Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް

ތޭންކްސް ގިވިންގއަށް ޓްރަމްޕް ވަޑައިގަތީ އަފްޣާނިސްތާނަށް

އެމެރިކާއާއި ތޯލިބާނުންނާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާ، ޑީލްއެއް ހަދަން ތޯލިބާނު ޖަމާއަތުން ބޭނުންވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ނޮވެމްބަރު 2019 | ހުކުރު 13:40
އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންނާއެކު ޓްރަމް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންނާއެކު ޓްރަމް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އަފްޣާނިސްތާނަށް ބުރާސްފަތި ދުވަހުގެ ރޭ ވަޑައިގެންފިއެވެ.

މިއީ ކުރީ ބައިގައި އެންގެވުމަކާއި ނުލައި އަފްޣާނިސްތަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އަފްޣާނިސްތާނަށް ޓްރަމްޕް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އަފްޣާނިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުގައި ޓްރަމްޕް ވަނީ އެ ގައުމުގައި ތިބޭ އެމެރިކާ ސިފައިންނާއި އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާ ބައްދަލު ކުރައްވާފައެވެ. ނޮވެމްބަރު މަހު ހަތަރު ވަނަ ބުރާސްފަތި ދުވަހު އެމެރިކާގައި ފާހަގަކުރާ ތޭންކްސްގިވިން ހަފުލާގައި ކުއްލި ގޮތަކަށް އަފްޣާނިސްތާނަށް ވަޑައިގެން ޓްރަމްޕް ވަނީ ކާބުލްގައި ތިބޭ އެމެރިކާ ސިފައިންނާ އެކު ރޭގަނޑުގެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއާއި ތޯލިބާނުންނާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާ، ޑީލްއެއް ހަދަން ތޯލިބާނު ޖަމާއަތުން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަމަލާތަކަށްފަހު އެމެރިކާއިން އަފްގާނިސްތާނަށް އަރާ އެ ގައުމުގައި ވަރުގަދަ ހަނގުރާމައެއް ކުރަން ފެށި ފަހުން މިއަދާ ހަމައަށް އައިރިރު އެމެރިކާ އަސްކަރިއްޔާގެ 13،000 އެއްހާ ސިފައިން އަފްގާނިސްތާނުގައި އެބަތިއްބެވެ. ޓްރަމްޕް ވިދާޅުވީ އެ އަދަދު 8،600 އަށް މަދު ކުރައްވާނެ ކަމަށެވެ.

ސަލާމަތީ ސަބަބުތަކަށްޓައި، ޓްރަމްޕް ވަޑައިގަންނަވާ ކަމުގެ މައުލޫމާތު އަފްޣާނިސްތާނުގެ ރައީސް އަށް ވެސް އަންގާފައި ވަނީ އެގައުމަށް ފުރާ ވަޑައިގަތުމުގެ މަދު ވަގުތު ކޮޅަކަށްވެފައި ވަނިކޮށެވެ. ބުރާސްފަތި ދުވަހުގެ މެންދަމު ޓްރަމްޕް ވަނީ އަފްޣާނިސްތާނުން ފުރާވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު