Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ބ. ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމަށް އެގްރީމެންޓްގައި ސޮއިކުރެވޭނީ އަންނަ އަހަރު: މިނިސްޓަރ

ތިން ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢަކީ އޮފިޑްގެ ލޯނު އެހީގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ނޮވެމްބަރު 2019 | ހޯމަ 05:29
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

ބ. ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެގްރިމެންޓްގައި ސޮއިކުރެވޭނީ އަންނަ އަހަރުގައި ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިން ބ އަތޮޅު ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމުގެ މަޝްރޫޢު މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާއިރު އެމަސައްކަތް ފެށޭނެ ތާރީޚާ ގުޅޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އެތިން ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢަކީ އޯޕެކް ފަންޑު ފޯރ އިންޓަނޭޝަނަލް ފަންޑު (އޮފިޑް)ގެ ލޯނު އެހީގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށެވެ. އެގޮތުން މިމަޝްރޫޢުގެ ކަންކަން ކުރިޔަށް ގޮސްފައިވާ ހިސާބުގެ ތަފްސީލު ދެއްވަމުން މިނިސްޓަރ ވިދާޅުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޮފިޑްގެ ލޯނަކަށް ރާއްޖޭގެ އިންފްރާސްޓްރަކްޗަރގެ ބައެއް މަސައްކަތްތައް ކުރުމަށް އެދިފައިވާ ކަމަށެވެ.

އެލޯން އެޕްލިކޭޝަނަށް ހުށަހެޅި ރަށްތަކުގެ ތެރޭގައި މި ތިން ރަށް ހިމެނޭކަމަށާއި އެޕްލިކޭޝަނާ އެކުގައި އޮފިޑުން އެމަސައްކަތަށް ބޭނުންވާ ޕްރޮޕޯސަލެއް ހަދާ އެޕްރައިޒް ކުރުމުގެ މަސައްކަތެއް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން އެޕްރައިޒަލް މިޝަން އެއް ރާއްޖެއަށް ޒިޔާރަތްކޮށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، އެރަށްރަށަށް ޒިޔާރަތްކޮށް އެޕްރައިޒަލް މަސައްކަތް ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިހާތަނަށް އާއިރު މިއެގްރިމެންޓްގައި ސޮއިކޮށްފައި ނުވާކަމަށާއި ނަމަވެސް މިއަހަރުގެ ޑިސެމްބަރ މަހު މިއެގްރިމެންޓްގައި ސޮއިކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ނަގާ ލޯނުގެ ކަންކަން ދާނީ އެންމެ އެދެވޭ މިންވަރަށް ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިތިން ރަށުގެ ބަނދަރަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ބަނދަރު ތަކެއްކަމަށާއި އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުގެ ތެރޭގައި ހިމެނޭ ތިން ރަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މަސައްކަތުގެ ސްޕީޑް ދާ މިންވަރާ މެދު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު