Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ

ޕާޓީން ވަކި ނުކުރާހާ ހިނދަކު ހުންނާނީ އެމްޑީޕީގައި: ޑރ.ޑީޑީ

27 ނޮވެމްބަރު 2019 | ބުދަ 17:47

އޭރު ޕާޓީން ވަކި ކުރެއްވީ ބައެއްގެ ޒާތީ ތައައްސުބެއްގެ ސަބަބުން ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ނޮވެމްބަރު 2019 | ބުދަ 17:47
އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ

ޕާޓީން ވަކިނުކުރާހާ ހިނދަކު ހުންނާނީ އެމްޑީޕީގައި ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި އެހެން ސިޔާސީ ޕާޓީއަކުން ފެނިދާނެތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑީޑީ ވިދާޅުވީ، ޕާޓީން ވަކި ނުކުރާހާ ހިނދަކު ހުންނާނީ އެމްޑީޕީގައި ކަމަށާއި، މިއަދާއި ހަމައަށްވެސް ޕާޓީން ވަކި ކުރަން ހުށައެޅި ޤަރާރުގައި އެކަށީގެންވާ ހުއްޖަތެއް އޮތްކަން ދެއްކެވިފައި ނުވާކަމަށެވެ. އަދި އޭރު ޕާޓީން ވަކި ކުރެއްވީ ބައެއްގެ ޒާތީ ތައައްސުބެއްގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕާޓީ ބަދަލުކުރަން ޖެހޭ އެއްވެސް ހާލަތެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި އެމްޑީޕީއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށާއި، ޕާޓީގެ ފަރާތުން ކުރާ ކޮންމެ މަސައްކަތެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށްވެސް ވެދެވުނު ކޮންމެ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، ކޯލިޝަން ސަރުކާރެއް އުފެދި ކަންކަން ވެގެން ދިޔައީ ވަރަށް ތަފާތުކޮށް ކަމަށާއި، ބައެއް މަޤާމުތަކުގައި އަދިވެސް ތިއްބެވީ ކުރީގެ ސަރުކާރުގައި އައްޔަނު ކުރައްވާފައިވާ ފަރާތްތައްކަން ފާހަގަކުރައްވަމުން ޑީޑީ ވިދާޅުވީ، ރައްޔިތުން އެދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގެންނަންޖެހޭ ބަދަލުތައް ރައީސް ސޯލިހު ގެންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ޑީޑީ ވިދާޅުވީ، ކޯލިޝަން ޕާޓީގެ ތެރެއަށް ކުރީގެ ސަރުކާރުގައި ހިންގާފައިވާ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ މީހުން ވަންނަތަން ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ. އަދި ކޯލިޝަންގެ ބައެއް މެމްބަރުންގެ ފަރާތުން ސަރުކާރާއި މަޖިލިސް ތެރެއިން އެންމެ އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދޭތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޯލިޝަނަކާއި ބެހޭ ވަކި ޤާނޫނެއް ނެތްކަން ފާހަގަކުރައްވައި ޑީޑީ ވިދާޅުވީ، ކޯލިޝަންގެ މެމްބަރުން ކުރާ ކަންކަމުގައި ފިޔަވަޅު އެޅޭނެ ހަރުދަނާ އުސޫލެއްވެސް ނެތް ކަމަށެވެ.

އެމްޑީޕީގެ ވެރިކަން 08 ފެބްރުއަރީ 2012 ގައި ބަޣާވާތްކޮށްގެން ވައްޓާލުމާ ގުޅިގެން އެ ޕާޓީގެ ޤައުމީ މަޖިލީހުން ޕާޓީން ޢަމަލުކުރާނެ ގޮތްތަކެއް ނިންމިއެވެ. ނަމަވެސް އޭރު ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޑރ. އިބްރާހީމް ދީދީ އާއި، ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި އަލްހާން ފަހުމީ ޕާޓީގެ ނިންމުންތަކާއި ޚިލާފުވާކަމަށް ބުނެ ޕާޓީގެ ރައީސް އާއި ނާއިބު ރައީސްއާ މެދު އިތުބާރު އޮތްކަން ނުވަތަ ނެތްކަން ބެލުމަށް ޤައުމީ މަޖިލީހަށް ޤަރާރެއް ހުށަހެޅުނެވެ. އެގޮތުން ޤަރާރުގައި ވަނީ ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް އެބޭފުޅުން ތަކުރާރުކޮށް އަމަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން އޭރު އިތުބާރު އޮތްކަން ނުވަތަ ނެތްކަން ބެލުމަށް ނެގި ވޯޓުގައި އެ ދެބޭފުޅުންނަށް ޕާޓީގެ ގައުމީ މަޖިލީހުގެ އިތުބާރު ނެތްކަމަށްވަނީ ފާސްކޮށްފައެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް