Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނަސްގެ މަރު

އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ

އަނަސް މަރާލީ ގަލޮޅު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަަނަ އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ނޮވެމްބަރު 2019 | އާދީއްތަ 18:59
ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތް ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ.

ގަލޮޅުގައި ހުންނަ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި 2017 ވަަނަ އަހަރު އަނަސް މަރާލާފައިވާއިރު، މި މައްސަލައިގައި ދައުލަތުން ވަނީ 7 މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ.

އެގޮތުން އަނަސް އަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންއާއި، މ. ދިމިޝްގު، އުސްމާން ޝަރީފްއާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުއެވެ.

އޭގެ އިތުރުން، އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން ލިޓަސް ސަރވިސް ސެންޓަރު ކައިރިއަށް ސައިކަލުގައި ގޮސް ހަމަލާ ދިނުމަށް ފަހު އެ މީހުން ގޮވައިގެން ސައިކަލުގައި އެ ސަރައްދުން ދިޔަ ކަމަށް ބުނެ އަނަސް މަރާލުމުގެ ބައިވެރިވިކަމުގެ ދައުވާ ތިން މީހެއްގެ މައްޗަށް ކޮށްފައިވެއެވެ. އެގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު އަބްދުﷲއާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އަދި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އެމީހުން ދައުވާއަށް އިންކާރުކޮށްފައިވާއިރު އެމީހުންގެ ދިފާއީ ވަކީލުން ވެސް ވަނީ އެ ދައުވާއަކީ އެމީހުންގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. އަދި ދިފާއީ ވަކީލުން ވަނީ ދައުލަތުން ހުށަހެޅި ހެކިތަކާ މެދު ވެސް ގިނަ ސުވާލުތަކެއް އުފައްދާފައެވެ.

އަނަސްގެ މަރާއި ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ހަތަރު މީހުންގެ ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސަރވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެ އެވެ. އަދި އަނަސް އަށް ހަމަލާދިން އެންމެން ވެސް ތިބީ މާސްކް އަޅައިގެންނެވެ.

އަނަސްގެ ހަށިގަނޑުގެ 37 ތަނަކަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަމަލާދިން އިރު، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު