Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަންޓާ އެއަރ

މަންޓާ އެއަރގެ ދަތުރުތައް ޑިސެމްބަރު މަހު ކޫއްޑޫއަށް ފަށަން ނިންމައިފި

ދަތުރުތައް ފަށާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ނޮވެމްބަރު 2019 | ބުރާސްފަތި 13:00
މަންޓާ އެއަރގެ ފްލައިޓެއް

މަންޓާ އެއަރގެ ފްލައިޓެއް

މަންޓާ އެއަރލައިންގެ ދަތުރުތައް ޑިސެމްބަރު މަހު ކޫއްޑޫއަށް ފަށަން ނިންމައިފިއެވެ.

މަންޓާ އިން ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކޫއްޑޫ ސެކްޓަރ ގެ ދަތުުރު ފަށަން ނިންމާފައެވެ. މާލެއިން ކޫއްޑުއަށް އަދި ކޫއްޑުއިން މާލެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ދަތުރުތައް ކުރިއަށްގެންދާނީ ކުރީ ބައިގައި ޝެޑިއުލް އާންމުކޮށް، ކަސްޓަމަރުންނަށް ކުރިިޔާލާ ބުކް ކުރެވޭ ގޮތަށް ކަމަށް މަންޓާ އެއަރލައިނުން މައުލޫމާތުދެއެވެ.

މަންޓާ އެއަރލައިންގެ ދަތުރުތައް ޑިސެމްބަރު މަހު ކޫއްޑޫއަށް ފަށަން ނިންމާފައިވާއިރު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ބައިވެރިއެއްގެ ގޮތުގައި އަލަށް ގުޅުނު މަންޓާ އެއަރ އިން ވަނީ މިއަހަރުގެ ނޮވެމްބަރު މަހު ސީޕްލޭންގެ ޚިދުމަތް ފަށާފައެވެ.

ޖުމްލަ 10 ސީޕްލޭން ގެނައުމަށް ނިންމާފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން 6 ސީޕްލޭން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އެއަރލައިނުން މަޢުލޫމާތު ދެއެވެ.

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަންޓާ އެއަރ އިން މިހާރު ތާވަލު ދަތުރުތައް ކުރަމުންދަނީ ދަރަވަންދުއާއި ކުޑަހުވަދުއަށެވެ. މަންޓާ އެއަރ އުދުހުންތަކުގައި ބޭނުން ކުރާނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓެވެ. އެ ބޯޓު ތަކަކީ 68 މީހުންނާއި 78 މީހުންނާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާ ބޯޓު ތަކެކެވެ.

މަންޓާ އެެއަރގެ ދަތުރުތަކާއިއެކު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އޮތް ޑިމާންޑު އިތުރުވެ ދަތުރުކުރާ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު ދަތުރުކުރުމުގެ އިތުރު ފުުރުޞަތުތައް ހުޅުވިގެންދާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މަންޓާގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަން އަދި ފްލައިމީ އިން ޙަރަކާތްތެރިވެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު