Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ހާން

ނަވާޒު ޝަރީފުގެ މައްސަލައިގަ އިމްރާން މަޤާމުން ވަކިކުރަން އެދި ޕެޓިޝަނެއް ހުށަހަޅައިފި

27 ނޮވެމްބަރު 2019 | ބުދަ 03:39

މި ޕެޓިޝަން ހަދާފައިވަނީ ޕާކިސްތާނުގެ އިދިކޮޅު ޕާޓިގެ އެކްޓިވިސްޓުންނާއި، އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ބައިވެރިވެގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ނޮވެމްބަރު 2019 | ބުދަ 03:39
ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ހާން

ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ހާން

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ބޭސްފަރުވާއަށް ޤައުމުން ބޭރަށް ފޮނުވި މައްސަލައިގައި އެޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާން މަޤާމުން ވަކިކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ގިނަ ޢަދަދެއްގެ ބަޔަކު ސޮއިކުރި މި ޕެޓިޝަނުގައި ބުނެފައިވަނީ ނަވާޒް ބޭސް ފަރުވާއަށް ޤައުމުން ބޭރަށް ފޮނުވާލުމަކީ އިމްރާން ޖުޑިޝަރީގެ އަގު ވައްޓާލުމުގެ ބޭނުމުގައި ޤަސްތުގައި ކުރި ކަމެއް ކަމަށެވެ. މީގެ އިތުރުން ނަވާޒް ޝަރީފް ފަރުވާއަށް ފުރުވާލުމަށްފަހު ސަރުކާރުގެ އިސް މަޤާމު ތަކުގައި ތިއްބެވި ބޭފުޅުންގެ ކައިރީގައި ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ އަގު ވެއްޓޭފަދަ މޭރުމުން ވާހަކަފުޅުދައްކަވަމުން ގެންދެވި ކަމަށް މި ޕެޓިޝަނުގައި ބުނެފައިވެއެވެ.

މި ޕެޓިޝަން ހަދާފައިވަނީ ޕާކިސްތާނުގެ އިދިކޮޅު ޕާޓިގެ އެކްޓިވިސްޓުންނާއި، އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ބައިވެރިވެގެންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުވެއްޓޭ ގޮތަށް އިމްރާން ވާހަކަ ދައްކަވާފައިވާތީ މަޤަމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް މައްސަލަ ތަހުޤީޤު ކުރަން ޖެހޭ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ޤައުމުން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް އެދި ނަވާޒު ޝަރީފުގެ ފަރާތުން ސަރުކާރަށް ހުށަހެޅި ލިޔެކިޔުންތަކުގައި ނަވާޒު ގާތްގަނޑަކަށް 15 ވަރަކަށް ބަލީގެ ޝިކާއަރަކަށްވެފައިވާކަން އިނގޭކަމަށް މީގެ ކުރިން އިމްރާން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ހިތުގެ ބައްޔާއި، ކިޑްނީގެ މައްސަލައާއި، ހަކުރު ބައްޔާއި، ލޭގެ ޕްލެޓްލެޓްސް މަދުވެގެން ކުރިމަތިވާ ބަލިތައް ހިމެނޭކަމަށް އިމްރާން ވިދާޅުވިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އެޤައުމުގެ ލާހޯރުން އެއަރ އެމްބިއުލާންސެއްގައި ލަންޑަނަށް ކުއްލި ޙާލަތުގައި ގެންދިޔައީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ޞިއްޙީ ޙާލަތު ގޯސްވެ، ފުރާނައަށް ނުރައްކާވެދާކަމަށް އެނާގެ ޑޮކްޓަރުންގެ ޓީމުން އިރުޝާދުދިނުމާއި ގުޅިގެން ޕާކިސްތާނުގެ މިހާރުގެ ސަރުކާރުން ނަވާޒު ޤައުމުން ބޭރަށް ފަރުވާއަށް ވަޑައިގެންނެވުމަށް ހުއްދަދިނެވެ.

ތިން ދައުރެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފު ގެންދެވީ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ހަތް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުންނެވެ. ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވަނީ ބަލިޙާލަތުގެ ސަބަބުންނެވެ.

އުމުރުން 69 އަހަރުގެ ނަވާޒް ޝަރީފު ލަންޑަނަށް ވަޑައިގެންނެވީ ފިރިހެން ކޮއްކޯފުޅު އައްބާސް ޝަރީފާއި، އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރަކާ އެކުގައެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި

28 އެޕްރީލު 2017
އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް