Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަރުހުންގެ މަސައްކަތް

ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތުގެ އެންމެ މަތީ ދަރަޖައިގެ މަސައްކަތެއް: ރައީސް

26 ނޮވެމްބަރު 2019 | އަންގާރަ 17:11

މުޖުތަމައުގެ ސިއްހީ ޚިދުމަތުގެ ނިޒާމުގައި ނަރުހުން އަދާކުރާ ދައުރު ވަރަށް މުހިއްމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2019 | އަންގާރަ 17:11
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތުގެ އެންމެ މަތީ ދަރަޖައިގެ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

"ނާރސިންގ ނައު ކެމްޕެއިން" އިފްތިތާހުކުރެއްވުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ނަރުހުންނަކީ ހަމައެކަނި ވަޒީފާއެއް އަދާ ކުރާ ބައެއް ނޫން ކަމަށާއި، ނަރުހުން ކޮށްދެމުން ގެންދަނީ އިންސާނީ ޚިދުމަތެއް ކަމަށެވެ. އަދި ނަރުހުންނާއި ބަލި މީހުންގެ މެދުގައި އޮންނަނީ މައިންބަފައިންނާއި ދަރިންނާމެދު އޮންނަ ކުލުނު ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، މުޖުތަމައުގެ ސިއްހީ ޚިދުމަތުގެ ނިޒާމުގައި ނަރުހުން އަދާކުރާ ދައުރު ވަރަށް މުހިއްމު ކަމަށާއި، މުޖުތަމައުގެ ދުޅަހެއު ކަމުގެ އެންމެ މުހިއްމު އެއް ބައިވެރިންނަކީވެސް ނަރުހުން ކަމަށެވެ.

އޭގެއިތުރުން، މިއަދު އިފްތިތާހުކުރެވުނު މި ކެމްޕެއިންއަކީ ރާއްޖޭގެ މިހާރުގެ ސިއްހީ ހާލަތަށް ބަލާއިރު ވަރަށް މުހިއްމު ކެމްޕެއިނެއް ކަމަށާއި، ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ނިޒާމް ފުރިހަމަކޮށް ހަރުދަނާ ކުރުމަށާއި ސިޔާސަތުތައް ތަންފީޒު ކުރުމަށްވެސް މި ކެމްޕެއިން ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސިއްހީ ޚިދުމަތުގައި ނަރުހުންގެ މުހިއްމުކަން ބޮޑުވަނީ ބަލިމީހުންނާއި އެންމެ ގާތުން އަދި އެންމެ ގިނަ ވަގުތު ޚިދުމަތްދޭ ބަޔަކީ ނަރުހުން ކަމަށްވާތީ ކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތްތައް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދޭ ޔުނިވަރސަލް ހެލްތު ކަވަރޭޖުގެ އަމާޒުތަކަށް ބަލާއިރު، އެކަންވެސް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ނަރުހުންގެ ޚިދުމަތުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޔުނިވަރސަލް ހެލްތު ކަވަރޭޖުގެ އަމާޒުތަކުގައި ހިމެނޭ ކަންކަމުގައި ރާއްޖެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަންކަން ހާސިލު ކުރުމުގައިވެސް ނަރުހުންގެ ދައުރު ވަރަށް ބޮޑަށް ހިމެނޭ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސިއްހީ ޚިދުމަތްތެރިންނާއި، ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން އަމިއްލަ ގޮތުން ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މަސައްކަަތްތައްވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
20 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް