެނުމާއި އިލްމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭނެ ކަމަށެވެ.

އެގޮތުން ޚާއްސަ ގޮތެއްގައި ފުވައްމުލަކު ސިޓީގައި ޤުރުއާން ކިޔަވަން މޮޅު އަދި އެފޮތް ހިތުދަސް މީހުން ގިނަވާނެ ކަމަށެވެ. އަދި މިހާރު ދިރާސާކޮށް ބެލި ނަމަވެސް މިކަން ސާބިތުވެގެންދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް