Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޤާމަށް ބޭފުޅުން އައްޔަންކުރެއްވުން

އިލެކްޝަންސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅުން ޢައްޔަން ކުރައްވައިފި

މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ނޮވެމްބަރު 2019 | އާދީއްތަ 09:48
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ފުއާދު ތައުފީޤަށް ހުވައިލައިދެއްވާނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ފުއާދު ތައުފީޤަށް ހުވައިލައިދެއްވާނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ ފުއާދު ތައުފީޤް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް، ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު އާދިއްތަ ދުވަހު ޢައްޔަންކުރައްވައިފިއެވެ.

މި ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ފުއާދު ތައުފީޤަށް ހުވައިލައިދެއްވާނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ފުއާދު ތައުފީޤަކީ 2008 އިން 2009 އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ފުއާދު ތައުފީޤު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ. ފުއާދު ތައުފީޤު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 1973 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. އަދި 2007 ވަނަ އަހަރާއި ހަމައަށް ހުންނެވީ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު، އެންމެފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައެވެ. ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު 1982 ގައި ދިވެހި އަސްކަރިއްޔާއާ ގުޅިވަޑައިގެންނެވުމަށްފަހު 2013 ވަނަ އަހަރާއި ހަމައަށް އަސްކަރިއްޔާގެ އެކި މަޤާމުތައް ފުރުއްވާފައިވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކޯސްޓްގާޑް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑެޕިއުޓީ ސާރޗް ކޯޑިނޭޓަރެއްގެ މަޤާމުގައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު