Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ގޭމްސް

ސައުތު އޭޝިއަން ގޭމްސް: ފިރިހެން އަދި އަންހެން ކްރިކެޓް ޓީމު ނޭޕާލުގައި

ކްރިކެޓް ޓީމު ނޭޕާލަށް ފުރީ ހޯމަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 26 ނޮވެމްބަރު 2019 | އަންގާރަ 12:57
ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓް ޓީމު ނޭޕާލްގައި

ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓް ޓީމު ނޭޕާލްގައި

ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވުމަށް ރާއްޖޭގެ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމު ނޭޕާލަށް ފުރައިފިއެވެ.

ފިރިހެން އަދި އަންހެން ކްރިކެޓް ޓީމު ހޯމަ ދުވަހު ނޭޕާލަށް ފުރާފައިވާއިރު، ދެޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ.

މިފަހަރުގެ ގޭމްސްގައި އަންހެން ކްރިކެޓް ޓީމު ވާދަކުރާއިރު، މިއީ އަންހެން ކްރިކެޓް ޓީމު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކްރިކެޓް ބޯޑުން ވަނީ ގައުމީ އަންހެން ކްރިކެޓް ޓީމަށް ކޯޗުކޮށްދޭން ސްރީލަންކާ ގައުމީ ޓީމަށް ކުރިން ކުޅުނު ޕަދްމާ ކަރުނަރަތުނޭ ހަމަޖައްސާފައެވެ.

އިންޑިއާ ސަރުކާރުން އަންނަނީ ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެގައުމުގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާއިން ވަނީ ރާއްޖެ އައިސް ކްރިކެޓް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވާރާ ކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ކްރިކެޓް ޑިވެލޮޕްމަންޓަށް އިންޑިއާ އިން ރަނގަޅު ޕްރޮގްރާމެއް ތައްޔާރުކޮށްދޭން އެއްބަސްވެފައިވާއިރު، މިހާރުވެސް އަމަލީ ގޮތުން، ކޯޗުންނާއި އަމްޕަޔަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ.

މީގެއިތުރުން ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން އެ ސްޓޭޑިއަމްއާއެކު، ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ލިބުމުގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ވެސް ތަނަވަސްވާނެ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު