Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓްރީ

މިނިސްޓަރ ޝާހިދު ފިންލޭންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އެ ޤައުމުގެ ބިޒްނަސް ކޮމިއުނިޓީއާއި ބައްދަލު ކުރައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2019 | ހުކުރު 23:01
މިނިސްޓަރ ޝާހިދު ފިންލޭންޑަށް ކުރެއްވި ދަތުުރުފުޅު ނިންމަވާލެއްވުން

މިނިސްޓަރ ޝާހިދު ފިންލޭންޑަށް ކުރެއްވި ދަތުުރުފުޅު ނިންމަވާލެއްވުން

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ފިންލޭންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ފިންލޭންޑުގެ ފޮރިން މިނިސްޓަރު ޕެކާ އަވިސްތޯގެ ދައުވަތަކަށް މިނިސްޓަރ ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ޕެކާއާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އޭގެ އިތުރުން، މިނިސްޓަރގެ މި ދަތުރުފުޅުގައި ވަނީ އެ ޤައުމުގެ ބިޒްނަސް ކޮމިއުނިޓީއާއި ބައްދަލުކުރައްވައި ރާއްޖެއާއި ފިންލޭންޑާއި ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް އިންވެސްޓް ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ފިންލޭންޑުގެ ގިނަ ވިޔަފާރިތަކުން ވަނީ ރާއްޖޭގައި އިންވެސްޓު ކުރުމާއި ގުޅޭގޮތުން ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ފިންލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައިވާއިރު، މިއީ ދެ ޤައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓަރ ޝާހިދު ފިންލޭންޑަށް ދަތުރު ކުރައްވާފައިވާއިރު، މި އަހަރު ކުރީކޮޅު ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ފިންލޭންޑަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ރާއްޖެއާ ފިންލެންޑާއި ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1984 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު