Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ- ރޭޕް

އިންޑިއާގައި އަންހެނެއް ރޭޕްކޮށްލުމަށްފަހު އަންދާލައިފި

މި ހާދިސާއާއި ގުޅިގެން 4 މީހަކު ހައްޔަރު ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2019 | ހުކުރު 23:10
އަންހެނުންގެ ހައްޤުތައް ހޯދުމަށް އިންޑިއާގެ އަންހެނުންތަކެއް އަޑުއުފުލަނީ

އަންހެނުންގެ ހައްޤުތައް ހޯދުމަށް އިންޑިއާގެ އަންހެނުންތަކެއް އަޑުއުފުލަނީ

އަވައްޓެރި އިންޑިއާގެ ހައިދްރަބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު އަންދާލައިފިއެވެ.

ބުރާސްފަތި ދުވަހު އޭނާގެ ހަށިގަނޑު ފެނިފައިވާއިރު، އޭނާ އަންދާލުމުގެ ކުރިން ބަޔަކު އޭނާ ރޭޕްކޮށްފައިވާކަމަށް އެ ޤައުމުގެ ފުލުހުންނާއި ހަވާލާދީ ބީބީސީގައި ރިޕޯރޓް ކޮށްފައިވެއެވެ.

ޤާނޫނީ ސަބަބުތަކަށްޓަކައި ނަން ސިއްރު ކޮށްފައިވާ މި އަންހެން މީހާގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގެއިން ނުކުތީ ޑޮކްޓަރުގެ އެޕޮއިންޓްމަންޓަކަށެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާގެ ސައިކަލުގެ ޓަޔަރު ހަލާކުވި ކަމަށާއި، އެތަނުން ދިޔަ ލޮރީ ޑްރައިވަރެއް ސައިކަލުގެ ޓަޔަރު ހަދާދޭނެކަމަށް ބުނި ކަމަށް އޭނާގެ ދައްތަ ވަނީ މީޑިއާތަަކަށް މައުލޫމާތު ދީފައެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އޭނާގެ ފޯނަށް ގުޅިއިރު ނިވާލާފައި އޮތުމުން އާއިލާއިން ވަގުތުން އެ ސަރަހައްދަށް ގޮސް ބެލި ކަމަށާއި، ނަމަވެސް އޭނާގެ ޚަބަރެއް ނުވި ކަމަށް ރިޕޯރޓްތައް ބުނެއެވެ،

އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އަދި އެއީ އޭނާކަން ޔަޤީން ކުރެވުނީ ލައިގެން ހުރި ހެނދުމުންނާއި އަޅައިގެން ހުރި ގަހަނާއިންނެވެ. ނަމަވެސް ފެނުނުއިރު އޭނާގެ ހަށިގަނޑުގެ ބޮޑުބައި ވަނީ އަންދާލާފައެވެ.

މި ހާދިސާއާއި ގުޅިގެން 4 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ މުޅި އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އަޑުއުފުލާފައެވެ. އެގޮތުން ހުކުރު ދުވަހު ޓްވިޓަރގައިވެސް އެންމެ "ޓްރެންޑިންގ" މައުލޫއަކަށް އެ ޤައުމުގައި އޮތީ އޭނާގެ މަރުގެ ވާހަކަ ކަމަށް ބީބީސީގައި ރިޕޯރޓް ކޮށްފައިވެއެވެ.

ގޭންގް ރޭޕްތަކާއި އަންހެނުންނަށް ކުރާ އަނިޔާ އިންޑިއާގައި އިތުރުވެފައިވާއިރު، އެ ޤައުމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގައި ދުވާލެއްގެ މައްޗަށް މަދުވެގެން 92 ރޭޕްކޭސް ފުލުހުންނަށް ހުށައަޅައެވެ. އެގޮތުން 2017 ވަނަ އަހަރުވެސް ރޭޕްއާއި ގުޅުންހުރި 33،658 (ތިރީސް ތިންހާސް ހަސަތޭކަ ފަންސާސް އަށް) ކޭސް ފުލުހުން ރަޖިސްޓަރ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2018

އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި

30 ޖެނުއަރީ 2018
އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި
28 އޮކްޓޯބަރު 2017

30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި

28 އޮކްޓޯބަރު 2017
30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި
28 ސެޕްޓެމްބަރު 2017

ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް

28 ސެޕްޓެމްބަރު 2017
ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް
26 އޯގަސްޓު 2017

ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ

26 އޯގަސްޓު 2017
ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ
22 އޯގަސްޓު 2017

އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި

22 އޯގަސްޓު 2017
އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު